ރައީސް ޞާލިޙް ރޭގެ ޖަލްސާގައި ވާހަކަދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
31 Jul 2023 | 14:00
"ހަލަބޮލިކަން ނައްތާލައި އަމާންކަމާއެކު ކުރިއަށްދެވޭނީ ގިނަ ޕާޓީތަކެއް އެކުލެވޭ ސަރުކާރެއްގައި"

ހަލަބޮލިކަން ނައްތާލައި އަމާންކަމާއިއެކު ކުރިއަށްދެވޭނީ ގިނަ ޕާޓީތަކެއް އެކުލެވޭ ސަރުކާރެއް އުފައްދައިގެން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރޭ ފުވައްމުލަކުގައި ބޭއްވި ރިޔާސީ ކެމްޕޭނުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

"ސަރުކާރުގެ އެންމެ އެއް މުހިންމު އަމާޒަކީ މީހުން ބިނާ ކުރުން، ތަޢުލީމީ އައު ޖީލެއް ބިނާކުރުން، ޤައުމާއިގެން ކުރިއަށްދާނެ ވިސްނުން ތޫނު ޒަމާނީ ވިސްނުމުގެ ޒުވާނުންތަކެއް އުފެއްދުން، އެގޮތުން ހިލޭ ޑިގްރީ އާއި ސްކޮލަރޝިޕާއި ލޯނުގެ ފުރުސަތު ހުޅުވާލީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މިހާތަނަށް އައިރުގައި 18000 އަށްވުރެ ގިނަކުދިން ހިލޭ ޑިގްރީގެ ޕްރޮގްރާމުގައި ބައިވެރިވެ ކިޔަވަމުންދާކަމަށެވެ. އަދި އޭގެ ތެރެއިން 7000 ކުދިން މިހާރުވަނީ ކިޔަވައި ނިންމައިފައި ކަމަށާއި އޭގެ ތެރޭގައި ފުވައްމުލަކުގެ 700 އެތައް ކުދންނެއް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 300 ކުދިން މިހާރު ވަނީ ޑިގްރީ ނިންމައިފައިކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރިއަށް މިއޮތް ފަސް އަހަރުވެސް މިކަންކަން ކުރެވޭނީ ހަމަޖެހުން ޤާއިމް ކޮށްގެން، ހަލަބޮލިކަން ރާއްޖެއިން ނައްތާލައިގެންކަމަށެވެ. އަދި އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި އެކަން ކުރެވޭނީ ގިނަ ޕާޓީތަކެއް އެކުލެވޭ ސަރުކާރެއް އުފައްދައިގެން ކަމަށެވެ. މިފަސްއަހަރު އެމަނިކުފާނު މިތަޖްރިބާ ކުރެއްވީ އެކަންތައް ކަމަށް ރައީސް ވިދާޅުވިއެވެ.

 "ކޯލިޝަނުން ސަރުކާރެއް އުފައްދައި އެތަފާތު ޙިޔާލުތަކުގައި ގޮތް ނިނިމުމުން މަސައްކަތް ކުރީމާ ރައްޔިތުންނަށް އެކަމުގެ ފައިދާ ވާނީ ފަހަރުގައި އަޅުގަނޑަށް އޭގެ އެންމެ ފައިދާ ނުލިބިދާނެ،  އެހެންނަމަވެސް އެހިޔާލުތައް އަޑުއަހައި އޭގެ އެންމެ ރަނގަޅުގޮތް ނިންމައި ކަންކުރީމާ އެކަމުގެ ފައިދާ ވާނީ ރައްޔިތުންނަށް، މިއަދުވެސް އެހެންވެ އަޅުގަނޑުމެން ނުކުމެ މިތިބީ ކޯލިޝަނަކާއި އެކީގައި" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމަށް ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދެން އަންނަ ދައުރެއްގައި ފުވައްމުލަކަށް ކޮށްދެއްވާނެ ކަންކަން ރައީސް ވަނީ ވިދާޅުވެދެއްވައިފައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.