އިންނަމާދޫ ކެންޕެއިން ދަތުރުގެ ތެރެއިން--
ހަބަރު
24 Aug 2023 | 16:54
ކުރިއަށް އޮތް ދައުރުގައި، ވަޑިންނަށް ފަސޭހައިން ލޯނު ލިބޭނެ ނިޒާމެއް ގާއިމްކޮށްދޭނަން: ރައީސް ޞާލިހު

ވަޑިންނަށް ދިމާވެފައިވާ މާލީ ދަތިކަމަށް ހައްލެއް ހޯއްދަވައިދިނުމުގެ ގޮތުން އަންނަ ދައުރުގައި އެފަރާތްތަކަށް ފަސޭހައިން ލޯން  ލިބޭނެ ނިޒާމެއް ތަޢާރަފް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެންޕެއިނަށް ރ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ އަތޮޅު އިންނަމާދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ، އިންނަމާދޫ އަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ވަޑިން އެންމެ ގިނަ، ހުނަރުވެރި މަސައްކަތްތެރިން ގިނަ ރަށެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

އެހެންނަމަވެސް، ވަޑިންނަށް އެކި ދަތިތައް ހުރިކަމަށާ އެގޮތުން އިންވެސްޓެއް ފެށުމަށް ފައިސާ ހޯދަން ދަތިވުމާއި މަސައްކަތް ކުރާނެ ޖާގަ ނެތް ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ.

"ކުރިއަށް އޮތް ދައުރުތެރޭގައި އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ އެއް އަމާޒަކީ މިފަދަ މަސައްކަތްތެރިންނަށް ފަސޭހައިން ލޯނު ލިބޭނެ ނިޒާމެއް ގާއިމްކޮށްދިނުން،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު 

މީގެ އިތުރުން ސަރުކާރުގެ އެކިއެކި ސްކީމް ތަކުގައި ބައިވެރިވެގެން މަސައްކަތްތެރިންނަށް މާލީ އެހީތެރިކަން ލިބޭނެ ސިޔާސަތުތައް ކުރިއަށް އޮތް ދައުރުގައި ބައްޓަންކޮށްދެއްވާނެ ކަމަށްވެސް ރައީސް ޞާލިހު ވަޢުދުވެވަޑައިގެންނެވިއެވެ. 

މިއާއެކު ފައިބަރު މަސައްކަތް ކުރަން އެރަށް ކައިރީ އޮންނަ ފަޅުރަށް، ވަންދޫ އިން ބިން ދޫކުރަން ވަޑިން އެދެމުންދާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންވެސް ލަސްތަކެއް ނުވެ ކޮށްދެއްވާނެ ކަަމަށެވެ. އަދި އެރަށުން ބިން ދޫނުކުރެވި އޮތީ އީއައިއޭ ހެދުން ފަދަ ކަންކަން ނުނިމި ހުރުމުން ކަމަށްވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.