ޗައިނާގެ ސިޗުއާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށުން-- ފޮޓޯ/ އެމްއޭސީއެލް
ހަބަރު
02 Aug 2023 | 10:16
ޗައިނާގެ ސިޗުއާން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

ޗައިނާގެ އެންމެ ކާމިޔާބު އެއް އެއާލައިން ކަމަށްވާ ސިޗުއާން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

186 ފަސިންޖަރުންނާއެކު އަލުން ފެށި ދަތުރުގެ ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވަނީ އިއްޔެ ހަވީރު 6:05 ގައެވެ.

އެމްއޭސީއެލް އިން ބުނީ، ޗައިނާގެ ޗެންގްޑޫއާއި ރާއްޖެއާއި ގުޅުވައިދޭ ގޮތަށް ސިޗުއާން އިން ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ ކަމަށެވެ.

ސިޗުއާން އެއަރލައިންއިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް އަލުން ފަށާފައިމިވަނީ ހަތް އަހަރަށްފަހުގައެވެ. 

ޗައިނާގެ ދެ އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެއެވެ. އެގޮތުން ބެއިޖިން ކެޕިޓަލް އިން ހަފުތާއަކު ޗާޓަރ ފްލައިޓެއް ބާއްވާއިރު، ޗައިނާ އީސްޓަން އެއާލައިނުން ކޮންމެ ހޮނިހިރު ދުވަހަކު ޝެޑިއުލް ދަތުރުތައް ކުރެއެވެ.

ވީއައިއޭއަށް ސިޗުއާން އެއާލައިން އަލުން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމާއި އިގްތިސާދީ ކުރިއެރުމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން ދެކެއެވެ.

ކޮވިޑް-19 އާ ގުޅިގެން ޗައިނާގެ ބޯޑަރު ބަންދުކުރުމުގެ ކުރިން ޗައިނާގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓެވެ. މި އަހަރުގެ ކުރީކޮޅު ބޯޑަރު ހުޅުވާލިފަހުން ޗައިނާގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރަމުން އަންނައިރު، މިއީ މިހާރު ރާއްޖޭގެ ހަތަރު ވަނައަށް އެންމެ ބޮޑު މާކެޓުކަން ފާހަގަކުރެވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގާ މޯލްޑިވްސް އެއަރޕޯޓްސް ކުންފުނިން ދަނީ ދުނިޔޭގެ އެކިކަންކޮޅުތަކާއި ރާއްޖެއާއި ގުޅުވާލުމަށް ގިނަ އެއަރލައިންތަކަކަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން މިއަހަރު ފިނިމޫސުމަށް ތައްޔާރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާއިރު، އައު މަންޒިލްތަކުން ރާއްޖެއަށް ފްލައިޓްތައް ބާއްވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން އެމެރިކާގެ ވަރޖިން އެޓަލާންޓިކް އަންނަ އޮކްޓޯބަރުގައި ލަންޑަން ހީތްރޯ އެއަރޕޯޓާއި ދެމެދު ދަތުރުތައް ފަށުމަށް ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ. 

މިހާރު ރާއްޖެއަށް ދުނިޔޭގެ ތިރީހަށް ވުރެ ގިނަ މަންޒިލުން ސާޅީހަށްވުރެ ގިނަ އެއަރލައިން ދަނީ އޮޕަރޭޓްކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.