ޖޭއެސްސީގެ ރައީސް ހިސާން އާއި ހުސްނުއްސުޢޫދު
ހަބަރު
17 Aug 2023 | 15:56
ސުއޫދުގެ އުދާސްތައް ބޭރުކޮށްލައިފި: ޖޭއެސްސީއަށް ޖުޑިޝަރީއެއް ނުހިންގޭ؛ ސްޕްރީމް ކޯޓު މިއޮތީ ހުއްޓިފައި!

ދިވެހިރާއްޖޭގެ އެންމެ އިސް ކޯޓު، ސްޕްރީމް ކޯޓުގެ ހިންގުން ހުއްޓިފައިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ނުރުހުން ފާޅުކުރައްވައިފި އެވެ. 

ކޯޓުތަކުން ވަކިކުރި 10 އެޑްމިނިސްޓްރޭޓަރުންނަށް އަލުން ވަޒީފާ ދޭން އެންގި މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގެ ތެރެއިން ޖޭއެސްސީއަށް ރައްދުކުރައްވައި ފަނޑިޔާރު ސުޢޫދު ވަނީ ގިނަ ސުވާލު ތަކެއް ކުރައްވައި، ސްޕްރީމް ކޯޓަށް އިދާރީ މުވައްޒަފުން ނުނަގާތީ އޮތް ނުރުހުމާއި އުދާސްތައް ބަންޑުންކޮށްލައްވާފައެވެ. 

އެންމެފަހުން ޖޭއެސްސީގެ ގާނޫނަށް ގެނައި ބަދަލާ އެކު ސްޕްރީމް ކޯޓުގެ ދަށުން ހިންގަމުން އައި ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ވަނީ ޖޭއެސްސީގެ ދަށަށް ގެންގޮސްފަ އެވެ. އެއާއެކު ކޯޓުތަކުގެ އިދާރީ ހިންގުމުގެ ކަންކަން ވެސް މިހާރު ކުރިއަށް ދަނީ ޖޭއެސްސީގެ ބެލުމުގެ ދަށުންނެވެ.

އެކަން ޖޭއެސްސީގެ ވަކީލުންވެސް ފާހަގަކުރެއްވުމުން ފަނޑިޔާރު ސުއޫދު ވަނީ ސުޕްރީމް ކޯޓަށް ސެކްރެޓަރީ ޖެނަރަލެއް ލިބޭނީ ކޮން ދުވަހަކުތޯ ސުވާލު ކުރައްވައިފަ އެވެ. 

އަޅުގަނޑުގެ ސުވާލަކީ، ދޮޅު އަހަރު، ދެ އަހަރު ވެގެންދާއިރު, ސްޕްރީމް ކޯޓަށް ސެކެރެޓަރީ ޖެނެރަލް އަކު އައްޔަން ނުކުރެވޭ ކަމަށް ވަންޏާ، އިދާރީ މުވައްޒަފަކު އައްޔަން ނުކުރެވޭ ކަމަށް ވަންޏާ، ކިހިނެއްތޯ ކޯޓުގެ އިންޑެޕެންޑެންސް؟ އެކަން ސްޕްރީމް ކޯޓަށް އަމިއްލައަށް ނުކުރެވޭ. ކޮންބައެއްތޯ އެކަމާ ޒިންމާ އުފުލާނީ. ދޮޅު އަހަރު ދެ އަހަރު މިވަނީ ސްޕްރީމް ކޯޓަށް ސެކެރެޓަރީ ޖެނަރަލް އަކު އައްޔަންކޮށްދޭތޯ އާދޭސްކުރާތާ. މިހެން އާދޭސްކުރާގޮތަށް މިކަން ބޭއްވުންތޯ އެއީ ގާނޫނު އަސާސީ ދެކޭ ގޮތަކީ. ކޮން ނުފޫޒެއްގެ ދަށުގައިތޯ އަޅުގަނޑުމެން މި ތިބީ؟ ދެން ކޮން ވާހަކައެއް ތި ދައްކަނީ؟ މިއީ ކޮން ކަމެއްތޯ،" 

ފަނޑިޔާރު ހުސްނުއްސުޢޫދު 

ސުއޫދު ވިދާޅުވީ ރަނގަޅަށް އިދާރީ ގޮތުން ހިންގި، ކޯޓުތަކަށް މުވައްޒަފުންނަށް ގަވައިދުން ޑީޖޭއޭއަށް އައްޔަން ކުރެވޭނެ ނަމަ ބާރުތައް ނަންގަވައިގެން ތިބެން ރަނގަޅު ކަމަށާއި ނަަމަވެސް އެކަން ނުވާ ކަމަށެވެ.

"ޖޭއެސްސީ އަށް ޖުޑިޝަރީ ހިންގޭ ނަމަ ރަނގަޅު. އެކަމެއް ނުކުރެވޭ. މިތަނަށް މުވައްޒަފެއް ލެވެނީއެއް ނޫން. ދެން މި ތަނަށް އައިސް ތިބުނަނީ ތިމަންނަމެންނޭ ހިންގަނީ. ހަތް ފަނޑިޔާރުން ނޫން ބަޔަކު މިތާ ނެތް. ދެން ތިބުނަނީ ތިމަންނަމެންނޭ ޖުޑިޝަރީ ހިންގަނީ، ހިންގާނީ. އެގޮތަށޭ ޖުޑިޝަރީ ދެކެނީ. ދެން ކިހިނެއް ހަދަންވީ؟" ވަރަށް ކޯފާ އިސްކުރައްވައި ސުޢޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ސުޢޫދު ވަނީ ސްޕްރީމްކޯޓަށް އިދާރީ މުވައްޒަފުން ނުނަގާތާ ދެ އަހަރުވެގެން ގޮސްފައިވާ ކަން ތަކުރާރު ކުރައްވައި އިދާރީ އެންމެ އިސް މުވައްޒަފުން ލިބޭނީ ކޮށްއިރަކުންތޯ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން، ޖޭއެސްސީ ތަމްސީލް ކުރައްވާ ވަކީލް ފަތުހުالله އިސްމާއިލް ވިދާޅުވީ، އެކަމަށް އޭނާއަށް އެއްޗެއް ވިދާޅުވާން އުނދަގޫ ކަމަށެވެ. ނަމަވެސް، އެ ކަންބޮޑުވުން ޖޭއެސްސީއާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އެއާއެކު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވާ ފަނޑިޔާރު ސުޢޫދު ވަނީ އިދާރީ މުވައްޒަފުން ނެގުމުގެ މިނިވަންކަން ސްޕްރީމް ކޯޓަށް ނެތުމުން އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ. 

"...މި ތަން މި އޮތީ ހަމަ ހުއްޓިފައި. ހިންގުން އެއްކޮށް ހުއްޓިފައި. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ. ކޮން އިރަކުންތޯ މިއަށް އަޅުގަނޑުމެންނަށް ފަރުވާއެއް ލިބެނީ. ވިދާޅުވެދެއްވަބަލަ؟ މި ތަން ހިންގާނީ ކިހިނެއްްތޯ؟ އިދާރީ ގޮތުން މި ކޯޓު ހިންގޭކަށް، އިދާރީ ގޮތުން މި ކޯޓަށް މިނިވަންކަމެއް ނެތް މުވައްޒަފުން ލާކަށް."

ފަނޑިޔާރު ހުސްނުއްސުޢޫދު 

ފަނޑިޔާރު ވިދާޅުވީ ސުޕްރީމް ކޯޓަކީ ދައުލަތުގެ އެއްބާރު ކަމަށާއި ނަމަވެސް، ތިބެން ޖެހިފައިވަނީ "ބަޔަކު ދިނިއްޔާ ކައިގެން، ފޮތް ފަންސޫރު ބަޔަކު ދިނިއްޔާ ހޯދައިގެން" ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.