ރައީސް ވަހީދު ޖޭޕީއަށް ސޮއި ކުރެއްވުން-- ފޮޓޯ/ ޖޭޕީ
ހަބަރު
12 Aug 2023 | 22:02
ޑރ. ވަހީދު ޖޭޕީއާއި ގުޅިވަޑައިގެންފި!

ކުރީގެ ރައީސް، އަދި ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރ، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ގުޅިވަޑައިގެންފި އެވެ.

ޖުމްހޫރީ ޕާޓީގެ ކެންޕެއިން ރަސްމީކޮށް އިފްތިތާޙް ކުރުމަށް މިރޭ އދ މާމިގިލީގައި ކުރިއަށް ގެންދާ ޖަލްސާގެ ތެރެއިން ޑރ. ވަހީދު ވަނީ އެމަނިކުފާނު ޖޭޕީ އާއި ގުޅިވަޑައިގެންނެވި ފޯމުގައި ސޮއި ކުރައްވައި އެ ފޯމު، އެ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި ހަވާލު ކުރައްވާފައެވެ. 

ޖޭޕީއާއި ގުޅިވަޑައިގެންނެވުމުގެ ކުރިން ޑރ. ވަހީދު ހުންނެވީ އިދިކޮޅުު ޕީޕީއެމްގައެވެ. ޕީޕީއެމުން އެމަނިކުފާނު ވަކިވެވަޑައިގެންފައިވާ ކަން އިއުލާން ކުރެއްވީ މިމަހު 10 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭގެ ކުރިން އެމަނިކުފާނު ވަނީ ޖޭޕީގެ ލީޑަރުންނާއި ބައްދަލުވުމެއް ބާއްވަވާފައެވެ. 

ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ ކަން އިއުލާން ކުރައްވައި ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވަނީ، 10 އަހަރު ވަންދެން ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު އެ ޕާޓީން ވަކިވެވަޑައިގެންނެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. 
ރައީސް ވަހީދު ވިދާޅުވީ، އެމަނިކުފާނު ޕީޕީއެމްއާއި ގުޅިވަޑައިގަތީ ގައުމީ ހަމަޖެހުން ގާއިމުކޮށް، އެމަނިކުފާނު ފައްޓަވާފައިވާ ތަރައްގީ ދެމެހެއްޓުމަށް ކަމަށެވެ. އަދި އެމަސައްކަތުގެ ތެރެއިން ވަރަށް ގިނަ ކަންކަން ނިމިފައި ވުމަކީ ނުހަނު އުފާ ކުރައްވާ ކަމެއް ކަމަށާ އެހެން އަދިވެސް ކުރަން ހުރި ކަންކަން ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ވަރަށް ވިސްނުމަށްފަހު، ޕީޕީއެމްގެ މެމްބަރު ކަމުންނާއި, ޕާޓީގައި އަދާ ކުރައްވަމުން ގެންދެވި ސްޕެޝަލް އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދިނުމަށް ނިންމައިފިން. ދިވެހިރާއްޖޭގެ ކުރިއެރުމަށް، އަޅުގަނޑުގެ ހުނަރާއި، ތަޖުރިބާ އާއި ޢިލްމުގެ ބޭނުން، ހަމަޖެހުމާއި، ބަދަހިކަމާއި، ތެދުވެރިކަން އޮތް ތަނެއްގައި ބޭނުން ކުރުމަކީ، މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން." ޑރ. ވަހީދު ވިދާޅުވިއެވެ. 

މިއާއެކު ވަހީދު ވިދާޅުވީ ޕީޕީއެމްގެ ހުރިހާ މެންބަރުންނާއި، މި ޤައުމުގެ ރައްޔިތުންނަށް އެމަނިކުފާނުގެ ހިތުގައި އަބަދުވެސް ޚާއްސަ މަގާމެއް ދެވިފައި އޮންނާނެ ކަމަށެވެ. އަދި އެމަނިކުފާނު އަބަދު ވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ކުރިއެރުމަށާއި ގައުމުގެ އިސްތިގްލާލީ މިނިވަންކަމަށްޓަކައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.