ރައީސް ޔާމީން އަބްދުލްގައްޔޫމްގެ މިއަދުގެ އަޑުއެހުމުގެ ތެރެއިން--
ހަބަރު
10 Aug 2023 | 20:18
ރައީސް ޔާމީން ގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރާމެދު ގޮތެއް ނިންމުން އާދީއްތާގައި!

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މައްސަލާގައި ދައުލަތުން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހެޅި މައްސަލައިގައި އާދީއްތަ ދުވަހު ގޮތެއް ނިންމާނެ ކަމަށް އެކޯޓުން ބުނެފި އެވެ.

އާރަށް މައްސަލައިގައި މިދިޔަ ޑިސެންބަރު 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމިން ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ހުކުމް ކޮށްފައެވެ. އެ ހުކުމް ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ އިސްތިއުނާފުގެ މައްސަލައިގެ ތެރެއިން ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރަކަށް އެދިފަ އެވެ.

އެކަމާއި ގުޅިގެން މިއަދުގެ އަޑު އެހުމުގައި ވާހަކަދައްކަވަމުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ، އެ ފައިސާ ދައުލަތަށް ދައްކާ ނިންމާފައިވަނިކޮށް، އިސްތިއުނާފް މަރުހަލާއިން ކުށް ސާބިތުނުވާކަމަށް ކަނޑައަޅައިފިނަމަ އެ ފައިސާ އަނބުރާ ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ވެއްޖެ ނަމަ އިޔާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ޖަމީލްގެ އިތުރުން ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުالله ޝިޔާޒް ވަނީ 2021 ވަނަ އަހަރު ރައީސް ޔާމީންގެ މައްޗަށް ކުރި ހުކުމާއެކު އެމަނިކުފާނު 2 އަހަރު ދުވަސް ޖަލުގައި ހޭދަކުރުމަށްފަހު އިސްތިއުނާފު ކާމިޔާބުވެ މިނިވަންވި ކަން ފާހަގަކުރައްވައި އެ ދެ އަހަރު ދުވަސް ޖަލުގައި ހޭދަކުރައްވަން ޖެހުމުން ގެއްލުނު ހައްގުތަކާއި އެކަމަށް ބަދަލު އަނބުރާ ނުލިބުނު ކަމަށް ވިދާޅުވެފައެވެ. 

"ޖަލުގައި ބަންދުކުރެވޭ އިރު މީހެއްގެ ހައްގުތައް ނިގުޅައިގަނެވޭ. 2021 ވަނަ އަހަރުގެ ގަޒިއްޔާގައި ކުރި ހުކުމް ތަންފީޒު ކުރުމުގައި 2 އަހަރު އޮތީ ފާއިތުވެގެން ގޮސްފަ ޖަލު ބަންދުގައި، ވަރަށް ގިނަ ހައްގުތަކެއް ނިގުޅައިގަނެވިފަ އޮތީ. އެހެންވީމަ ޖަލު ބަންދުގައި މީހަކު ހުންނައިރު އިސްތިއުނާފު ދިގުދެމިގެން ދިޔުމަކީ އޭގެ ސަބަބުން އެފަރާތުގެ ހައްގުތަކަށް ވަރަށް ބޮޑެތި އުނިކަމެއް އަންނަ ކަމެއް." ޝިޔާޒް ވިދާޅުވިއެވެ. 

ޔާމީންގެ ފަރާތުން ދެއްކެވި ވާހަކަ ތަކަށް ރައްދު ދެމުން ދައުލަތުން ބުނެފައި ވަނީ ޖިނާއީ އަދުލުގެ ނިޒާމްގެ ތެރެއިން ޖިނާއީ ކުށެއް ސާބިތުވާ މީހެއްގެ ހުކުމް ތަންފީޒުކުރުން ފަސް ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. ގާނޫނުތައް ހަދާފައި ވަނީ ޖިނާއީ ކުށްތައް ސާބިތުވާ މީހުންނަށް ލުއިތައް ނުލިބޭނެހެން ކަމަށް ވެސް ބުންޏެވެ.

އަދި ރައީސް ޔާމީނަށް އިޔާދަ ނުކުރެވޭނެ ބޮޑު ގެއްލުމެއް ވާނޭ ކަމަށް ވަކީލުން ވިދާޅުވި ނަމަވެސް، އެ ގެއްލުން ވާގޮތް ސާފުކޮށްދީފައި ނުވާ ކަމަށާ، ޖޫރިމަނާގެ ފައިސާ ދައްކާ ފަހުން ޔާމީން މިނިވަންވެޑައިގެންފިނަމަ ދައުލަތުން އަނބުރާ އެ ފައިސާ ދޭނެ ކަމަށް ދައުލަތުން ބުންޏެވެ. އެހެންކަމުން އެއީ އިޔާދަ ކުރެވޭނެ ގެއްލުމެއް ކަމަށެވެ. 

ކްރިމިނަލް ކޯޓުން ކޮށްފައިވާ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް އިސްތިއުނާފީ މަރުހަލާގައި އޮއްވައި އެ ފަސް މިލިއަން ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތު މިދިޔަ ޖޫން މަހުގެ 25 ގެ ނިޔަލަށް ވަނީ ހަމަވެފައެވެ. ނަމަވެސް ރައީސް ޔާމީން ގެ ފަރާތްޕުޅުން މިހާތަނަށް އެ ފައިސާ ދައްކާފައެއް ނުވެ އެވެ.

ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގައި އެ ފައިސާ ނުދައްކައިގައި އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ސިވިލް ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ. އެކަން ޔާމީންގެ ވަކީލުން ވަނީ މިއަދު ކޯޓުގައި ފާހަގަކުރައްވާފައެވެ. 

މިކަމާއި ގުޅިގެން ފަނޑިޔާރުން ވިދާޅުވެފައިވަނީ އަމުރާމެދު ނިންމާ ގޮތެއް އާދީއްތަ ދުވަހު ލިޔުމުން ދެފަރާތާ ވެސް ހިއްސާކުރާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Jul 2026
ގަން އިންޓަނޭޝަނަލް އެއާޕޯޓުން މޯލްޑިވިއަންގެ ފްލައިޓްތައް ސީދާ ޖިއްދާއަށް
މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް ސިވިލް އެވިއޭޝަން މުޙައްމަދު އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ގަން އެއާޕޯޓުން ސީދާ ޖިއްދާއަށް އުމްރާ ފްލައިޓެއް ފުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިއީ އައްޑޫ ސިޓީއާއި ދެކުނުގެ ސަރަހައްދަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.
12 Jul 2026
އެމްއެންޔޫ ފަހި ދުވަސް 2026 ފަށައިފި
މި ހަރަކާތް ކުރިއަށް ދަނީ 2026 ޖުލައި 11 އިން 12 އަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް އެމްއެންޔޫގެ މަރުކަޒީ އިދާރާގައެވެ.
12 Jul 2026
ނޯވޭ ބަލިކޮށް އިނގިރޭސިން ވަރލްޑްކަޕް ސެމީފައިނަލަށް
ރޭގެ މެޗްގައި އިންގްލެންޑްގެ ތަރިއަކަށްވީ ބެލިންހަމްއެވެ.
11 Jul 2026
ކޮންގްރެސްގެ އެތެރޭގެ އިންތިހާބު: 33،000 މެންބަރުން ވޯޓް ލި
މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު އެ ޕާޓީގެ 69,000 މެންބަރުންގެ ތެރެއިން 40,000 މެންބަރުންނަށް ލިބިފައި އޮތެވެ. ޢަބްދުއްރަހީމް ވިދާޅުވި ގޮތުގައި ހިސާބުތައް ދައްކާ ގޮތުން މިއަދުގެ އިންތިހާބުގައި 85 އިންސައްތަ މެންބަރުން ވަނީ ވޯޓްލާފަ އެވެ.
11 Jul 2026
ޒުވާނުންގެ ޞިއްޙަތަށް ވުނަކުރުން ލާޒިމު: ރައީސް
އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
11 Jul 2026
ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހަދަން ތެލެސީމިއާ ހަ ކުއްޖަކު އިންޑިއާއަށް ފުރަނީ
މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ. މީގެ އިތުރުން، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން، އިތުރު ހަތަރު ކުއްޖަކު ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.
11 Jul 2026
މުސަރައާއި އިނާޔަތްތަކަށް ކުރި ހޭދަ އާއެކު މިއަހަރު ކުރި ހަރަދުތައް އިތުރުވެއްޖެ
ފިނޭންސުގެ ރިޕޯޓަށް ބަލާއިރު، ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ރެކޯޑުކުރެވިފައެވެ. މިއީ ދަރަނި އަދާކުރުމާއި އިންޓްރެސްޓްގެ ޚަރަދުތައް ނުހިމަނައި، ދައުލަތަށް ލިބޭ އާމްދަނީން އާންމު ޚަރަދުތައް ހަމަޖެއްސޭނެކަން އަންގައިދޭ މިންގަނޑެއްކަމަށް ދެކޭކަމަށް ފިނޭންސުން ބުންޏެވެ
11 Jul 2026
ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް މައްސަލާގައި ފަސް މީހަކަށް ދައުވާ
މި މައްސަލާ ގައި ދައުވާ ލިބޭ މީހުން އަތުން ވަގަށް ނެގި ފައިސާ ބަދަލު ލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި ވަނީ އެދިފަ އެވެ.