ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ރައީށް ޞާލިޙް ވާހަކަފުޅިދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
31 Jul 2023 | 12:54
ފުވައްމުލަކު އެއަރޕޯޓު ކުރިއަށް އޮތް ތަނުގައި ބޮޑުކޮށްދޭނަން: ރައީސް ޞާލިޙް

ފުވައްމުލަކު އެއަރޕޯޓު ކުރިއަށް އޮތް ތަނުގައި ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ ފުވައްމުލަކުގައި ބޭއްވި ރިޔާސީ ކެމްޕޭނުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޞާލިޙް ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް ފުވައްމުލަކަށް ކަންތައްތަކެއް ކޮށްދެއްވޭތޯ ބަލައިފައިވާ ކަމަށެވެ. ނަމަވެސް މައްސަލައަކަށްވީ ފަހަރަކު ކަމެއް ކުރަން ކަންކަން މަޑު ކުރުމުން ރަށަށް ބޭނުންވާ ދިރުން ގެނައުން ލަސްވެފައި އޮތުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ބަނދަރު ކުޑަވެއްޖެ، އެއަރޕޯޓު ކުޑަވެއްޖެ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް އަޅުގަނޑުމެންގެ ދައުރެއްގައި މިރަށުގެ އެއަރޕޯޓު އިތުރަށް ބޮޑު ކުރެވެން އޮތްވަރެއް  ބަލައި ދިރާސާކޮށް އައިލެންޑް އޭވިއޭޝަންގައި މިހާރު މިގެންގުޅޭ އޭޓީއާރް މަތިންދާބޯޓު ޖެއްސޭ ވަރަށް މިރަށުގެ އެއަރޕޯޓު އަޅުގަނޑުމެން ބޮޑުކޮށްދޭނަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ފުވައްމުލަކުގައި އޮތް ބަނދަރަކީ ޓެކްނިކަލީ އަދި އިންޖިނިއަރީ ގޮތުންވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހު އަޅާއިފައި އޮތް ބަނދަރެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިސްނުންފުޅަކީ ފުވައްމުލަކުގެ ރައްޔިތުން އެދޭ ފަދައިން ބަނދަރު ބޮޑު ކުރެވެން އޮތް މިންވަރެއް ބަލައި ބަނދަރު ބޮޑު ކުރުން ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ އެކަމަށް ބޭނުންވާ ދިރާސާތައް ޕްލޭނިންގް މިނިސްޓަރ އަސްލަމްގެ ލަފާފުޅުގެ ދަށުން ކުރެވެމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި ފުވައްމުލަކުގެ ބަނދަރު ބޮޑުވެގެންދާތަން ފެނިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ފުވައްމުލަކުގައި ރޭ ބޭއްވުނު ކެމްޕޭނު ޖަލްސާގައި ނައިބުރައީސް ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޢަދާލަތުޕާޓީ އާއި އެމްޑީއޭ އިންވެސް ވަނީ ޖަލްސާގައި ބައިވެރިވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.