ރައީސް ޞާލިޙް ފައިނުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: އެމްޑީޕީ
ހަބަރު
23 Aug 2023 | 18:16
ކުރިއަށް މިދިޔައީ ވާދަވެރިންނަށް ޚިޔާލު ފާޅުކުރަން ފުރުސަތުދީގެން: ރައީސް ޞާލިޙް

ވެރިކަމުގައި ކުރިއަށް ދިޔައީ ވާދަވެރިންނަށް ފުރުސަތު ދީގެން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރ.ފައިނަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައެވެ.

ރައީސް ޞާލިޙް ވިދާޅުވީ ވޭތުވެގެން މިދިޔަ ފަސް އަހަރަކީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތް އެއްފަހަރާ ކުރެވުނު ފަސް އަހަރުގެ ގޮތުގައިކަމަށެވެ. ރައީސް ވިދާޅުވީ ކުރަން ބޭނުންވި ކަންކަން ކުރަން މުޅި ފަސްއަހަރު އެކީ ލިބިވަޑައިނުގެންނެވި ކަމަށާއި، ދައުރުގެ ތެރެއިން ކޮވިޑް އައުމުން ހުރިހާ އެންމެންގެ އަމާޒު ހުއްޓުނީ މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތައް ކަމަށެވެ. އަދި އަމާޒަކީ ދައުރުގެ ކުރިއަށް މިއޮތް ކުޑަ ދުވަސްކޮޅު ނުނިމިހުރި މަސައްކަތްތައް ފުރިހަމަ ކުރެއްވެވުން ކަމަށެވެ.

"ވޭތުވެގެން ދިޔަ ފަސްއަހަރު ވެގެންމިދަނީ މުޅިރާއްޖެގެ ވެރިކަމުގެ ތާރީޚުތަކުގައި އެންމެ ގިނަ މަސައްކަތް އެއްފަހަރާ ކުރެވުނު ފަސްއަހަރުގެ ގޮތުގައި" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

"މިމަސައްކަތްތަކާއި އެކު ކުރިއަށް ދެވުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް އަޅުގަނޑުމެންގެ އަމާޒު އެއްދިމާއަކަށް ހިފެހެއްޓުމުން، ޚިޔާލު ތަފާތުވާ މީހުން އުޅޭނެ، ސިޔާސީ ގޮތުން ވާދަވެރިންވެސް އުޅޭނެ، އެބޭފުޅުންނަށް ފުރުސަތު އޮންނަން ޖެހޭނެ، ޚިޔާލު ފާޅުކުރުމުގެ، އަދި ބަސްބުނުމުގެ ފުރުސަތު އޮންނަންޖެހޭ، އަޅުގަނޑުމެން ކުރިއަށް މިދިޔައީ އަޅުގަނޑުމެންގެ ވާދަވެރިންނަށް އެފުރުސަތު ދީގެން" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ހަލަބޮލި ކަމުގެ ތެރެއަށް ވަދެގެން އުޅުނުނަމަ ކުރވިފައި މިހިރަ ކަންކަން ނުކުރެވުނީސް ކަމަށެވެ. ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައިވެސް ޚިޔާލު ތަފާތުވާ ފަރާތްތަތަކަށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ދީގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށަށް ގޮސް އިދިކޮޅު ކެނޑިޑޭޓުން ވާނެ މާގިނަ ވަޢުދެއް ނެތް ކަމަށާއި އަސާސީ ގިނަ ކަންކަން މިހާރުމިދަނީ ފުދި ނިމެމުން ކަމަށެވެ.

ރ. އަތޮޅަށް ރައީސް ޞާލިޙް މިކުރައްވާ ދަތުރު ފުޅުގައި ރައީސް އަރިހުގައި އެމްޑީޕީ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިސް ލީޑަރުންވެސް ބައިވެރިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.