ރައީސް ޞާލިޙް ފުނަދޫ އަށް ވަޑައިގަތުން--ފޮޓޯ: އެމްޑީޕީ
ހަބަރު
31 Jul 2023 | 16:28
ފުނަދޫ ރައްޔިތުން ކީ މަރުޙަބާއިން ދޭހަވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވެފައި ތިބި މިންވަރު: ރައީސް ޞާލިޙް

ފުނަދޫ ރައްޔިތުން ކިޔުއްވި މަރުޙަބާއިން ދޭހަވަނީ ފުނަދޫ ރައްޔިތުން އެރަށުގެ ތަރައްޤީއަށް ބޭނުންވެފައި ތިބި މިންވަރު ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެންވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވުމަށް ށ ފުނަދޫ އަށް މިއަދު ކުރެއްވި ޒިޔާރަތުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވިޖަލްސާގައެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ މިއަދު ފުނަދޫއިން ދައްކުވައިދެނީ ތަރައްޤީ ބޭނުންވެފައިތިބި މިންވަރުކަމަށާއި، ތަރައްޤީ ގެނެވޭނެ ބަޔަކާއި އެކު ފުނަދޫ ރައްޔިތުން ތިބިކަން ކަމަށެވެ. އަދި އެކަމަށްޓަކައި ފުނަދޫގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

2018ގެ އިންތިޚާބަށްފަހު ސަރުކާރުން މަސައްކަތް ފަށައިގަތީ ރާއްޖޭގެ ރައްޔިތުނަށް ބޭނުންވެފައި ހުރި އަސާސީ ޚިދްމަތްތައް ތަފާތުކުރުމެއް ނެތި ފޯރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރީ އެރައްޔިތަކު ދިރިއުޅޭ ރަށެއް ތަފާތުކުރުމެއް ނެތި، އެރައްޔިތެއްގެ ސިޔާސީ ފިކުރު އެއީ މައްސަލައެއްކަމަށް ނުބަލައި، ރައްޔިތުންނަށް އެޚިދްމަތްތައް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ށ އަތޮޅު ފުނަދޫ އިން ގައިމުވެސް އެކަން ފެނިގެންދާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ފުނަދޫ އަކީ މީގެ ކުރިން އޭރު އޮތް ސަރުކާރަށް ވަރަށްބޮޑަށް ތާއީދު ކުރި ރައްޔިތެއް އުޅުނު ރަށެއް، އޭގެން އަޅުގަނޑަށް ދޭހަވަނީ އަބަދުވެސް ފުނަދޫގެ ރައްޔިތުންނަކީ ރަށުގެ ތަރައްޤީއަށްޓަކައި އޭރެއްގެ އޮންނަ ސަރުކާރާކާއި އެކު ކުރިއަށްދާން އޮތް ބައެއްކަން"  

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ޞާލިޙް ވިދާޅުވީ ތަފާތުކުރުމެއް ނެތި ފުނަދުއަށް ވީ ވަޢުދުތައްވެސް ފުއްދަވަމުންގެންދަވާ ކަމަށެވެ.

އެގޮތުން އަލަށް އާބާދުވެފައި އޮތް ސަރަހައްދުގައި ނަރުދަމާގެ ނިޒާމު ގުޅައިދިނުމާއި، ފުނަދޫގައި ނުނިމި ހުރި މިސްކިތް އަޅައިދިނުމާއި،ފެނުގެ ޚިދްމަތް ފޯރުކޮށްދިނުމާއި، ސްކޫލްގެ ދަތިކަންކަން ރަނގަޅު ކޮށްދީ 15 ކްލާސްރޫމް އިތުރުކުރުމާއި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމަށް އޭރު ފުނަދޫގެ ރައްޔިތުން އެދުނު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

މީގެ ތެރެއިން ގިނަ މަސައްކަތް ހުރީ ނިމި ފައި ކަމަށާއި އެއްބައި ކަންކަން ފެށިފައި ހުރިކަމަށާއި އަދި ބައެއް ކަންކަން ހުރީ ކޮންޓްރެކްޓް ކުރެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ ކުރިއަށް އޮތް ދައުރުގައި ފުނަދޫގެ ރައްޔިތުން އެދިލެއްވި ހުރިހާ ކަމެއް ނިންމަވައި ދެއްވާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ށ ފުނަދޫއަށް މިކުރެއްވެވިދަތުރު ފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ކޯލިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.   

 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.