ޑރ ވަޙީދު ޖޭޕީއަށް ސޮއިކުރެއްވުން. ފޮޓޯ: ޖޭޕީ
ހަބަރު
19 Aug 2023 | 15:19
ރައީސް ޔާމިނަށް ކުރިމަތިނުލެވޭ ޙާލަތެއްގައި ޕީޕީއެމް ރިޔާސީ ޓިކެޓް ލިބޭނެކަމަށް އުންމީދުކުރިން: ޑރ ވަޙީދު

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުޤައްޔޫމަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭ ޙާލަތެއް އަތުވެއްޖެނަމަ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިލައްވާނެކަމަށް އުންމީދު ކުރެއްވެވި ކަމަށް ރާއްޖޭގެ ކުރީގެ ރައީސް ޑރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ.

ޑރ ވަޙީދު މިހެން ވިދާޅުވީ ޖޭޕީގެ ކެމްޕޭނަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ކުރައްވަމުން ގެންދަވާ ކެމްޕޭނު ދަތުރުފުޅުގައި ކުޅުދުއްފުށީގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އަޅުގަނޑު ހީކޮށްގެން ހުރީ އަޅުގަނޑަށް އެފުރުސަތު ލިބިދާނެކަމަށް، ރައީސް ޔާމިނަށް ކުރިމަތިނުލެއްވޭ ހިނދެއްގަ، ޕާޓީތެރޭގަ އޮތީ ތިން އޮޕްޝަނެއް ކަނޑައަޅާފަ، ފުރަތަމަ އޮޕްޝަންއަކީ ޕްލޭން އޭ، އެއީ ރައީސް ޔާމިން މިނިވަންވެޑައިގެން ނިކުމެވަޑައިގަތުން، ދެން އޮތީ ޕްލޭން ބީ ޕްލޭން ބީގައި އޮތީ ނުކުމެވަޑައިނުގަނެވޭ ހިނދެއްގައި ޕީޕީއެމުން އެހެން ކެންޑިޑޭޓަކު ނެރުން، ދެން އަޅުގަނޑު ހުރީ އެއުންމީދުގަ، ދެންއޮތީ ޕްލޭން ސީ، ޕްލޭން ސީގަ އޮތީ ޕްލޭން ބީ މަސައްކަތް ނުކޮށްފިއްޔާ ޕީއެންސީގެ ކެންޑިޑޭޓަކު ނެރެން، ވަގުތު ލިބުނު، ރައީސް ޔާމިން އެންގެވި ގޮތަކަށް ނޫން ކަންތައް ހިނގައިގެންދިޔައީ" ޑރ ވަޙީދު ވިދާޅުވިއެވެ.

ޑރ ވަޙީދު ވިދާޅުވީ ރައީސް ޔާމިން އެންގެވީ ދެން އެމަނިކުފާނަށް ނުކުމެވަޑައި ނުގަނެވޭނެ ކަމަށާއި، ބޮއިކޮޓް ކުރަން ގަސްތު ނުކުރައްވާ ކަމަށެވެ. އަދި ޕީޕީއެމްގެ ކެންޑިޑޭޓަކު ނެރުމަށާއި، ނުނެރެވިއްޖެނަމަ ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރައްވަން ހުންނެވި ކަމަށް ރައީސް ޔާމިން ވިދާޅުވިކަމަށް ރޭ ޑރ ވަޙީދު ވިދާޅުވިއެވެ.

ޑރ ވަޙީދު އިތުރަށް ވިދާޅުވީ 10 އަހަރު ވަންދެން ޕީޕީއެމްގައި ހުންނެވުމުންވެސް އެއްވެސް އިޚްތިރާމެއް އެއްވެސް ބަލާލުމެއް ނެތި ކަންކަން އެ ގޮތަށް ދިޔައިމަ، އެޕާޓީގައި ހުންނަވަން ނުޖެހޭނެކަމަށެވެ.

ރައީސް ވަޙީދަކީ 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުއާއި އެކު ރަނިންގމޭޓޭއްގެ ގޮތުން ވާދަކުރައްވައިގެން ރައީސް ނަޝީދު އާއި އެކު ރާއްޖޭގެ ނައިބު ރައީސް ކަން ކުރެއްވެވި ބޭފުޅެކެވެ. އެއަށް ފަހު 2012 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން އެދައުރުގެ ނިމުމާއި ހަމައަށް ރާއްޖޭގެ ވެރިއަކަށް ހުންނެވީ ޑރ ވަޙީދެވެ.

ކޮމެންޓް
ސަލްޓްނ
ފޯޗުން ފޭވާރސް ދަ ބްރޭވް އެންޑް ހޫޕޭސް ދި ކާރޑް ރައިޓް ، ޔޫހޭވް ފއިލްޑް އިންދެޓް ބިގްޓައިން ނަވް ރިޓާޔާ ގްރޭސްފުލީ
20 Aug 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.