ރައީސް ސޯލިހު ގއ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ހަބަރު
08 Aug 2023 | 14:13
އެދެނީ ހޯނޑެއްދޫއިން 98 އިންސައްތައަށްވުރެ ބޮޑު އަގުލަބިއްޔަތެއް ލިބެން: ރައީސް ޞާލިހު

އައު ރިޔާސީ ދައުރަކަށް ހޮވައިދެއްވައިފިނަމަ، މަޑަވެލި-ހޯޑެއްދޫ ދެމެދުގައި އަޅާމުންދާ ކޯސްވޭގެ މަޒައްކަތް ނިންމައި އެ ދެމެދުގައި ފަސޭހައިން އުޅަނދުތަކަށް ދަތުރުކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވީ މި އަހަރުގެ ރިޔާސި އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ގއ ހޯނޑެއްދުއަށް ވަޑައިގެން އެ މަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސްގެ ގިނަ ވައުދުތަކެއް ހޯނޑެއްދޫ ރައްޔިތުންނަށް ވެ ވަޑައިގެން މި ވާހަކަފުޅުގައި އިތުރަށް އެ މަނިކުފާނު ވިދާޅުވީ، ރަށުގެ އުތުރުފަރާތުގައި މި ސަރުކާރުން ގާއިމްކުރި ހައުސިންގް ޔުނިޓް ސަރަހައްދުގައި އައު މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށާއި، އަދި އަންހެނުންނަށް ޚާއްސަ ވޮލީ ކޯޓަކާއި ފުޓްސަލް ދަނޑެއް އެ ރަށުގައި އަޅައިދެއްވާނެ ކަމަށެވެ. 

މީގެ އިތުރުން، ހޯނޑެއްދޫގައި ބޮޑު ފުޓުބޯޅަ ދަނޑެއް އަޅައިދެއްވާނެ ކަމުގައި ވައުދުވަމުން އެމަނިކުފާނުން ވިދާޅުވީ ހޯނޑެއްދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށްވެސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ. 

މިއާއެކު ރައީސް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނުގެ އެދުމަކީ ސަރުކާރާއި ކުޑަކޮށް ޚިޔާލު ތަފާތުވެފައި ތިއްބެވި ބޭފުޅުންނާއެކު، ހޯނޑެއްދޫއިން 98 އިންސައްތައަށްވުރެ ބޮޑު އަގުލަބިއްޔަތެއް އިންތިހާބުގައި ކާމިޔާބުކުރެއްވުން ކަމުގައެވެ. 

ކޮމެންޓް
ސުނާ
ހޯޑެއްދޫ މީހުންނަކީ އެއްބައިވަންތަ އިހުސާންތެރި ބަޔެއް ވެއްޖެއްޔާ އެންމެ ޕަސެންޓެއްވެސް ދޭނެ ކަމެއްނެތް.އެރަށުގެ ޒުވާނަކު މަރާލީ ކަލޭ ހިމާޔަތް ކުރަންއުޅޭ ޕޮލިހުންގެ އިހުމާލުން.އެކަން އޮއްބާލީ.ނުދޭތި ވޯޓް އެކަކުވެސް.
09 Aug 2023
ރަންނަ
ކޯޒްވޭއަކީ 2018 ގެ ވައުދެއް. ދައުރު ނިމުނުއިރު ރަށުގެ އެއްވެސް މަސައްކަތެއް ނިންމާނުލެވުނުތަނުގަ އަދިވެސް ރަށުގެ އިގްތިސާދެއް އުފެއްދުމަށް ކުރެވެންއޮތް އެއްވެސް ކަމެއް ފާހަގަކުރާކަށް ނޭނގޭ.
09 Aug 2023
ގުޅޭ ލިޔުންތައް
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ސައުދީ އެއާޕޯޓުތަކަށް ހޫތީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު އަދި ހޫތީން ވަނީ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދީފައެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.