ކުރީގެ ރައީސް އަބްދުﷲ ޔާމީން--
ހަބަރު
08 Aug 2023 | 16:55
ރައީސް ޔާމީން ގެ އިސްތިއުނާފް އަޑު އެހުން ބުރާސްފަތި ދުވަހަށް ތާވަލްކޮށްފި!

ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ވާތީ އެމައްސަލައިގެ އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތާވަލް ކޮށްފައިވާކަމަށް އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަލީމް އަހްމަދު ވިދާޅުވެއްޖެއެވެ.

ވ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާ ކަމަށް ކަނޑައަޅައި، އެމަނިކުފާނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މައްސަލަ ކުރިއަށް ނުދާތީ އިދިކޮޅު ލީޑަރޝިޕުން މިއަދުވެސް ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ. 

އެއަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަދައްކަވަމުން، ޔާމީނުގެ ޑރ. ޖަމީލް ވިދާޅުވީ، އެ މައްސަލައިގެ އަޑުއެހުމެއް މި ބުރާސްފަތި ދުވަހަށް ތާވަލްކޮށްފައިވާ ކަމަށް ހައިކޯޓުން މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންކަމުން, ދާދި އަވަހަށް މައްސަލަ ނިމިގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ. 

ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލަ އަށް ހުރަސް އެޅުނީ ފަނޑިޔާރުން ޗުއްޓީ އަށް ވަޑައިގަތުމުންނެވެ. މައްސަލައިގެ ޝަރީއަތައް ފުރަތަމަ ހުރަސް އެޅުނީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރު ކަމަށްވާ ހުޒައިފާ މުހައްމަދު އިމަޖެންސީ ޗުއްޓީއެއް ނެންގެވުމުންނެވެ. ފަނޑިޔާރު ހުޒައިފާގެ ޗުއްޓީ ނިމުނުއިރު ފަނޑިޔާރު މުހައްމަދު ސަލީމް ޗުއްޓީ އަށް ވަޑައިގެންފައި ވުމުން މައްސަލަ ތާވަލް ނުކުރެވި ދިގުލައިގެން ދިޔައީ އެވެ.

ޑރ. ޖަމީލް ވިދާޅުވީ، ހައިކޯޓުގެ މައްސަލަ ލަސް ވުމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. 

"ދިވެހި ރައްޔިތުންގެ ގާތްގަނޑަކަށް އެއްލައްކަ ތިރީހަކަށް ހާސް މީހުންގެ ސަޕޯޓާއި އެކީގައި ކެންޑިޑެސީ ހުށަހަޅާފައިވާ، ރައީސް ޔާމީން ގެ އިންތިހާބީ ހައްގު ގެއްލިގެން މި ދިޔައީ. އެއީ އިއާދަ ކުރެވޭނެ ގެއްލުމެއް ނޫން. އަޅުގަނޑުމެންގެ މުޅި ޕާޓީ އެ އިހްތިޖާޖު ގައި މި އޮތީ، އެއީ އަޅުގަނޑުމެންގެ ދޫކޮށްލާނެ އިހްތިޖާޖު އެއްނޫން. އަޅުގަނޑުމެން ގަބޫލު ކުރަނީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ބައިވެރި ނުވާ އިންތިހާބަކީ އިންކްލޫސިވް އިންތިހާބެއް ނޫން. އަދި ފެއަރ އިންތިހާބެއް ނޫން ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ" ޑރ. ޖަމީލް ވިދާޅުވި އެވެ. 

މިއާއެކު ޖަމީލް ވިދާޅުވީ ހައިކޯޓަށް ވަޑައިގެންނެވީ، ހައިކޯޓުގެ މައްސަލަ ލަސްވުމާއި ގުޅިގެން އެމަނިކުފާނަށް ލިބެމުންދާ ގެއްލުމާއި ޢާއިލާ ތަހައްމަލް ކުރަމުންދާ ވޭނުގެ ސަބަބުން ކަމަށެވެ. އަދި އެކަމަށް ނިމުމެއް އަންނާނީ ހައިކޯޓުގައި އޮތް އަޑުއެހުން ނިންމައިގެން ކަމަށްވެސް ޖަމީލް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.