ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު-- ފޮޓޯ/ އެމްޑީޕީ
ހަބަރު
17 Aug 2023 | 11:13
އުކުޅަހު ފުލެޓް އަޅައި، ރަށް ކައިރީ ސީޕްލޭން ޕްލެޓްފޯމް އެއް އަޅައިދޭނަން: ރައީސް ޞާލިހު

ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ވެރިކަމަށް އިންތިހާބުވެ ވަޑައިގެންފި ނަމަ އއ. އުކުޅަސް ކައިރީ ސީޕްލޭން ޕްލެޓްފޯމް އެއް އަޅައި، އެރަށުގައި ފުލެޓް އަޅުއްވައި ދެއްވާނެ ކަމަށް އެމްޑީޕީީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެންޕެއިނަށް ރައީސް ޞާލިހު އއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު އުކުޅަހަށް ވަޑައިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ ކުރިއަށް އޮތް ދައުރަށް އިންތިހާބުވެ ވަޑައިގެންފި ނަމަ އެ ރަށަށް ކޮށްދެއްވާނެ ކަންކަން ހާމަކޮށްދެއްވާފައެވެ.

ރައީސް ޞާލިހު ވިދާޅުވީ، އުކުޅަހު ރައްޔިތުން އެންމެ ބޭނުންވި އެއް ކަމަކީ އެ ރަށު މަގު ހަދައި ބިން ހިއްކުން ކަމަށާ، އެކަން ބާރު ސްޕީޑްގައި މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އަޮތް ދައުރަށް އިންތިހާބުވެ ވަޑައިގެންފި ނަމަ އެ ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަން ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ފުލެޓް އަޅައިދެއްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

މީގެ އިތުރުން އުކުޅަހަށް ރައީސް ޞާލިހު ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ކަންކަމުގެ ތެރޭގައި؛

• މިހާރު ހަދަމުންދާ މަގުތަކުގެ އިތުރަށް ރަށުގެ ބާކީ ހުރި މަގުތައް ހަދައި ނިންމުން

• ކައުންސިލްގެ އައު އޮފީހާއި އެކު އޮފީސް ކޮމްޕްލެކްސް އެއް އެޅުން. 

• ބޮޑު މިސްކިތެއް އެޅުން

• ރައްޔިތުން އެދިފައިވާ ގޮތަށް އުކުޅަހު ކައިރީ ސީޕްލޭން ޕްލެޓްފޯމް އެއް އެޅުން

• ގަލަގިލި ފަޅު ހިއްކައި ޕިކްނިކް އައިލެންޑެއް ތަރައްޤީ ކުރުން

• އުކުޅަސް ހިމެނޭ ސަރަހައްދުގައި ރަނގަޅު ހޮސްޕިޓަލެއް އަޅައިދިނުން

ރައީސް ޞާލިހު ވިދާޅުވީ، އުކުޅަހުގެ ރައްޔިތުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ނިންމާނެ ނިންމުންވެސް ވަރަށް ސާފު ކަމަށެވެ. އެގޮތުން، 2018 ވަނަ އަހަރެކޭ އެއްފަދައިން އެރަށުންވެސް އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބޭނެ ކަމަށް ޔަގީން ކުރައްވާ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.