ލުބްނާންގެ މަޝްހޫރު ޝެފް ޢަބީރް އަލް ޞަޣީޜް
ހަބަރު
01 Aug 2023 | 16:30
ލުބުނާންގެ ޝެފް ޢަބީރް މިފަހަރު ކެއްކީ ގަރުދިޔަ އާއި ބަތް

ޓިކްޓޮކުން މަޝްހޫރުވި ލުބްނާންގެ ޝެފް ޢަބީރް އަލް ޞަޣީރް ރާއްޖެގައި ޢާންމުކޮށް ކައްކައި ކެއުމަށް ބޭނުން ކުރާ ގަރުދިޔަ އާއި ބަތް ކައްކާ ވީޑިއޯ އެއް އެތައްބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

ޢަބީރްގެ ވީޑީއޯތަކަކީ ޓިކްޓޮކްގައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައިވާ ވީޑިއޯ ތަކެކެވެ.

ޢަބީރްގެ ވީޑިއޯ ތަކުގައި އެކި ޤައުމުތަކުގެ ކާނާ ކައްކައި ތައްޔާރު ކުރަ ތަން ދައްކައިދެއެވެ. އަދި ވަކި ޤައުމެއްގެ ޚާއްސަ ކެއުމެއް ތައްޔާރު ކުރާނަމަ އެ ޤައުމެއްގެ ރަމްޒު ކޮށްދޭ ހެދުން އަޅައިގެން ކައްކާތަން ދައްކައިދެއެވެ.

ޢަބީރް ގަރުދިޔަ އާއި ބަތް ކައްކާ ވީޑިއޯ އެއް ހަދައި ޕޯސްޓް ކޮށްފައިވަނީ ދިވެއްސެއްގެ އެދުމުގެ މަތިންނެވެ.

އެވީޑީޔޯގައި މަހަކުން ގަރުދިޔަ ކައްކާ ބަތް ކައްކާ ހެދުމަށްފަހު ތައްޓެއްގައި ގަރުދިޔަ އާއި ބަތް އަދި ފިހުނު މަސް ކެއުމަށް ތައްޔާރުކޮށްފައި ވާތަން ދައްކައިދެއެވެ.

އިންސްޓްގްރާމްގައި 3.3 މިލިއަން ފޮލޯވަރުން އަދި ޓިކްޓޮކްގައި 21 މިލިއަން ފޮލޯވަރުން ތިބޭ ޢަބީރް ގެ ވީޑިއޯތައް ޝޫޓް ކުރުމާއި އެޑިޓް ކުރުމުގެ މަސައްކަތް ކުރަނީ އޭނާ އަމިއްލައަށް ކަމަށް އޭނާގެ ޓިކްޓޮކް ވީޑީއޯއެއްގައި ބުނެފައިވެއެވެ.

ޢަބީރްއަކީ އެތައް ބައެއްގެ ލޯތްބާއި ތަރުޙީބު ހޯދާފައިވާ ޓިކްޓޮކް ތަރިއެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް