ރައީސް ސޯލިހްގެ މެނިފެސްޓޯގައި ހިމެނޭ "އިގްތިސާދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހު ކުރުން-- ފޮޓޯ/ އެމްޑީޕި
ހަބަރު
25 Aug 2023 | 08:16
'އިގްތިޞާދީ ބޮޑު ބަދަލަކަށް' އަންނަ ދައުރުގައި ދިވެހި އެގްޒިމް ބޭންކަކާއި އިންވެސްޓްމަންޓް ފަންޑެއް!

ދިވެހި ރާއްޖެއަށް އިގުތިސާދީ ބޮޑު ބަދަލެއް ގެނައުމަށް ދިވެހި އެގްޒިމް ބޭންކަކާއި އިންވެސްޓްމަންޓް ފަންޑެއް ގާއިމް ކުރުން ހިމެނޭހެން، ގިނަ ވައުދުތަކެއް، އެމްޑީޕީން ދެވަނަ ދައުރަކަށް ހުށަހަޅާ މެނިފެސްޓޯގައި ހިމަނައިފި އެވެ.

މާލޭ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އެމްޑީޕީގެ 'ޒަމާނަކުން އައި ޒަމާނެކޭ' ކެމްޕޭން ހަރަކާތުގެ ތެރެއިން އެމްޑީޕީީ މެނިފެސްޓޯގެ އެންމެ ފަހު ސިޔާސަތު "އިގުތިސާދީ ބޮޑު ބަދަލު" ވަނީ އިއުލާންކޮށްފައެވެ. 

"އިގުތިސާދީ ބޮޑު ބަދަލު" ސިޔާސަތު ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ؛

1. ބާރުވެރި އިގުތިސާދު

2. އިގުތިސާދީ ހަރަކާތްތަކުގައި އެންމެ ބައިވެރިވުން

3. އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާ

4. ވިލުންތެރި އިގުތިސާދު

މީގެ ފުރަތަަމަ ބައި ކަމުގައިވާ ބާރުވެރި އިގްތިސާދުގައި، ދިވެހި ކުންފުނިތަކަށް ބޭރުގެ މަޝްރޫއުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، އެކަމަށް ބޭނުންވާ ފައިނޭންސް ފޯރުކޮށްދިނުމުގެ އަމާޒުގައި، ދިވެހި އެގްޒިމް ބޭންކެއް ގާއިމްކުރުމަށް ވަނީ ހިމަނާފައެވެ.

ރައީސް ސޯލިހްގެ މެނިފެސްޓޯގައި ހިމެނޭ "އިގްތިސާދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހު ކުރުން-- ފޮޓޯ/ އެމްޑީޕި

ހަމަ އެއާއެކު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ފައިދާ އިތުރު ކުރުމަށާއި ހިންގުން ހަރުދަނާކޮށް، އާ އިންވެސްޓްމަންޓްތަކަށް ބޭރުގެ ކެޕިޓަލް ރާއްޖެއަށް ހޯދުމަށް ކުރާނެ ކަންކަން ވެސް މެނިފެސްޓޯ ގެ އެބައިގައި ވަނީ ހިމަނާފައެވެ. 

އެގޮތުން ސަރުކާރު ބައެއް ކުންފުނިތަކުގެ ހިއްސާތަކާއި ރާއްޖޭގެ އެހެނިހެން ސްޓްރެޓީޖިކް އެސެޓްތައް، ދެމެހެއްޓެނިވި ގޮތެއްގައި އޭގެން މަންފާ ކުރާނެ ގޮތަށް ނެޝަނަލް އިންވެސްޓްމަންޓް ފަންޑެއް ގާއިމްކޮށް، ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އިންވެސްޓުކުރުން ހިމެނެއެވެ. 

ރައީސް ސޯލިހްގެ މެނިފެސްޓޯގައި ހިމެނޭ "އިގްތިސާދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހު ކުރުން-- ފޮޓޯ/ އެމްޑީޕި

މީގެ އިތުރުން މިބައިގައި ހިމެނޭ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ އައިސީޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެމީހުންގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށް ނެރެ މާކެޓްކޮށް ކުރިއެރުވޭނެ ވަސީލަތްތަކާއި ނެޓްވޯކް ގާއިމުކުރުން ހިމެނެއެވެ. 

އަދި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ޖަމިއްޔާތަކުގައި ބައިވެރިވެ ދިވެހި ވިޔަފާރިތަކަށް ބޭރުގެ މާކެޓްތަކަށް ވަނުމުގެ ފުރުސަތު ފަހިކޮށްދީ ވިޔަފާރިތައް ރާއްޖެއިން ބޭރުގައި ފުޅާކުރުމަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުންވެސް މެނިފެސްޓޯ ގެ މިބައިގައި ވަނީ ހިމަނާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.