ރައީސް ޔާމީން
ހަބަރު
23 Aug 2023 | 10:32
ރައީސް ޔާމީންގެ މިއަދުގެ އާރަށު އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި!

މިއަދަށް ތާވަލް ކުރެވިފައިވާ، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އާރަށް އިސްތިއުނާފީ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ. 

ހައިކޯޓުން ބުނީ، މިއަދު މެންދުރު ފަހު 2 ޖަހާއިރު ބޭއްވުމަށް ތާވަލު ކުރެވިފައިވާ، ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރައްވާފައިވާ މައްސަލައިގެ އަޑު އެހުން ކެންސަލް ކޮށްފައިވާ ކަމަށާ، މި އަޑު އެހުން ކެންސަލް ކުރެވިފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އެދިވަޑައިގަތުމަށް ކަމަށެވެ. 

ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގައެވެ. އެހެން ނަމަވެސް ޝަރީޢަތް ތާވަލުނުކުރެވި ގިނަ ދުވަސްތަކެއް ވުމަށްފަހު އެ މައްސަލައިގެ އަޑުއެހުންތައް ފެށީ ޖޫން މަހުގައެވެ. 

ޖޫން މަހުގައި ފެށި އަޑުއެހުންތަކުގެ ތެރެއިން މައްސަލަ ނިންމުމަށް އަޑުއެހުމެއް ނުވަތަ ދެ އަޑުއެހުމަށް ވެފައިވަނިކޮށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާއި ގުޅިގެން އަޑުއެހުންތައް އޮތީ މެދުކެނޑިފަ އެވެ. 

އަދި އެ މައްސަލައިގެ އަޑުއެހުންތައް ޖޫން މަހުގައި މެދުކެނޑުނު ގޮތަށް އެއްވެސް އަޑުއެހުމެއް ނުބޭއްވި އޮތުމަށްފަހު، މިއަދަށް އަޑުއެހުން ތާވަލް ކުރެވިފައި ވަނިކޮށް މިއަދުވެ އަޑުއެހުންވެސް ކެންސަލްވުމާއެކު މައްސަލަ އަނެއްކާވެސް އިތުރަށް ދިގުލައިގެންދާނެއެވެ. 

މި މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ ހުރިހާ އިސްތިއުނާފީ ނުކުތާތަކެއް ހުށައަޅާ، ދައުލަތުން ޖަވާބުވެސް ދީފައެވެ. 

ދެން އޮންނާނީ މައްސަލައިގައި ދެ ފަރާތުން ފާހަގަކުރަން ހުރި އިތުރު ކަންކަން ފާހަގަކުރުމަށް ފަހު މައްސަލައިގެ ހުކުމް ހުކުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް