ޖުމްހޫރީ ޕާޓީ ޖަލްސާގެ ތެރެއިން
ހަބަރު
13 Aug 2023 | 00:30
ތިން ޑޮކްޓަރުން ޤާސިމަށް ބައިއަތު ހިއްޕަވައިފި

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ތާއީދު ކުރައްވައި ކުރީގެ ސަރުކާރުތަކުގެ ވަރަށް އިސް މަގާމްތަކެއް ފުރުއްވާފައިވާ ތިން ޑޮކްޓަރުން ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކުރައްވައިފިއެވެ.

މިރޭ ޤާސިމަށް ބައިއަތު ހިއްޕެވި ތިން ބޭފުޅުންނަކީ ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރ ޑޮކްޓަރ ޝައިނީއާއި ރައީސް ވަހީދު ސަރުކާރުގައި ރައީސް އޮފީހުގައި އިސް މަގާމެއް އަދާކުރެއްވި ޑޮކްޓަރ މުހައްމަދު އަލީއެވެ. ރައީސް ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވަހީދުވެސް ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކުރެއްވިއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ޤާސިމް އިބްރާހީމްގެ ރަށް މާމިގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުހައްމަދު ވަހީދު ވިދާޅުވީ ދިވެހި ރާއްޖެއަށް ކުރިއަށް އަންނަން މިއޮތް ދަތި ދުވަސްތަކުގައި ގައުމު ސަލާމަތުގެ އައްސޭރިއަށް ގެންދެވޭނެވަރުގެ ތަޖުރިބާއާއާއި ގާބިލްކަން ހުރި ހަމައެކަނި ކެންޑިޑޭޓުކަމަށް އެމަނިކުފާނަށް ފެނިވަޑައިގަތީ ޤާސިމް އިބްރާހީމް ކަމަށެވެ.

އެމަނިކުފާނު ސަރުކާރު ހިންގެވިއިރު ރާއްޖޭގެ އެއަރޕޯޓް ޖީއެމްއާރު އަތުން އަތުލުމަށް ކުރި މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެއްވީ ގާސިމްކަމަށްވެސް ވިދާޅުވިއެވެ.

ދިވެހި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެމުންދިޔަތަނަކީ އެއަރޕޯޓްކަމަށާއި ދިވެހި ރާއްޖެއަށް ގަންނަ ތެޔޮފޮދު ގަންނަނީ އެތަނުން ލިބެމުންދިޔަ އެއްޗަކުންކަމަށްވެފައި އެތަން ޖީއެމްއާރުގެ އަތްމައްޗަށް ދޫކޮށްލުމުން ދިވެހި ސަރުކާރަށްޖެހުނީ ސަރުކާރަށް އާމްދަނީއެއް ލިބުމުގެ ބަދަލުގައި ޖީއެމްއާރަށް އަހަރަކު ހަތްމިލިޔަން ޑޮލަރު ދައްކަދައްކައި ތިބެންކަމަށް ވިދާޅުވިއެވެ.

އެއަރޕޯޓް އަލުން ހޯދުމުގައި އެހެންމެ ބޮޑު އެހީތެރިކަމެއް ދެއްވީ ޤާސިމް ކަަމަށާއި ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ގެނެވުނު ބޮޑު ބަދަލުގެ އެންމެބޮޑު ހިއްސާދާރަކީ ޤާސިމް ކަމަށްވެސް ވިދާޅުވިއެވެ.

އެހެންވީމާ އެހެންޕާޓީތަކަށްބަލާއިރު އެއްވެސް ތަޖުރިބާއެއްނެތް ބޭފުޅެއްގެ އަތްމައްޗަށް ގައުމުގެ އިގްތިސާދު ހަމަޔަކަށް އަޅުވަން ދޫކޮށްލައްވަންވީތޯ ސުވާލުކުރައްވަމުން ވަހީދު ވިދާޅުވީ ޤާސިމް ރައީސްކަމަށް ވަޑައިގަންނަވަން މިހާރުވެސް މާ ލަސްވެއްޖެކަމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.