ރައީސް ސޯލިހްގެ މެނިފެސްޓޯގައި ހިމެނޭ "އިގްތިސާދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހު ކުރުން-- ފޮޓޯ/ އެމްޑީޕި
ހަބަރު
25 Aug 2023 | 08:35
އެމްޑީޕީ މެނިފެސްޓޯ: އިގްތިސާދީގޮތުން ގުޅިފައިވާ ގައުމުތަކުގެ ފައިސާއިން އެގައުމަކާ ވިޔަފާރި މުއާމަލާތް ކުރުން

އިގްތިސާދީގޮތުން ގުޅިފައިވާ ގައުމުތަކާއި އެ ގައުމެއްގެ ފައިސާއިން ވިޔަފާރި މުއާމަލާތް ކުރުން ހިމަނައި, އެމްޑީޕީން ދެވަނަ ދައުރަކަށް ހުށަހަޅާ މެނިފެސްޓޯގެ ފަހުބައި އިއުލާންކޮށްފި އެވެ.

މާލޭ ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި އެމްޑީޕީގެ 'ޒަމާނަކުން އައި ޒަމާނެކޭ' ކެމްޕޭން ހަރަކާތުގެ ތެރެއިން އެމްޑީޕީީ މެނިފެސްޓޯގެ އެންމެ ފަހު ސިޔާސަތު "އިގުތިސާދީ ބޮޑު ބަދަލު" ވަނީ އިއުލާންކޮށްފައެވެ. 

"އިގުތިސާދީ ބޮޑު ބަދަލު" ސިޔާސަތު ބަހާލާފައި ވަނީ ހަތަރު ބަޔަކަށެވެ. އެއީ؛

1. ބާރުވެރި އިގުތިސާދު

2. އިގުތިސާދީ ހަރަކާތްތަކުގައި އެންމެ ބައިވެރިވުން

3. އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާ

4. ވިލުންތެރި އިގުތިސާދު

އޭގެތެރެއިން އެކާވީސްވަނަ ގަރުނަށް މާލީ ދާއިރާގެ ދަށުން ހިމަނާފައިވާ ކަންކަމުގެ ތެރެއިން، ފަހި މާލީ ސިޔާސަތާއި ފައިނޭންޝަލް ސެކްޓަރ ރިފޯމްކުރުމަށް، ބޭރު ފައިސާ ހޯދުމަށް އޮތް ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ރާއްޖެއިން ބޭރަށް ލީކުވާ މިންވަރު މަދުކުރުން ވަނީ ހިމަނާފައެވެ. 

އަދި ރާއްޖޭގެ އިގުތިސާދު ޑީޑޮލަރައިޒްކޮށް، ވިޔަފާރީގެގޮތުން ގުޅިފައިވާ ގައުމުތަކާ އެކީ ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެގައުމެއްގެ ފައިސާއިން ކުރާގޮތަށް ހަމަޖެއްސުމަށް ވެސް ވަނީ ހިމަނާފައެވެ. 

ރައީސް ސޯލިހްގެ މެނިފެސްޓޯގައި ހިމެނޭ "އިގްތިސާދީ ބޮޑު ބަދަލު" ސިޔާސަތު އިފްތިތާހު ކުރުން-- ފޮޓޯ/ އެމްޑީޕި

މީގެ އިތުރުން މި ބައިގައި ހިމެނޭ ކަންކަމަކީ؛ 

• ދައުލަތުން ދޭ ސަބްސިޑީތައް އެފިޝަންޓްކޮށް، ހައްގުވެރި ފަރާތްތަކަށް ދެވޭ އެހީއެއްކަން ކަށަވަރުކުރެވޭގޮތަށް ސަބްސިޑީގެ ނިޒާމު ބަދަލުކުރުން

• އާސަންދައިގެ ނިޒާމުގެ ތެރެއިން ފޯރުކޮށްދެވޭ އެހީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށްގެންދެވޭ، އަދި އެކަށީގެންވާ މިންވަރުގައި ފޯރުކޮށްދެވޭކަން ކަށަވަރުކުރަން 2024 ވަނަ އަހަރު އާސަންދަ ނިޒާމުގެ ކަވަރޭޖް ބަދަލުކުރުން. އަދި ހިދުމަތްތައް ފުޅާކޮށް މޯލްޑިވިއަން އެއާރލައިނާ ގުޅިގެން މެޑިކަލް އިވެކުވޭޝަން ހިދުމަތް ފޯރޮކޮށްދިނުމަށް ޚާއްސަ އެއަރ އެމްބިއުލާންސް ތައާރަފް ކުރުން. 

• ދުނިޔޭގެ މާކެޓްތަކަށް އަންނަ ޝޮކްތަކުގެ ސަބަބުން ދިމާވާ އިގުތިސާދީ ހީނަރުކަމުން ފަރުދުންނާއި ވިޔަފާރިތައް ރައްކާތެރިކުރުމަށްޓަކައި މާލީ އަދި އިގުތިސާދީ ސިޔާސަތުތަކަށް ބަދަލުގެނެސް ސޭފްޓީ ނެޓެއް ޤާއިމުކުރުން

• ދެމެހެއްޓެނިވި ފިސްކަލް ސްޓްރެޓެޖީއެއްގެ ދަށުން ދައުލަތުގެ އާމްދަނީ އިތުރުކޮށް ޚަރަދުކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކޮށް މެދުރާސްތާގައި ބަޖެޓް ޑެފިސިޓް ބޮޑުތަނުން ކުޑަކޮށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު ކުޑަކުރުން. ބަޖެޓް ޑެފިސިޓް ކުޑަކޮށް ދައުރު ނިމެންވާއިރަށް ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރު 80% އަށް ކުޑަކުރުން. 

• ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ޚަރަދުތައް ހިފަހައްޓާ އެކްސްޗޭންގ ރޭޓް ޕްރެޝަރ ކުޑަކުރުމުގެ ގޮތުން، ރިނުވަބަލް އެނަރޖީ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، ސްޕެޝަލައިޒް ހެލްތްކެއަރ، އަދި އެގްރިކަލްޗަރ ފަދަ ދާއިރާތަކަށް އިންވެސްޓްކުރުން

• ދައުލަތުގެ ދަރަނީގެ ސްޓޮކްގެ ރިސްކް ކުޑަކުރުމުގެ ގޮތުން އެވްރެޖް މެޗުރިޓީ މިހާރަށް ވުރެ އިތުރުކޮށް، ހެޔޮ އަގުގައި ދައުލަތުގެ ދަރަނި ފައިނޭންސްކުރުން

• މާލީ ދާއިރާގެ ވާދަވެރިކަން އިތުރުކުރުމަށް ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.