ޖޭއެސްސީގެ ރައީސް ހިސާން ހުސައިން (ކ)، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (މ)، އަދި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން (ވ)--ފޮޓޯ/ ރައީސް އޮފީސް
ހަބަރު
16 Aug 2023 | 13:29
ޝަރުޢީ ދާއިރާގެ ތެރެއަކަށް އަޅުގަނޑުމެން އަތެއް ނުބާނާނަން: ރައީސް ޞާލިޙް

އެމަނިކުފާނުގެ ވެރިކަމެއްގައި ޝަރުޢީ ދާއިރާއަށް އަތް ނުބާއްވާނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ އެމަނިކުފާނު އަރިއުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ރަސްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުންނެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ހާމަކުރަމުން މިއަންނަނީ، އަދި މިވޭތުވެދިޔަ ތަނުގަ މި ފަސްއަހަރު ދުވަހުގައިވެސް އަޅުގަނޑުމެން ވީ ވަޢުދުތަކާއި އެވަޢުދުތައް ފުއްދަމުން ދިޔަ ގޮތް ރަސްދޫގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ، އަދި ކުރިއަށް ރޭވިފަހުރި ކަންތައްތަކަކީވެސް ހަމަ ޤައުމަށާއި، ރަށްރަށަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތައް ރޭވިފަ ހުރި  ކަންތައްތައް، އަޅުގަނޑުމެންގެ ވާދަވެރިންވެސް ބައެއް ކަންތައްތައް އެބަ ހާމަކުރައްވާ، އެހެންނަމަވެސް އެއަކުންނެއް ނުފެނޭ މާބޮޑު ތަޞައްވުރެއް ޕްލޭނެއް އޮވެގެން ރާވާފަހުރި ކަންތައްތައްތަކެއް ކަމަކަށް" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ވާދަވެރިން ދައްކަވަނީ އަބަދުވެސް ކޮންމެވެސް މީހަކު ޖަލަށް ލާ ވާހަކަ ކަމަށާއި، އެމަނިކުފާނުގެ އެވިސްނުންފުޅު ނެތްކަމަށާއި، ކިތަންމެ ޚިޔާލު ތަފާތުވިޔަސް ކަމެއް ކުރާނީ އެކަމެއް ކުރަން އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ.

"ޝަރުޢީ ދާއިރާގެ ތެރެއަކަށް އަޅުގަނޑުމެން އަތެއް ނުބާނާނަން، މިނިވަން ކަމާއިއެކީ ޖުޑިޝަރީ ހިންގުމުގެ ބާރު މިވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ފެނިގެން ގޮސްފައިވާނީ، އަޅުގަނޑުމެންގެ ވާދަވެރިން އެންމެ ކަންބޮޑުވާ އެއްކަމަކީ އެބޭފުޅުންގެ އޭރުގެ ލީޑަރުގެ މައްސަލަ، އަޅުގަނޑު މިދެންނެވީ ރައީސް ޔާމިން ޖަލުގައި އިންނަވަން ޖެހުނު ޖެހުން  އެއީ އެބޭފުޅުންގެ ކަންބޮޑުވުމަކީ، އަޅުގަނޑުމެން އެންމެންވެސް ކަންބޮޑުވޭ އެކަމާ" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ޞާލިޙް ވިދާޅުވީ ޝަރީޢަތެއްގެ މެދު ތެރޭގައި ކަމެއް އޮންނައިރު އެއާއި ދޭތެރޭ ގޮތެއް ނިންމުމުގެ ބާރު އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެމަނިކުފާނަށް ލިބިވަޑައިގެންފައިވަނީ ޝަރުޢީ ހުރިހާ މަރުޙަލާއެއް ނިމިމުން ދެން އެއޮންނަ ޤާނޫނުގެ ތެރެއިން ކޮށްދެވެން އޮތް ކަމެއް ކޮށްދިނުމުގެ އިޚްތިޔާރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޝަރުޢީ ނިޒާމުގެ ތެރެއަށް އަތްބޭނުމަށް އެއްވެސް ބޭފުޅަކު އެމަނިކުފާނަށް މަޖުބޫރު ނުކުރެއްވުމަށެވެ. އަދި އެކަން އެގޮތައް ނުކުރައްވާނެ ކަމަށްވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އަރިއުތުރަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަށް ފަހު މާދަމާ ރައީސް އަރިދެކުނުގެ ރަށްތަކަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.