މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ރައީސް ޞާލިޙް ވާހަކަފުޅުދައްވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
31 Jul 2023 | 21:16
"ރައްޔިތުން އަޅުގަނޑާ ހަވާލުކުރި މަސައްކަތް ކޮށްދިނުމަށް ކަންތައްތަކެއް ކޮށްދެވިއްޖެ ކަމުގެ އިޙްސާސް މިއަދު ކުރެވޭ"

ރައްޔިތުން ހަވާލުކުރި މަސައްކަތް ކޮށްދިނުމަށް ކަންތައްތަކެއް ކޮށްދެވިއްޖެ ކަމުގެ އިހްސާސް މިއަދު ކުރެވޭ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ށަވިޔަނި އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި އެއަތޮޅު މާއުނގޫދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި އެކު ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ރައްޔިތުން އެދުހު ބޭނުންވީ ހަމަޖެހުމާއި މަސަލަސްކަން ރާއްޖޭގައި ޤާއިމް ކުރަން، ރައްޔިތުން އެދުވަހު ބެނުންވީ ރައްޔިތުންނަށް ނުލިބި ހުރި އަސާސީ ޚިދްމަތްތައް ތަފާތު ކުރުމެއް ނެތި އެންމެންނަށް ހޯދައި ދިނުމަށް، ދަރިންނަށް ތަޢުލީމު ނުދެވި ތިބި އާއިލާތަކުން ބޭނުންވީ އެކުދިން މަތީ ތަޢުލީމާއި ހަމައަށް ފޯރު ކޮށްދެވޭނެ ގޮތެއް ހޯދަން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ އޭރު ރައްޔިތުން މައިގަނޑު ގޮތެއްގައި އެމަނުކުފާނާއި ހަވާލުކުރެއްވެވި ކަންކަންކަމަށާއި، އޭގެ ގާތްގަނޑަކަށް ފަސްއަހަރު ފަހުން މިއަދު ވާހަކަ ދައްކަވާއިރު ހިތްހަމަޖެހުން ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރެއްވި މަސައްކަތް ކުރުމަށް މަސައްކަތްތަކެއް ކުރެވިއްޖެ ކަމުގެ އިހްސާސް ކޮންމެރަށަކުންވެސް ފެންނަކަމަށާއި، އެކަމާއި ވަރަށް ހިތްހަމަޖެހިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެކަންކަން އެގޮތަށް ކުރެއްވިފައިވަނީ އެމަނިކުފާނުގެ އަރިހުގައި ތިއްބެވި އެމަނިކުފާނުގެ މިނިސްޓަރުންގެ ވެސް މަސައްކަތް ތަކާއި އެކުގައި ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ މީގެ ކުރިންވެސް އެތައް ޒަމާނެއްވަންދެން ރާއްޖޭގައި ވެރިކަންތަކެއް ކޮށްފި ކަމަށާއި، އެހެންނަމަވެސް އެމަނިކުފާނާއި ހިސާބަށްއައިރު ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދްމަތްތައް ފޯރު ކޮށްދެވިފައިނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެންވެ ރާއްޖޭގައި މިވެރިކަމުގައި 141 ރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫޢު ހިންގަން މިޖެހުނީ، އެހެންވެ 150 ރަށެއްގައި އިންޖީނުގެ އަޅައި އިންޖީނު ބަދަލުކޮށް ނެޓްވޯކް އަޅަން މިޖެހުނީ، 125 ރަށެއްގެ ބަނދަރު ހަދަން މިޖެހުނީ އެހެންވެ، ދެން ތިބޭފުޅުން ވިސްނަވާ މީގެ ކުރީގެ ސަރުކާރުތަކުން ކަން ކުރަމުންއައިގޮތް"

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް

މީގެއިތުރުން ރައީސް ޞާލިޙް ވިދާޅުވީ 2018 ވަނަ އަހަރާއި ހަމައަށް އެއްވެސް މީހެއްގެ ދަރިޔަކަށް ހިލޭ މަތީ ތަޢުލީމު ހޯދޭނެ ގޮތެއް ނެތް ކަމަށާއި، ފުދުންތެރިކަން ހުރި މީހެއްގެ ދަރިޔަކަށް މެނުވީ ޑިގްރީއާއި ހިސާބަށް ކިޔެވޭކަށް ނެތް ކަމަށެވެ 

ނަމަވެސް މިހާރު 18000 އެތައް ދަރިވަރަކު އެދަނީ ޑިގްރީ އަށް ކިޔަވަމުންދާ ވާހަކަ ހިތްހަމަޖެހުމާއިއެކު ދަންނަވާލެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް ށަވިޔަންޏަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅުގެ 4 ރަށަކަށް އެމަނިކުފާނުގެ ޓީމާއި އެކު ވަޑައިގެންފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.