ޑރ ވަހީދު ޖޭޕީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
24 Aug 2023 | 07:16
މިއަދު އަޅުގަނޑަކީ ކާޅެއް، ނޫނީ ބާޒެއް، ކޮށްދެވުނު އެއްވެސް ކަމެއް ނެތް: ޑރ ވަހީދު

މި ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީން ހަޑި ހުތުރު ވަނަންތަކުން މުޚާތަބުކުރަމުންދާ ކަމަށާއި، މިހާރު ގައުމާއި އެ ޕާޓީތަކުގެ ހައްގުގައި ކޮށްދެވުނު އެއްވެސް ކަމެއް ނެތްފަދަ މޭރުމަކުން އަބުރު ކަތިލަމުންދާކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރުގެ ގޮތުގައި ހުންނެވުމަށް ފަހު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ޑރ މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ. 

ނ. މަނަދޫގައި އޮތް ޤާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޑރ ވަހީދު ވަނީ އެމަނިކުފާނުގެ ހަޔާތުގައި ގައުމާއި ރައްޔިތުންގެ ހައްގުގައި ކޮށްދެއްވާފައިވާ މުހިންމު މަސައްކަތްޕުޅުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި، އެމަނިކުފާނު ކުޑައިމީސްކޮށް ސިޔާސީ ޕާޓީތަކުން ދައްކަވަމުންދާ ވާހަކަތަކާއި ގުޅިގެން އަމިއްލަ ދިފާއުގައި ރައްދުދެއްވާފަ އެވެ. 

އެމަނިކުފާނުގެ ވާހަކަފުޅު ފެއްޓެވީ އެމެރިކާއިން ތައުލީމު ހާސިލުކޮށްގެން އަނބުރާ މާލެއަޑައިގެން ސިޔާސީ މަސައްކަތްޕުޅު ފެއްޓެވި ހިސާބުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވަން ފެއްޓެވުމުން އޭރުގެ ސަރުކާރުން ކުރިމަތިކުރުވި ދުއްތުރާތަކުގެ ވާހަކަ ޑރ ވަހީދު ވަނީ އެ ޖަލްސާގައި ވިދާޅުދެއްވާފަ އެވެ. އަދި އެފަހުން ރާއްޖެ ދޫކުރައްވާ ވަޑައިގަންނަވަން ޖެހުނު ސަބަބަށް ވެސް އަލިއަޅުވާލެއްވި އެވެ. 

"އަޅުގަނޑުމެންގެ ހުރިހާ ކުދިން، އަޅުގަނޑުގެ ފަރާތުގެ ކުދިންނާއި އަޅުގަނޑުގެ އަންހެނުންގެ ފަރާތުގެ ހުރިހާކުދިން ބައެއް މީހުން އަނދަގޮޑީގައި އެތައް ޒަމާނެއް ވަންދެން ބައިތިއްބާފައި ތިބި. ހައެއްކަ އަށެއްކަ އަހަރުވަންދެން ޖަލުގައި އުޅުނު. އަޅުގަނޑަށް މަޖުބޫރުވީ ރައްޔިތުންގެ މަޖިލީހުން އިސްތިއުފާދީފައި 90 ވަނަ އަހަރު ރާއްޖެ ދޫކޮށް ދާން"

ޑރ މުހައްމަދު ވަހީދު

އެކަން ފާހަގަުރައްވާ ޑރ ވަހީދު ވިދާޅުވީ ދެން އަނބުރާ ރާއްޖެ ވަޑައިގަތީ އެމްޑީޕީ އުފެއްދުމަށް ކަމަށެވެ. އެ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ޕާޓީގެ ތެރެއިން ވެސް އެމަނިކުފާނު ބޭރުކޮށްލެއްވި ކަމަށާއި، އެފަހުން އެމްޑީޕީގެ ވެރިކަމުގައި ނަޝީދުގެ އަރިހުގއި މަސައްކަތްޕުޅު ފެއްޓެވީވެސް ގައުމަށް ޚިދުމަތްކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. 

"އަޅުގަނޑު އަނބުރާ އައީ އެމްޑީޕީ އުފައްދަން.... އައިސް އެމްޑީޕީ އުފައްދާ ކޮންގްރެސް އަށް ވާދަކުރިން، އަޅުގަނޑު އޮތީ 26 ގޮފި 300 ގޮތްޕަށް އަޅުގަނޑުމެން ބަދަލުކުރިން. އެމްޑީޕީގެ އެންމެ ފުރަތަމަ މުޒާހަރާގައި އެންމެ ކުރީގައި ހުރީ އަޅުގަނޑާއި އިބްރާހިމް ހުސެއިން ޒަކީއާއި. ނަމަވެސް ކަން ދިމާވިގޮތުން އަޅުގަނޑުމެންނަށް ވަރަށް އުނދަގޫކޮށް އަޅުގަނޑުމެން އެ ޕާޓީން ވެސް ބޭރުކޮށްލީ"

ޑރ މުހައްމަދު ވަހީދު 

ނަޝީދުގެ ވެރިކަމުގައި ކުރިމަތިވި ކަންތައްތަކުގެ ތެރެއިން، އިސްތިއުފާދެއްވުމުން ވެރިކަމާއި ހަވާލުވެވަޑައިގަތީ ގާނޫނީ ހަމަތަކުގެ ތެރެއިން ކަމަށާއި، އެހެން ނަމަވެސް އޭރުވެސް ރީތި ނަންފުޅެއް ލިބިވަޑައިގެންފައި ނުވާކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. އަދި އެމަނިކުފާނުގެ ވެރިކަމަށް ޖެއްސުންކުރުމަށް އެމްޑީޕީން އެތައް ކަމެއް ކޮށްފައިވާކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. 

ޑރ ވަހީދު ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހުގައި

"21 ރޭ ވަންދެން މުޒާހަރާކޮށްގެން ރައީސް އިސްތިއުފާދެއްވީމާ އަޅުގަނޑު މި ގައުމުގެ ކަންކަމާއި ހަވާލުވީ. ހަވާލުވުމުން އަނެއްކާވެސް އަޅުގަނޑު ވެއްޖެ ބޮޑު ވާގީއަކަށް. އަޅުގަނޑު ބާގީއަކަށް ހަދާފައި މުޅި ރާއްޖޭގެ އެންމެންގެ ކުރިމަތީގައި އަޅުގަނޑު ގަން ހިންގާ، އަޅުގަނޑު އަރާހާ ރަށަކުން، ތިބޭފުޅުން ހަނދުމަފުޅު ހުންނާނެ އަޅުގަނޑު އަރާހާ ރަށަކުން އަޅުގަނޑު ފަހަތުން ދުވެ، ކާޅު ކަތިލާ، މި ހުރިހާ ސަކަރާތެއް ގަތް. އެހެންވީމަ އަޅުގަނޑު މީ އެއްވެސް ކަމެއް ކުރި މީހަކަށް ވެސް ނުވޭ. އަޅުގަނޑު އައިސްލާފަ ދިޔަ މީހެއް ދެން"

ޑރ މުހައްމަދު ވަހީދު 

އެކަންކަން ފާހަގަކުރައްވާ ޑރ ވަހީދު ވިދާޅުވީ ވެރިކަމުގައި ހުންނަވައިގެން އެމަނިކުފާނު އެ ހައްސާސް ވަގުތުގައި އަމަލުކުރެއްވީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތަށް ކަމަށެވެ. އެގޮތުން ރައްޔިތުން އެދުނު ގޮތަށް އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން ދިވެހިންގެ އެއާޕޯޓު އަނބުރާ ހޯދައިދީ، އިންޑިއާއަށް ދައްކަން ޖެހުނު ފައިސާ ދެއްކުމުގެ ކަންކަން ހަމަޖައްސައިދެއްވި ކަމަށާއި، އެއީ ގައުމީ މަސްލަހަތު އިސްކުރައްވާ ކޮށްދެއްވި ކަމެއްކަން ޑރ ވަހީދު ފާހަގަުރެއްވި އެވެ. 

"ގިނަ ބޭފުޅުން ގަބޫލުކުރާ ގޮތުގައި އަޅުގަނޑަކީ އެއްވެސް ކަމެއް ކުރި މީހެއް ނޫން. އެކަމަކު ތިޔަ ބޭފުޅުން ހަނދުމަފުޅު ހުންނާނެ، ދިވެހިރާއްޖޭގެ ވައިގެ ބަނދަރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު.. އަޅުގަނޑު ޖީއެމްއާރު އަތުން އެ އިންޓަނޭޝަނަލް އެއާޕޯޓު އަތުލީ. އޭގެ ބަދަލުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނު"

ޑރ މުހައްމަދު ވަހީދު 

ރައީސް ޔާމިނުގެ ވެރިކަމުގައި އަޅުއްވާދެއްވި ބޮޑެތި ބިނާތަކުގެ މަޝްވަރާ ފެށިގެން އައީވެސް ޑރ ވަހީދާއި ހަމައިންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސް ޔާމިނުގެ އެންމެ ބޮޑު ކާމިޔާބީކަމަށް ވާ ސިނަމާލެ ބްރިޖު އެޅުމުގެ މަޝްވަރާ ޗައިނާއާއެކު އެންމެ ފުރަތަމަ ކުރެއްވީ ޑރ ވަހީދުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދިވެސް އެ ވެރިކަމުގައި ކުރެވުނު ތަރައްގީގެ ބައެއް މަސައްކަތްތަކުގެ މަޝްވަރާ ފެއްޓުނީ ރައީސް ވަހީދުގެ ވެރިކަމާއި ހަމައިންކަން ފާހަގަކުރެއްވި އެވެ. 

ރައީސް ވަހީދު ރައީސް ޔާމިނާއި ސަލާމްކުރައްވަނީ

"އަޅުގަނޑު ހަނދާންއެބަހުރި، އަދީބުވެސް ހަނދާން ހުންނާނެ، މަރިޔަމް ޝަކީލާ ވެސް ހަނދާން ހުންނާނެ، އަޅުގަނޑު ޗައިނާއަށް ގޮސް ޗައިނާގެ ބޮޑު ވަޒީރާއި ބައްދަލުކުރި ޖަލްސާގައި ހުޅުމާލެ ބްރިޖުގެ ވާހަކަ ދެއްކީ. އެ ބްރިޖުއަޅަން އެއްބަސް ވީ، އެޖްރިމެންޓެއްގައި އަދި ސޮއި ނުކުރިޔަސް، އެ ޖަލްސާގެ ޔައުމިއްޔާގައި އޮންނާނެ އެ ވާހަކަ. ލ އަތޮޅުގެ މަގު، ރާއްޖޭގައި އޮތް އެންމެ ދިގު މަގު، 23 ކިލޯ މީޓަރު އަޅުގަނޑު އޭތި ހަމަޖެއްސީ. މިހެން ގޮސް ދަންނަވަން ވެއްޖެއްޔާ ކިތަންމެ ކަމެއް އެބަހުރި ދަންނަވަން"

ޑރ މުހައްމަދު ވަހީދު 

އެހުރިހާ ކަންކަން ފާހަގަކުރައްވާ ޑރ ވަހީދު ވިދާޅުވީ، އެމަނިކުފާނުގެ ހަޔާތުގައި ގައުމާއި ރައްޔިތުންނަށްޓަކައި އެތައް ޚިދުމަތްތަކެއް ފޯރުކޮށްދެއްވި ނަމަވެސް މިއަދު އެމަނިކުފާނު ކޮށްދެއްވި އެއްވެސް ކަމެއް ނެތްފަދަ ގޮތަކަށް ވާހަކަދައްކަވަމުން ގެންދަވާ ކަމަށެވެ.

މިއަދު އެމަނިކުފާނަކީ އެއްބަޔަކަށް "ކަޅު ކާޅަކަށް"، އަނެއް ބަޔަކަށް "ބާޒަކަށް" ވެފައިވާތީ، އަދި އެފަދައިން މުޚާތަބު ކުރަމުންދާތީ ރައްޔިތުންނަށް އެމަނިކުފާނުގެ ވާހަކަ ގަބޫލުކުރަން ދަތިފުޅުވެސް ވެދާނެ ކަމަށެވެ. 

"އަޅުގަނޑުމީ މި ގައުމަށް އެއްވެސް ޚިދުމަތެއް ނުކުރާ ކާޅަކަށް ވެފައި، ބާޒަކަށް ވެފައި، ހުރީމާ އަޅުގަނޑު ދައްކާ ވާހަކަ ތިޔައިން ބައެއް ބޭފުޅުން ގަބޫލުނުކުރުމަކީ އެކަށީގެންވާ ކަމެއް" 

ޑރ މުހައްމަދު ވަހީދު 

ޑރ ވަހީދު ވިދާޅުވީ ތަފާތު ވަނަންތަކުން ގޮވި ނަމަވެސް، އަދި ކޮށްދިން ޚިދުމަތެއް ނެތްކަމަށް ބުނި ނަމަވެސް މިއަދުވެސް ސިޔާސީ މަސައްކަތްޕުޅަށް ނިކުމެ ހުންނަވާ މި ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާހިމަށް ތާއީދުކުރައްވަން ނިންމެވީ ފަހަރެއްގައިވެސް އިތުރު ގޮތެއް ނެތިގެން ނޫންކަމަށެވެ.

އެމަނިކުފާނަށް ރާއްޖެއިން ބޭރުގައިވެސް އާއިލާއާއެކު އުފާވެރިކަމާއެކު އުޅެވޭނެ ގޮތްތައް އެބަހުރި ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ ރައްޔިތުން އުޅެން އޮތް ތަނަކީ ދިވެހިރާއްޖެ ކަމަށްވެފައި ގައުމުގެ ހާލަތު މިއަދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ވާތީ، މިއަދުވެސް އިޚްލާސްތެރިކަމާއި އެކު ކުރައްވަމުން ގެންދަަވާ މަސައްކަތްޕުޅަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތްޕުޅު ކަމަށް ޑރ ވަހީދު ވިދާޅުވި އެވެ.

އަދި އެ މަސައްކަތްޕުޅު ކުރައްވާއިރު، މީހުންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައަށް މީގެކުރިން ވެސް ބައްލަވާފައި ނުވާނެކަމަށާއި، ކުރިއަށް ވެސް އެކަންކަމަށް ފަރުވާލެއް ނުބަހައްޓަވާނެކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.