އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު--
ހަބަރު
08 Aug 2023 | 14:49
ޑްރޯންގައި ލެބޯޓަރީ ތަކެތި ފޯރުކޮށްދިނުމަކީ މި އަހަރު ފަށަން ނިންމާފައި އޮތް ކަމެއް: އަމްރު

ޑްރޯން ބޭނުންކޮށްގެން ރަށްރަށުގެ ލެބޯޓަރީތަކަށް ތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތަކީ މި އަހަރު ފެށުމަށް ހަމަޖެހިފައި އޮތް ކަމެއް ކަމަށް އެސްޓީއޯ ގެ ކުރީގެ އެމްޑީ އަދި ޑިމޮކްރެޓްސް ގެ ރަނިންމޭޓް ހުސައިން އަމްރު ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ އާ ސަރުކާރެއްގައި، ޑްރޯން ބޭނުންކޮށްގެން ރަށްރަށުގެ ލެބޯޓަރީތަކަށް ތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމާއި ގުޅިގެން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑްރޯން ބޭނުން ކޮށްގެން ބެހާއި ލެބޯޓަރީ ސާމާނު ފޯރުކޮށްދިނުމަކީ މިއަހަރު ތެރޭގައި ފަށަން ރާވާފައި އޮތް ކަމެއް ކަމަށެވެ. 

ބޭހާއި ލެބޯޓަރީ ތަކެތި ފޯރުކޮށްދިނުމަށް ބޭނުން ކުރާނެ ޑްރޯންގެ ފޮޓޯއެއް އިންސްޓަގްރާމް ގައި ހިއްސާ ކުރައްވައި، މިދިޔަ އަހަރުގެ ޖަނަވަރީ މަހު އަމްރު އިންސްޓަގްރާމް ގައި ކޮށްފައިވާ ޕޯސްޓެއްގެ ފޮޓޯއާއި އެކު ކުރި އެ ޓުވީޓުގައި އޭނާ ވަނީ، މިދިޔަ އަހަރު ތެރޭގައި އެ ކަމަށް ޕްލޭން ހެދި, ޑްރޯން ހޯދި، އެކަން ސަރުކާރުގެ އެކި ފަރާތްތަކާއި ހިއްސާވެސް ކުރެވުނު ކަަމަށެވެ. އެހެންކަމުން ރައީސް ޞާލިހު ވެވަޑައިގެންނެވީ ވައުދެއްތޯ އޭނާ ވަނީ ސުވާލު ކުރައްވާފައެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރެއްވުމަށް މިހާރު ކުރައްވާ ދަތުރުފުޅުގައި، މިއަދު ގދ. މަޑަވެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެމްޑީޕީގެ އާ ސަރުކާރުގެ ބައެއް ސިއްހީ ސިޔާސަތުތައް އިއުލާންކުރައްވާފަ އެވެ.

ސިއްހީ ދާއިރާއަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށް ވައުދުވެވަޑައިގަންނަވަމުން ރައީސް ވިދާޅުވި ގޮތުގައި، ގައުމީ ސިއްހީ ސިޔާސަތުގެ ބިންގާ ކަމުގައި ހަދާނީ "ބަލިވުމުގެ ކުރިން ބަލިން ސަލާމަތްވުމެ"ވެ.

ސިއްހީ ދާއިރާއަށް ތައާރަފްކުރައްވާނެ އާ ހިދުމަތެއްގެ ގޮތުގައި އެ މަނިކުފާނު އެންމެ ފުރަތަމަ ވިދާޅުވި އެއް ކަމަކީ، ޑްރޯން ބޭނުންކޮށްގެން ލެބޯޓަރީތަކަށް ސަޕްލައި ނުވަތަ ތަކެތި ފޯރުކޮށްދިނުމެވެ. ރާއްޖޭގައި އަދި ރަސްމީކޮށް ދޭން ނުފަށާ މި ހިދުމަތް، ގދ. އަތޮޅުގައި މިހާރު ޓެސްޓުކޮށްފައިވާނެކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ސައުދީ އެއާޕޯޓުތަކަށް ހޫތީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު އަދި ހޫތީން ވަނީ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދީފައެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.