މެންބަރު ޝަފީގު
ހަބަރު
22 Aug 2023 | 11:55
މި ފެންނަނީ ރައީސް ނަޝީދަށް ބާރުލިބޭ ކޮންމެ ފަހަރަކު ޚުދުމުހުތާރު ކަން އިތުރުވާތަން: ޝަފީގު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބާރު ލިބޭ ކޮންމެ ފަހަރަކުވެސް ދައްކަވަނީ ޚުދުމުހުތާރުކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާގައި ކޮމިޓީތައް އެކުލަވާލުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޝިފާގު ވިދާޅުވީ, މަޖިލީހުގެ ރައީސް، ނަޝީދު ޢަމަލުކުރައްވަމުންދާ ގޮތާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމަށެވެ. 

އެގޮތުން ތިންވަނަ ދައުރުގެ ޖަލްސާ އިއްޔެ ފެށިފައިވާއިރު، އެ ޖަލްސާއަށްވެސް އެޖެންޑާ ކޮށްފައި އޮތީ ނިމިދިޔަ ޖުލައި މަހުގައި ކޮށް ނިންމާފައިވާ މަސައްކަތެއް ކަަމަށް ޝަފީގު ވިދާޅުވި އެވެ. 

"ސަބަބެއް ކަމަށް މި ވިދާޅުވަނީ، އަނެއްކާވެސް ސިޔާސީ ޕާޓީއަކުން މަޖިލީހުގެ ދަފްތަރުގައި ހިމެނި ތިން މެންބަރަކު އެ ޕާޓީގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާފިއޭ. ދާއިމީ ކޮމިޓީތަކުގެ ނިސްބަތް އެބަ ބަދަލުވެޔޭ. އެހެންވީމާ ބަދަލުކުރަން އެބަ ޖެހެއޭ. މިއީ މި ދައްކަވާ ބަހަނާ އަކީ. މިކަމާހުރެ މި އޮންނަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ މަސައްކަތް ހުއްޓިފައި."

މުހައްމަދު އަބްދުالله ޝަފީގު

ޝަފީގު ވިދާޅުވީ، ކޮމިޓީތައް ހުއްޓުމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ މުއްދަތު ހަމަވީއިރުވެސް މެންބަރެއް އައްޔަން ނުކުރެވޭ ކަމަށާ، ފަަސް މެންބަރުން އެކުލެވޭ އެ ކޮމިޝަން މިހާރު ހިނގަމުންދަނީ ހަތަރު މެންބަރުންނާއި އެކު ކަމަށެވެ. ހަމަ އެހެންމެ ބްރޯޑްކާސްޓިން ކޮމިޝަންގެވެސް މަގާމު ހުސްވެ އެ މަގާމަށް މީހަކު ނުލެވިވެސް އެތައް ދުވަހެއް ވެފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އެފަދަ އެތައް ކަމެއް ކޮމިޓީތައް ހުއްޓުމުގެ ސަބަބުން ނުކުރެވިފައިވާ ކަމަށް ޝަފީގު ވިދާޅުވި އެވެ. 

މިއާއެކު ޝަފީގު ވިދާޅުވީ އެފަދައިން މަޖިލިސް ހުއްޓުވާފައި އޮތް ނަމަވެސް، މަޖިލީހުގެ ރައީސާއި، ނާއިބު ރައީސްގެ މައްޗަށް އިތުބާރު އޮތް ކަމަށް ނުވާނެ ކަމަށާ، އެ ދެ ބޭފުޅުންނަށް އިތުބާރު ނުކުރާކަމަށް ސޮއި ކުރެއްވި މެންބަރުންގެ ވިސްނުން ބަދަލު ނުވާ ކަމަށެވެ. އެހެން ކަމުން، އެ މައްސަލަ ދިގުލައި ދެންމި ނަމަވެސް އެ ދެ ބޭފުޅުންގެ މައްޗަށްވެސް އިތުބާރު އޮތް ކަމަށް ނުވާނެ ކަމަށް ޝަފީގު ވިދާޅުވި އެވެ. 

"އަޅުގަނޑުގެ އެދުމަކީ އެ މައްސަލަތައް ކުރިއަށް ގެންދިޔުން. ޚުދުމުހުތާރު ކަމާއި އެކު ރައްޔިތުންގެ މަޖިލިސް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެ ކުރާ މަސައްކަތް ހުއްޓަވާ ލައްވައި، ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގެ ތެރެއިން އެމަސައްކަތް ކުރިއަށް ގެންދަވަން. "

"އިއްޒަތްތެރި ރައީސް، އަޅުގަނޑުމެންނަށް މިފެންނަނީ ބާރުލިބޭ ކޮންމެ ފަހަރަކު، ޚުދުމުހުތާރުކަން އިތުރު ކުރައްވާތަން. އަޅުގަނޑު މި ދަންނަވަނީ މައްޗަންގޮޅީ މެދު ދާއިރާގެ މެންބަރު މަޖިލީހުގެ ރައީސް އެއްގެ ގޮތުގައި އިންނަވާ، އަމަލު ކުރައްވަމުންދާ ގޮތް." ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެން ޢަމަލުކުރައްވަމުންދާ ގޮތާއި މެދު ނުރުހުން ފާޅުކުރައްވައި ޝަފީގު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.