މުޢިއްޒު ޕީއެންސީއަށް ސޮއިކުރެއްވި ފޯމު އަބްދުއްރަހީމް އާއި ހަވާލުކުރައްވަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
03 Aug 2023 | 12:02
ޕީޕީއެމް ދޫކުރައްވައި، މުޢިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފި!

ޕީޕީއެމްގެ ނާއިބު ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު، އެ ޕާޓީ ދޫކުރައްވައި، ޕީއެންސީއަށް ސޮއިކުރައްވައިފި އެވެ. މިކަން ޕީޕީއެމުން ވަނީ އިއުލާން ކުރައްވައިފަ އެވެ. 

މުޢިއްޒު ޕީއެންސީއަށް ސޮއިކުރައްވައިފައި މިވަނީ، ޕީއެންސީން ރިޔާސީ ކެންޑިޑޭޓެއް ނެރެން ނިންމައި، ޕްރައިމަރީގައި ވާދަކުރުމަށް ނަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލަންޖެހެ އެވެ. 

ރިޔާސީ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރުމަށް އެ ޕާޓީގެ 3/2023 މަޝްވަރާ މަޖިލީހުގައި ބައިވެރިވި 47 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ އަގްލަބިއްޔަތުން މިއަދު ވަނީ ފާސްކޮށްފައެވެ. 

އެއާއެކު ޕީއެންސީން ވަނީ، ރިޔާސީ ޓިކެޓަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެ ޕާޓީގެ ރައީސްއަށް އެޑްރެސްކޮށް ޝައުގުވެރިކަން ފާޅުކުރައްވައި ލިޔުމެއް، މިއަދުގެ 14:00 ގެ ކުރިން ފޮނުވުމަށް އެދިފައެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕީއެންސީގެ ފަރާތުން މި ޕްރައިމަރީގައި މުއިއްޒު ވާދަކުރައްވާނެއެވެ. އަދި މުޢިއްޒު ގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވެސް ވާދަކުރައްވާނެ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ. 

އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ޕީއެންސީ އިން ކެންޑިޑޭޓަކު ނެރުމާއި މެދު ގޮތެއް ނިންމުމުގެ އިޚްތިޔާރު، ޕީޕީއެމް/ޕީއެންސީގެ ލީޑަރ ރައީސް ޔާމީން އަށް ދިނުމަށް ނިންމާފައިވާ ކަމަށާ، ޕީޕީއެމް/ޕީއެންސީ ގެ މުހިންމު ބޮޑެތި ނިންމުންތައް ނިންމުމުގައި ރައީސް ޔާމީންގެ ލަފާ އާއި މަޝްވަރާ ހޯދާނެ ކަމަށެވެ. އެހެންކަމުން އެކަން ކުރިއަށް ދަނީ ރައީސް ޔާމީންގެ ލަފާއާއި އެކުގައި ކަމަށް އެ ކޯލިޝަނުން ބުނެއެވެ. 

ރައީސް ޔާމީން މިވަގުތު ހުންނެވީ، ވ. އާރަށް ކުއްޔަށް ދިނުމާއި ގުޅޭ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒް ކުރައްވަން ޖަލުގައެވެ. އެހެންކަމުން އެމަނިކުފާނުގެ ކެންޑިޑެސީ އާއި މެދު ގިނަ ސުވާލު ތަކެއް ވަނީ އުފެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.