ޑރ ވަހީދު ޤާސިމް އިބްރާހިމްގެ އަރިހުގައި/ ފޮޓޯ: ޖޭޕީ
ހަބަރު
13 Aug 2023 | 09:01
ވެރިކަމަށް ކުރިމަތިލާނެ ފުރުސަތެއް ޕީޕީއެމަކުން ނުދިން: ޑރ ވަހީދު

ވެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ޕީޕީއެމުން ނުދެއްވިކަމަށް އެޕާޓީގެ މުސްތަޝާރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ޕާޓީން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދު ހަސަންމަނިކު ވިދާޅުވެއްޖެ އެވެ. 

ޑރ ވަހީދު މިފަދައިން ވިދާޅުވެފައި ވަނީ މާމިގިލީގައި ބޭއްވި ޖުމްހޫރީ ޕާޓިގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ފާއިތުވި ހަފްތާ ސިޔާސީ މައިދާނުގައި ހިނގައިދިޔަ ކަންކަންތަކާއި އެކަންކަމާއި ގުޅިގެން ސިޔާސީ ގޮތުން އެމަނިކުފާނު ނިންމެވި ނިންމުންތަކަށް ޑރ ވަހީދުގެ ވާހަކައިގައި އަލިއަޅުވާލެއްވި އެވެ. 

އެގޮތުން ޑރ ވަހީދު ވިދާޅުވީ ރާއްޖެގައި އޮތް އެންމެ ބޮޑު އެއް ޕާޓީގައި ހުންނެވުމަށްފަހު ވަކިވީ ޕާޓީ ޑިމޮކްރަސީގެ އުސޫލުތަކާއި ދުރަށް ގޮސްފައިވާ މިންވަރުން ކަމަށެވެ.

ސިޔާސީ ޕާޓީތަކުން ހިންގާނެ އެންމެ މުހިންމު ހަރަކާތަކީ އިންތިޚާބުތަކުގައި ވާދަކުރުން ކަމަށް ވާއިރު، ރިޔާސީ އިންތިޚާބުގައި ޕީޕީއެމުން ވާދަކުރުމުގެ ފުރުސަތު ވެސް ދީފައި ނުވާކަމަށް ޑރ ވަހީދު ވިދާޅުވިއެވެ. 

"އަޅުގަނޑު ނުދަންނަވާނަން މަގުމަތިވީ އެކޭ، އެކަމަކު ދަންނަވަން އޮތީ އަޅުގަނޑު އޭރު ހުރި ޕާޓީގައި (ޕީޕީއެމް) ބޮޑު ޕާޓީއެއް، އެ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކަށް އެ ޕާޓީން ރިޔާސީ އިންތިޚާބުގައި ނިކުތުމުގެ ފުރުސަތެއް ނުލިބުނު. ނުދިން، އޭގެ ސަބަބުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓެއް އިންތިޚާބުގެ ބެލެޓް ކަރުދާހުގައެއް ނެތް. ޕީޕީއެމްގެ ކުލައެއްވެސް ނިޝާނެއް ވެސް ނެތް"

ކުރީގެ ރައީސް ޑރ މުޙައްމަދު ވަހީދު 

އެކަންކަން ފާހަގަކުރައްވާ ޑރ ވަހީދު ވަނީ ޕީޕީއެމުން ރިޔާސީ އިންތިޚާބުގައި ވާދަނުކުރުމުގެ ސަބަބުން ޕީޕީއެމްގެ އާންމު މެމްބަރުންގެ ހައްގު އުނިވެފައިވާކަން ފާހަގަކުރައްވާފަ އެވެ. ޑރ ވަހީދު ވިދާޅުވީ އެމަނިކުފާނު މަގުމަތިވި ކަމުގައި ވާނަމަ، ޕީޕީއެމްގެ 40000 މެމްބަރުން ވެސް ތިބީ މަގުމަތިވެފައި ކަމަށެވެ. 

އެއާއެކު ޑރ ވަހީދު ވަނީ ޤާސިމް އިބްރާހިމަށް ޕީޕީއެމްގެ މެމްބަރުން ވޯޓުދިނުމަށް ގޮވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ މީ ވަކި ބެފުޅަކާއި ދެތެރޭގައި ވިސްނަވަންވީ ވަގުތު ނޫން ކަމަށެވެ. އަދި މީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރެވޭ ެބޭފުޅަކު އިޚްތިޔާރުކުރަންވީ ވަގުތުކަން ވެސް ޑރ ވަހީދު ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.