ޑރ މުއިއްޒު ދިއްދޫ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
15 Aug 2023 | 08:57
އެކަކުވެސް ވަޒީފާއިން ކަނޑައެއް ނުލާނަން، އެ ބިރު ހިތުގައި ނުބާއްވާތި: ޑރ މުއިއްޒު

މި ސަރުކާރުން ވަޒީފާދިން އެއްވެސް އާންމު ރައްޔިތަކު ވަޒީފާއިން ވަކިނުކުރާނެ ކަމުގެ ޔަގީންކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު ދެއްވައިފި އެވެ. 

ޑރ މުއިއްޒު ތިލަދުންމައްޗަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި، ހއ ދިއްދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ވެރިކަމެއްގައި އެއްވެސް ރައްޔިތަކު ވަޒީފާއިން ވަކި ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށެވެ. 

މި ސަރުކާރުން އެކި އިންތިޚާބުތަކާއި ދިމާކޮށް ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ވަޒީފާތަކަށް މީހުންނަގާކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ، އެކަން ސަރުކާރުން ކުރަމުންދަނީ އެ ކުންފުނިތަކަށް މާލީ ބުރަކަން ލިބިގެންދާނެ ގޮތަށް ކަމަށެވެ. އަދި ކުންފުނިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނަސް އެކަން "ވަރިހަމަކޮށްލައިގެން" ކަމަށެވެ. 

އެހެން ނަމަވެސް އެއްވެސް މީހަކު މިހާރު ހުރި ވަޒީފާއިން ވަކިނުކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އެއާއެކު އެމަނިކުފާނު ވިދާޅުވީ، ބޭނުންނުވާ މިންވަރަށް ވަޒީފާތަކަށް ނަގާފައިވާ ކުންފުނިތަކުން މީހުން އެހެން ދިމަ ދިމާލަށް ބަދަލުކުރަން ޖެހިދާނެ ކަމަށެވެ.

އެކަން ކުރައްވާއިރު، ރަށެއްގައި ވަޒީފާއަދާކުރާ މީހަކު ނަމަ، ވަޒީފާ އަދާކުރާ ތަން ބަދަލުވި ނަމަވެސް ރަށުގައި ހުރެގެން އަދި ހުރި ވަޒީފާއިން ލިބޭ މުސާރައިގައި މަސައްކަތް ކުރެވޭނެ އިންތިޒާމުތއް ހަމަޖައްސަވާދެއްވާނެ ކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. 

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީން ކަމަކީ އެއްވެސް މީހަކަށް އެއްވެސް ރައްޔިތަކަށް ލިބޭ ފުރުސަތަކުން އަޅުގަނޑުމެންގެ ސަރުކާރަކުން މަހުރޫމެއް ނުކުރާނަމޭ. ވަޒީފާގެ ޔަގީންކަން އަޅުގަނޑުދެން. އިރާދަކުރެއްވިއްޔާ އެއްވެސް މީހަކު ބާކީނުވާނެ، ވަޒީފާއަކުން ވަތްކެއް ނުކުރާނަން" 

ޑރ މުޙައްމަދު މުއިއްޒު

އެކަން ފާހަގަކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތައް ރައްޔިތުންނަށް ދިން ނަމަވެސް މިއަދު ތިވީ އެ ވަޒީފާތަކުގެ ބިރުދައްކައި ރައްޔިތުން ފިއްތާލާފައި ކަމަށެވެ. 

އެހެން ނަމަވެސް އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރައްވާނެ ކަމަށާއި، އަދި މުސާރަ ވެސް ކުޑަ ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ ވަޒީފާގެ ބިރުވެރިކަން އެއްވެސް ރައްޔިތަކު ހިތުގައި ނުބާއްވާ މިނިވަންކަމާއި އެކު ވޯޓު ލެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ. 

"ދަންނަވާލަން އޮތީ ވަޒީފާގެ ބިރު ނުގަންނަވާށޭ! އެ ބިރު ހިތުގައި އޮތަ ނުދެއްވާށޭ! ވަޒީފާއަކުން މީހަކު ވަތްކެއް ނުކުރާނަމޭ!"

ޑރ މުޙައްމަދު މުއިއްޒު

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.