ރައީސް ޔާމީނު އަނބިކަނބަލުން އަދި ދޮށީ ދަރިކަލުންނާއި އެކުގައި/ ފޮޓޯ: އަވަސް
ހަބަރު
10 Aug 2023 | 17:02
އެޑްމިޓްވެގެން ފަރުވާ ނުހޯދާ މަޑުކުރަނީ އާއިލާ ތަހަންމަލުކުރާނެ ހިތްދަތިކަން އިހުސާސްކުރެވޭތީ: ރައީސް ޔާމީން

ބަލިހާލުކޮޅު ހުރިގޮތުން ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށާއި، އެހެން ނަމަވެސް އެކަން ނުކުރައްވާ ޖަލުގައި ހުންނަވަނީ ހޮސްޕިޓަލުގައި އެޑްމިޓުވެގެން ފަރުވާ ހޯއްދަވާ ނަމަ އާއިލާއިން ތަހަންމަލުކުރާނެ ހިތްދަތިކަން އިހުސާސްކުރެވޭތީ ކަމަށް ވާދަވެރި ސިޔާސީ ލީޑަރު ރައީސް ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމާ އެކު ކޮށްފައިވާ 5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ފައިސާ ދެއްކުން ފަސްކޮށްދިނުމަށް އެދި އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި ވާހަކަދައްކަވަމުން ނެވެ.

ހުކުމް ފަސްކުރުމުގެ އަމުރަކަށް އެދިވަޑައިގެން ސަބަބުތައް ހާމަކުރުމަށް ފުރުސަތެއް ހޯއްދަވާ ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން އެފަދައިން އެދިވަޑައިގަންނަވާ ސަބަބުތަކަށް އަލިއަޅުވާލައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ އުނަގަނޑުގެ އާލާސްކަންފުޅެއް ހުންނަ ފަރާތެއް ކަމަށެވެ. އެ އާލާސްކަންފުޅާއި ގުޅިގެން މޫދަށް ގޮސް ކުރަންޖެހޭ ކަސްރަތުތަކެއް ޤަވައިދުން ކުރުމަށް ޑޮކްޓަރު އިރުޝާދުދެއްވާފައި ވީ ނަމަވެސް މާފުށީގައި ބިން ހިއްކުމުގެ މަސައްކަތް ވެސް ފަށާފައި އޮތުމާއި ގުޅިގެން އެ ފުރުސަތު މިހާރު ލިބިވަޑައިނުގަންނަވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ މިހާރު އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅު ހުރިގޮތުން ހަގީގަތުގައި ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ނުކުރައްވަނީ، ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ހޯއްދަވާނަމަ، އެމަނިކުފާނުގެ އާއިލާ ހިތްދަތިވާނެވަރު އިހުސާސްކުރެވޭތީ، އެ ހިތްދަތިކަން އާއިލާއަށް ނުދިނުމަށްކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން 

"ދަންނަވާލަން ބޭނުންވަނީ ފަނޑިޔާރުން އިހުސާންތެރިކަން ވިސްނާވަޑައިގަތުން އެދެމޭ! އަޅުގަނޑު ހޮސްޕިޓަލަށް ނާންނަނީ، އަޅުގަނޑު ހޮސްޕިޓަލަށް އަންނަން ނުޖެހޭތީއެއް ނޫން. އަޅުގަނޑު ހޮސްޕިޓަލަށް ނައިސް އެދްމިޓުނުވެ މިފަހަރު މި ހުންނަނީ އަޅުގަނޑުގެ އާއިލާ ތަހަންމަލުކުރާ ހިތްދަތިކަން އަޅުގަނޑަށް އިހުސާސްކުރެވޭތީ. އެތަނަށް އައިސް އޮންނަން ވެއްޖެއްޔާ އާއިލާއިން އިތުރަށް ކަންބޮޑުވާތީ، އެހެން ނޫން ނަމަ އަޅުގަނޑު މިހާރު ފުރުސަތަކަށް ވެގެން ހުންނާނީ ހޮސްޕިޓަލުގައި"

ރައީސް ޔާމީން

އެކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިހާރު ތަންފީޒު ކުރައްވަމުން ގެންދަވާ ހުކުމަކީ އެމަނިކުފާނު ކުށެއް ކުރައްވައިގެން ކޮށްފައިވާ ހުކުމެއް ނޫން ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި އެކަން ޝަރުއީ ކޯޓުގައި ސާބިތުކޮށްދެއްވާނެ ކަމަށެވެ. މީގެ ކުރިންވެސް އެމަނިކުފާނު ވާނީ އެމަނިކުފާނުގެ މައްޗަށް އިއްވި ހަމަ އެފަދަ ހުކުމަކީ ބާތިލް ހުކުމެއްކަން ކޯޓު މަރުހަލާއިން ސާބިތުކޮށްދެއްވައިކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެކަންކަން ފާހަގަކުރައްވާ ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދިނުމަކުން ދައުލަތުން ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ވެސް ހާއްސަ ހާލަތްތަކާ ގުޅިގެން ޖަލު ބަންދުގައި ތިބޭ މީހުން ކަފާލާތުގެ ދަށުން ގޭބަންދަށް ދޫކުރާ ކަމަށާއި، ރާއްޖޭގައި ވެސް މީގެ ކުރިން އެ އުސޫލުގެ ދަށުން ގޭ ވަންދަށް މީހުން ބަދަލުކޮށްފައިވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެހެން ނަމަވެސް މިހާރު އެއީ ގާނޫނުގައި ބަޔާންކޮށްފައި އެއްޗެއް ނޫންކަމަށް ބުނެ ކަފާލާތު ނުދޭކަން ރައީސް ޔާމިނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ ގާނޫނުގައި ވަކިގޮތަކަށް ކަމެއް ބަޔާންކޮށްފައި ނެތުމަކީ ފަރުދެއްގެ ހައްގަށް އުނިކަން ލިބެންޖެހޭނެ ކަމެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެފަދައިން އެކަން ކުރާނަމަ ފަރުދުންނަށް ލިބިގެންދާނީ އިޔާދަ ނުކުރެވޭނެ ގެއްލުންތަކެއް ކަމަށާއި، މީގެ ކުރިންވެސް އެމަނިކުފާނާއި ދޭތެރޭ އެފަދައިން ކަންކަން ވެފައިވާކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ގޭ ބަންދަށް ބަދަލުކުރި ނަމަވެސް އިސްތިއުނާފު މަރުހަލާ ނިމި ހުކުމް ތަންފީޒު ކުރަން ޖެހިއްޖެ ނަމަ، އެކަން ކުރުމަށް ދައުލަތަށް އެއްވެސް އުނދަގުލެއް ނުވާނެ ކަމަށާއި، ގެއަށް ބަދަލުކޮށްދީފިނަމަ ސިއްހީ ހާލުކޮޅި ހުރިގޮތުން އެމަނިކުފާނަށް ފަސޭހަފުޅުވެ އާއިލާއަށް ވެސް ތަސައްލީއެއް ލިބިގެންދާނެކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. 

މި މައްސަލައިގައި ފަނޑިޔާރުން ގޮތެއް ނިންމަވާއިރު އެކަމަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްދެއްވުމަށް ރައީސް ޔާމީން ވަނީ ވަރަށް އަސަރާއި އެކު ފަނޑިޔާރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ކޮމެންޓް
މުހަންމަދު
ޒިންމާދާރު މަޤާމުތަކުގަ ތިބޭމީހުން ހުއްދަނޫން ކަންތައްކުރާއިރު އާއިލާއާއި ދޭތެރޭ ވިސްނާނުލާކަމީ ހިތާމަހުރިޚަމެއް
10 Aug 2023
ގުޅޭ ލިޔުންތައް
12 Jul 2026
ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓްތައް ސީދާ ޖިއްދާއަށް
މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ސިވިލް އެވިއޭޝަން މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގަން އެއާޕޯޓުން ސީދާ ޖިއްދާއަށް އުމްރާ ފްލައިޓެއް ފުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
12 Jul 2026
އެމްއެންޔޫ ފަހި ދުވަސް 2026 ފަށައިފި
މި ހަރަކާތް ކުރިއަށް ދަނީ 2026 ޖުލައި 11 އިން 12 އަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ މަރުކަޒީ އިދާރާގައެވެ.
12 Jul 2026
ނޯވޭ ބަލިކޮށް އިނގިރޭސިން ވަރލްޑްކަޕް ސެމީފައިނަލަށް
ރޭގެ މެޗްގައި އިންގްލެންޑްގެ ތަރިއަކަށްވީ ބެލިންހަމްއެވެ.
11 Jul 2026
ކޮންގްރެސްގެ އެތެރޭގެ އިންތިހާބު: 33،000 މެންބަރުން ވޯޓް ލި
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު އެ ޕާޓީގެ 69,000 މެންބަރުންގެ ތެރެއިން 40,000 މެންބަރުންނަށް ލިބިފައި އޮތެވެ. ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހިސާބުތައް ދައްކާ ގޮތުން މިއަދުގެ އިންތިހާބުގައި 85 އިންސައްތަ މެންބަރުން ވަނީ ވޯޓްލާފަ އެވެ.
11 Jul 2026
ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމު: ރައީސް
އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
11 Jul 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.