ރައީސް ބަލިހު ފަރެސްމާތޮޑާ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ:ވޮއިސް
ހަބަރު
09 Aug 2023 | 13:21
ހުވަފެނެއް ނުދައްކާނަން، ވައުދުތައް މިދަނީ ފުއްދަމުން: ރައީސް ޞާލިހު

ރައްޔިތުންނަށް ހުވަފެން ދައްކާނެ ބޭފުޅަކަށް ވެ ވަޑައިނުގަންނަވާނެ ކަމަށާއި، ވީ ވައުދުތައް ފުއްދަމުން ގޮސްފައިވާތަން ރައްޔިތުންނަށް ދައްކާދެއްވާފައި ވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައި ވަނީ ގދ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި، އެ އަތޮޅުގެ ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު ގައުމު އޮތީ ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ހައްލުކުރަން ޖެހޭ ގިނަ ކަންކަމާއި ކުރިމަތިލާން ޖެހިފައި ކަމަށެވެ. 

ވެރިކަމުގެ ފުރަތަމަ ދައުރުގައި ކުރައްވާފައިވަނީ އެ މަސައްކަތްކަން ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ. 

އެ ވާހަކައާއި ގުޅުވާ ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ދުރު ރާސްތާ ޕްލޭނަކާއި އެކުގައި ކަމަށާއި، އެކަމަށް ބޭނުންވާ ސިޔާސަތުތައް ވެސް މިހާރު އެކުލަވާލާފައިވާނެ ކަމަށެވެ. އަދި އެކަންކަން އެމަނިކުފާނުގެ ކެމްޕޭނު ޖަލްސާތަކުގައި ގެންދަވަނީ ރައްޔިތުންނަށް ހާމަކޮށްދެއްވަމުން ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންނަށް ހުވަފެންދައްކާ ވައުދު ނުފުއްދާ ބޭފުޅަކަށް ވެވަޑައި ނުގަންނަވާނެކަން މި ދައުރުގައި ވެސް ކޮށްދެއްވާފައިވާ ކަންކަމުން ރައްޔިތުން ކަށަވަރުކުރާނެ ކަމަށެވެ.

"ހުވަފެނެއް އަޅުގަނޑުމެން ނުދައްކާނަން. މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކަން ހިނގާފައި ހުރިގޮތުން ކުރެވިފައި ހުރި މަސައްކަތަށް ބަލާއިރުގައި އަޅުގަނޑުމެން ވީ ވައުދުތައް ފުއްދަމުންދާކަން ރާއްޖޭގެ ރައްޔިތުންނަށް ހާމަވެ ފެންނަން އޮންނާނެ"

ރައީސް ޞާލިހު

ފަރެސްމާތޮޑާގައި ރައީސް ޞާލިހު ދެއްކެވި ވާހަކަފުޅު އަމާޒުކުރެއްވީ މަސްވެރިކަމުގެ ސިނާއަތަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ސިނާއަތް ކުރިއެރުވޭނީ ވަރަށް ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން ނެވެ. 

އެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާކަމަށާއި، އަންނަ ދައުރުގައި އެ މަސައްކަތް ފުޅާކޮށް، މަސްވެރިކަމުގެ ސިނާއަތަކީ ފަތުރުވެރިކަމާއި ދާދި އެއްވަރަކަށް ފުޅާކުރެވިފައިވާ ރާއްޖޭގެ އިޤްތިޞާދަށް މަންދާކުރާނެ ވަރުގެ ސިނާއަތަކަށް ހެދޭނެކަމުގެ ޔަގީންކަން އޮތްކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ.

އަދި ރައްޔިތުން މިހާރުވެސް އެމަނިކުފާނަށް އިތުބަރުކުރައްވާ ގޮތަށް އިތުބާރު ކުރެއްވުމަށް ރައީސް ޞާލިހު ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.