އައްޝައިޚް އަބްދުﷲ ސައުދާން--
ހަބަރު
30 Jul 2023 | 10:33
ސަރުކާރުގެ ލަދުހަޔާތެއް ހުރިނަމަ ނިޤާބްއެޅި އުޚުތުން އިޙްތިޖާޖްކުރަން ނުޖެހުނީސް: ޝެއިޚް ސައުދާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުގެ ކިރިޔާވެސް ލަދުހަޔާތެއްހުރިނަމަ މޫނުބުރުގާ އެޅި އުޚުތުން އިޙްތިޖާޖްކުރަން ނުޖެހުނީސް ކަމަށް ދީނީ ޢިލްމުވެރިޔާ ޝެއިޚް އަބްދުالله ސައުދާން ވިދާޅުވެއްޖެއެވެ.

ދާދިފަހުން، ތައުލީމުގެ ގާނޫނުގެ ދަށުން އާއްމުކުރި މުދައްރިސުންގެ ސުލޫކީ މިންގަނޑުގެ އުސޫލުގެ މައިގަނޑު 7 އަސާސް ކަމުގައި ބުނެފައިވާ އަސާސް ތަކުގެ ތެރެއިން، ފަންނީ ގުޅުމާއި ރަސްމީ ގުޅުން ދެމެހެއްޓުމަށް ކޮންމެ މުދައްރިސަކު ވެސް ކުރަންޖެހޭ ކަން ކަމުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން (ބ) ގައި ބަޔާން ކޮށްފައިވާ ގޮތުން ޓީޗަރާއި އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާއި ބެލެނިވެރީންނާ މުޢާމަލާތުކުރުމުގައި އެ ޓީޗަރަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭގޮތަށް، ސްޓާފް ކާޑު އަޅައިގެން ކަމަށެވެ. 

އަދި އޭގެ (ޅ) ގައި ވާގޮތުން އުނގަންނައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދާ އިރު، އަދި ދަރިވަރުންނާ މުޢާމަލާތް ކުރާއިރު އެ ޓީޗަރަކު ހުންނަންވާނީ ތިމާއަކީ ކާކުކަން އެނގޭ ގޮތަށް ކަމަށްވެސް ބުނެފައިވެއެވެ. 

މިމާއްދާ އާއި ގުޅިގެން މޫނުބުރުގާ އަޅާ ކަނބަލުންގެ ދިފާޢުގައި އިއްޔެ އުޚުތުން ވަނީ އިހްތިޖާޖަށް ނުކުމެފައެވެ. އެ އިޙްތިޖާޖްގެ ބައިވެރިން ވަނީ މޫނު ބުރުގާ އަޅައިގެން ތަޢުލީމީ ދާއިރާގައި ހަރަކާތްތެރިވުމާއި ތައުލީމް ދިނުމަށް ހުރަސް އެޅިދާނެ ގޮތަށް ދެމާނަ ދޭހަވާ ގޮތަށް އޮތް މާއްދާ އުވާލައި ސާފު ނައްސުން މޫނު ބުރުގާ އަޅައިގެން ތައުލީމީ ދާއިރާގައި ހަރަކާތްތެރި ވެވޭނެ ކަމާއި ތަޢުލީމް ދެވޭނެކަމަށް އުސޫލުގައި ބަޔާންކުރުމެވެ.

އަދި މޫނު ބުރުގާ އަޅާތީ، ހައްގުތަކުން މަހްރޫމް ނުކުރުމަށްވެސް އިހްތިޖާޖުގެ ބައިވެރިން ވަނީ ގޮވާލާފައެވެ. 

މިކަމާއި ގުޅިގެން ޝެއިޚް ސައުދާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަރަގުތައް ނަންތާލާނަން ކަމަށްބުނެ ވީ ވަޢުދުގައި ކޮޅުފައިންޖަހާ ނިގާބު އެޅި އުޚްތުންގެ ޙައްޤުތައް ނިގުޅައިގަތް ބަޔަކަށް ދެވަނަ ދައުރެއް ނުދެވޭނެ ކަމަށެވެ.

އަދި މި ސަރުކާރުގެ ކިރިޔާވެސް ލަދުހަޔާތެއް ހުރި ނަމަ މޫނުބުރުގާ އެޅި ކަނބަލުން އިހްތިޖާޖުކުރާކަށް ނުޖެހުނީސް ކަމަށްވެސް ޝެއިޚް ސައުދާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމަށް އައި އިރު ވީ އެންމެ މުހިންމު އެއް ވައުދަކީ މޫނު ބުރުގާ އަޅައިގެން ތިބި ނަމަވެސް ވަޒީފާ އަދާކުރެވޭނެ ކަމަށް ބުނެ ވީ ވައުދެވެ. 

އެހެންނަމަވެސް، ވެރިކަމަށް އައުމަށްފަހު، މޫނުބުރުގާ އެޅި ޓީޗަރުންނަށް އެކި ކަހަލަ ދަތިތައް އެޑިއުކޭޝަން މިނިސްޓްރީން ފޯރުކުރަމުންދާ ކަމަށް ބައެއް ޓީޗަރުން ބުނެއެވެ. އެގޮތުން، ދަރިވަރުންނަށް ކިޔަވައިދޭ ގަޑީގައި މޫނު ބުރުގާ ނޭޅޭނެ ކަމަށް އެ ޓީޗަރުންނަށް އަންގާ ކަމުގެ ތުހުމަތު މީގެ ކުރިންވެސް ކުރެވިފައި އޮތް އިރު، މި އުސޫލުގައި މިހެން އޮތުމުން، އެކަން ކުރަން ބުނެ ނުކުރުމުން އެ ޓީޗަރަކާއިމެދު ފިޔަވަޅުވެސް އެޅޭނެއެވެ. 

މިފަދަ ސަބަބު ތަކާއި ހުރެ، މޫނު ބުރުގާ އަކީ މިސަރުކާރުން ވެރިކަމަށް އަންނަން ވެގެން ދީނަށް ލޯބިކުރާ މީހުންގެ ލޮލުގައި އެޅުވި އަނދުނެއް ކަމުގައި މިހާރު ގިނަ ބަޔަކު ދެކެއެވެ. 

ކޮމެންޓް
Fathimath Neena
އައިސަތު އަލީ ފުރަތަމަ އިސްލާހުވެބަލަ.
30 Jul 2023
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.