މިއަދުގެ ބައްދަލުވުމުގެ ތެރެއިން--
ހަބަރު
26 Aug 2023 | 16:34
މުޢިއްޒުގެ ވެރިކަމުގައި ޓެކްސީ ޑްރައިވަރުންގެ ދަފުތަރެއް ހަދައި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ދެނީ!

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ ވެރިކަމެއްގައި، ޓެކްސީ ޑްރައިވަރުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރުގައި ހިމެނޭ ޑްރައިވަރުންނަށް ވަކި އިންސައްތައެއް ކަނޑައަޅައި ސޯޝަލް ހައުސިންގައި ފްލެޓް ލިބޭ ފަރާތްތަކުގައި ހިމަނުއްވާނެ ކަން އިއުލާން ކުރައްވައިފިއެވެ. 

ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި ރިޔާސީ ކެންޑިޑޭޓު ޑރ މުއިއްޒު ވަނީ ބައްދަލުކުރައްވާފަ އެވެ. 

އެ ބައްދަލުވުމުގައި ޑްރައިވަރުންގެ ކަންބޮޑުވުންތައް އައްސަވައި އެކަމާއި ގުޅޭގޮތުން މުޢިއްޒުގެ ވެރިކަމެއްގައި ގެންގުޅުއްވާނެ ސިޔާސަތުތައް ވަނީ ހާމަކުރައްވާފައެވެ. 

އެގޮތުން މުއިއްޒު ވިދާޅުވީ، ޓެކްސީ ޑްރައިވަރުންނަށް ކަންކަން ކޮށްދިނުމަށް ސަރުކާރަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމީހުންގެ ދަފުތަރެއް އެކުލަވާލެވިފައި ނެތުން ކަމަށާ، އޭނާގެ ވެރިކަމެއްގައި އެކަން ކުރައްވާނެ ކަމަށެވެ. 

"ވަޒީފާއެއްގެ ގޮތުގައި ކެޓަގަރައިޒްކޮށް، ރަސްމީ ގައުމީ ދަފުތަރެއް އުފައްދައި އޭގައި ރަޖިސްޓްރީ ވީމަ ގާނޫނީ ހައިސިއްޔަތު ލިބޭ ދަފުތަރަކަށް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.

މުޢިއްޒު ވިދާޅުވީ އެ ދަފުތަރު އެކުލަވާލުމުން ޓެކްސީ ޑްރައިވަރުންނަށް ގިނަ ޚިދުމަތްތަކެއް ފަސޭހަކަ ކަމާއިއެކު ލިބި، ސޯޝަލް ހައުސިން ސްކީމްތަކާ އަދި ހައުސިން ލޯނުތައް ނެގުމުގެ ފުރުސަތު ވެސް ފަހިވެގެން އަންނާނެ ކަމަށެވެ.

"މި ދެންނެވި ހާއްސަ ދަފުތަރު ތިބޭފުޅުންގެ އުފައްދާ ކަމަށް ވަންޏާ، އޭގެ ތެރެއިން ވަރަށް ފަސޭހަވެގެން އަންނާނެ ކުރިއަށް ހުރި، އަޅުގަނޑުމެންގެ ސަރުކާރެއްގައި ހައުސިން ސްކީމްތައް ތައާރަފުކުރާ އިރުގައި، އޭގެ ތެރެއިން ރިކޮގްނައިޒް ކުރެވިގެން ޓެކްސީ ޑްރައިވަރުންނަށް ވަކި ޕަސެންޓޭޖެއް ކަނޑައަޅަން.. ތިބޭފުޅުންނަށް [ޓެކްސީ ޑްރައިވަރުންނަށް] ވެސް އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ވިސްނުމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ކެޓަގަރީއެއް ކަނޑައަޅައި ނުވަތަ ވަކި ޕަސެންޓޭޖެއް ކަނޑައަޅެޅުން ސޯޝަލް ހައުސިންގައި ފްލެޓް ލިބޭ ފަރާތްތަކުގައި ހިމަނަން"

ޑރ. މުހައްމަދު މުޢިއްޒު 

މިއަދުގެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަކަކުރީ ޕާކު ކުރާނެ އެކަށީގެންވާ ޖާގައެއް މާލެ ސަރަހައްދުން ނުލިބޭ މައްސަލައެވެ. އަދި ޕާކު ކުރާނެ ތަންތަން ނުދައްކާ ސްޓިކާ ޖަހާ މައްސަލައެވެ. 

ޕާކިން މައްސަލައިގެ އިތުރުން ގަރާޖުގައި ވެހިކަލް ރަޖިސްޓްރީ ކުރުމަށްޓަކައި މިހާރު އަމަލުކުރަމުންދާ އުސޫލުގެ ސަބަބުން ވަރަށް ބޮޑު ތަކުލީފެއް އުފުލަން ޖެހޭކަމަށް ބައެއް ޓެކްސީ ޑްރައިވަރުން ފާހަގަކުރިއެވެ. އަދި އެކަންކަން ހައްލުކޮށްދެއްވުމަށް ޑރ މުއިއްޒަށް ހުށައެޅި އެވެ. 

އެވާހަކަ ތަކާއި ގުޅިގެން ޑރ މުއިއްޒު ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވެރިކަމެއްގައި އެ މައްސަލަ ޙައްލުކޮށްދެއްވާ ޕާކިން އިމާރާތްތަކެއް މާލޭގައި އަޅުއްވާދެއްވާނެ ކަމަށެވެ. 

"އެގްޒެކްޓްލީ 6 ބިލްޑިންގ މާލޭގެ އެކި ސަރަހައްދުގައި އަޅަން އަޅުގަނޑުމެން މިހާރު ހުރިހާކަމެއް ނިންމާފަ މިހުރީ. 4 ފްލޯ ހިމެނޭހެން ހަދާފައި އޭގެން 1 ފްލޯ އެއްކޮށް ކަނޑައެޅީ ޓެކްސީތަކަށް. ގާތްގަނޑަކަށް 400 ވަރަކަށް ޓެކްސީ ބޭއްވޭނެ އެއް ފްލޯގައި އެކަނި. އެހާ ބޮޑު އިމާރާތެއް. އެމްއައިބީ އާއި ބައެއް ބޭންކުތަކާއި ވާހަކަދައްކައިގެން ލޯނު ވެސް ހަމަޖެއްސިން... އެކަމަކު ނުދިން ބިމެއް. ބިން ވަކިކުރީ.. ސިޓީ ކައުންސިލްގެ އިހުތިޞާސް ހިނގާބިމެއް، އެކަމަކު ސަރުކާރަށް އާދޭސް ދަންނަވައިގެން ވެސް ނުދިން ބިމެއް. ދަންނަވަން މި އުޅެނީ އަޅުގަނޑުމެން ވެރިކަމަށް ކުރިމަތިލައިގެން މި އުޅެނީ އަޅުގަނޑުމެންގެ ވެރިކަމެއްގައި މި މައްސަލަތައް ޙައްލުކޮށްދޭން ވެގެންނޭ" 

ޑރ. މުހައްމަދު މުޢިއްޒު 

ޕާކިން މައްސަލައިގެ އިތުރުން ގަރާޖު ސިޓީގެ މައްސަލައަކީ ވެސް ޓެކްސީ ޑްރައިވަރުންނަށް ވަރަށް ބޮޑު ތަކުލީފަކަށް ވެފައިވާ ކަމެއްކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ.

ޑރ މުއިއްޒު ވިދާޅުވީ ގަރާޖެއްގައި ވެހިކަލް ރަޖިސްޓްރީ ކުރުމަށް މިހާރު އޮންނަ އުސޫލަށް ބަދަލުގެނެސް، ވެހިކަލް ބޭއްވޭނެ ޖާގަ ހޯދައިދީ އެއީ ގަރާޖެއްގެ ގޮތުގައި ހެދޭ ގޮތަށް އުސޫލު ބަދަލުކުރާނެ ކަމަށެވެ. އޭރުން ގަރާޖު ސިޓީ ހޯދަން އުފުލަންޖެހޭ ތަކުލީފު ނުއުފުލާ، ފަސޭހައިން އެކަން ކުރެވޭނެކަމަށް ޑރ މުއިއްޒު ވިދާޅުވި އެވެ

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.