ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ / ފޮޓޯ: އެމްޑީޕީ
ހަބަރު
15 Aug 2023 | 18:29
ފާޑުވިދާޅުވަމުންގޮސް، މުޢިއްޒު ވަޑައިނުގަންނަވާ ރަށްރަށަށް ވަޑައިގެންނެވި ކަމަށް ވިދާޅުވެ މާރިޔާ އިތުރުފުޅު ހައްދަވައިފި!

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒު، ބޮޑުތިލަދުންމަތީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ވަޑައިނުގަންނަވާ ދެ ރަށެއްގައި ދެއްކެވި ވާހަކަފުޅުތަކެއްކަމަށް ބުނެ ދޮގު ވާހަކަތަކެއް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެންޕެއިން ތަރުޖަމާނު ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ ހައްދަވައިފިއެވެ.

ރައީސް ޞާލިހު ގެ ކެންޕެއިން މެނޭޖަރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ މުޢިއްޒުއަށާ، މުޢިއްޒު ވެވަޑައިގަންނަވަމުންދާ ވަޢުދުފުޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން، ފާޑުވިދާޅުވަމުން ގޮސް، ޑރ.މުޢިއްޒު ހއ.މޮޅަދޫއަށް ވަޑައިގެންނެވިކަމަށާއި، އެ ރަށަށް ފާބާވަޑައިގަތީ ރައީސް ޞާލިހު އަޅުއްވާފައިވާ ބަނދަރަކުން ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އެ ރަށަށް ވަޑައިގެން އެ ރަށުގައި ބަނދަރެއް އަޅުއްވަން ޑރ.މުޢިއްޒު ވައުދުވެވަޑައިގެންފައިވާކަމަށާ ނަމަވެސް އެ ރަށުގައި މި ސަރުކާރުން ބަނދަރު އަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މާރިޔާ މިފަދައިން ވިދާޅުވެފައިވާއިރު ޑރ.މުޢިއްޒުގެ ދަތުރުފުޅުގައި އެރަށަށް ވަޑައިގެންފައި ނުވެއެވެ. 

އެއަށްފަހު މުޢިއްޒުގެ ކެންޕެއިންގެ ތެރެއިން ދައްކަވާ ވާހަކަފުޅުތަކަށް އިތުރަށް ފާޑުވިދާޅުވަމުން މާރިޔާ ވިދާޅުވީ މުޢިއްޒު މާރެންދޫއަށް އަރާވަޑައިގެން އެ ރަށުގައި ފުޓުބޯޅަދަނޑު އަޅުއްވާނެކަމަށާއި މަލްޓި-ޕާޕަސް ހޯލެއް ބިނާކުރައްވާނެކަމަށް ވިދާޅުވި ކަމަށެވެ. ނަމަވެސް އެ ރަށަށްވެސް މުޢިއްޒު ވަޑައިގެންފައި ނުވެއެވެ. 

މުޢިއްޒުގެ ކެންޕެއިންގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައި ނުގެންނެވޭނެކަން އޭނާ އަންނަނީ ވަޑައިގަންނަވަމުންދާ ރަށްތަކުގައި ވިދާޅުވަމުންނެވެ. އެފަދައިން ކަން ދިމާވީ، ވަގުތު ވަރަށް ބޮޑަށް ކުޑަތަން ވެފައިވާތީ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ. 

އެހެންކަމުން، ވަޑައިނުގަންނަވާ ރަށްރަށުގައި ދެއްކެވި ވާހަކަ ކަމަށް ވިދާޅުވެ މާރިޔާ ހެއްދެވި އިތުރުފުޅުތަކަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.