19 Feb 2019 | 07:51
''ކެޗްއަޕް ފުޅިއެއްހެން ސަންޗޭޒްގެ ފޯމް ރަނގަޅުވާނެ"

މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީގެ ތަރި ސަންޗޭޒްގެ ފޯމް ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ ކަމުގައި އިންޓެރިމް ކޯޗް އަދި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ޝޯލްޝާ ބުނެފިއެވެ.

2018 ވަނަ އަހަރުގެ ޖަނަވަރީ މަހު އާސެނަލް ދޫކޮށް ޔުނައިޓެޑައި ގުޅުނު ސަންޗޭޒްއައި ބެހޭ ގޮތުން ވާހަކަ ދައްކަމުން ޝޯލްޝާ ބުނީ އޭނާ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއް ކަމަށެވެ. ސަންޗޭޒްގެ ފޯމައި ބެހޭގޮތުން މިސާލު ޖަހަމުން ޝޯލްޝާ ބުނީ ކެޗްއަޕް ފުޅިން ސޯސް ނާންނަ ފަހަރުތައްވެސް އަންނާނެ ކަމަށައި ސޯސް އަންނަ ފަހަރު ވަރަށް ގިނައިން އަންނާނެ ކަމުގައެވެ. 

މިމޭރުމުން ޝޯލްޝާ ވާހަކަ ދައްކާފައިވަނީ އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ޔުނައިޓެޑް، ޗެލްސީއައި ދެކޮޅަށް ނުކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެފްއޭ ކަޕްގެ ފައިނަލުގައި ހުރިހާ ޓީމްތަކަކުންވެސް ކުޅެން ބޭނުންވާނެ ކަމަށައި ވެމްބްލީގައި 1999 ވަނަ އަހަރު ނިއުކާސަލް އެމުބާރާތުގެ ފައިނަލުގައި ބަލިކުރި ހަނދާނަކީ އޭނާ ވަރަށް ގަޔާވާ ހަނދާނެއް ކަމުގައިކަމަށްވެސް ޝޯލްޝާ ބުނެފައިވެއެވެ.

ޔުނައިޓެޑައި ގުޅުނު ފަހުން އަނިޔާގެ ގިނަ މައްސަލަތެކެއް ދިމާވެ ފޯމް ގެއްލިފައިވާ ސަންޗޭޒްއަށް އެޓީމަށް މިހާތަނަށް ކާމިޔާބުކޮށްދެވިފައިވަނި އެންމެ ފަސް ގޯލެވެ. އޭނާވަނީ ޔުނައިޓެޑް އެންމެ ފަހުން ޗެންޕިއަންސް ލީގުގައި ޕީއެސްޖީއައި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ދަށް ކުޅުމުގެ ސަބަބުން ސަޕޯޓަރުން އަދި ފާޑުކިޔުންތެރިންގެ ނުރުހުމުގެ އަމާޒަކަށްވެފައިކަން ފާހަގަކޮށްލެވެއެވެ.

ހަތަރު އަހަރައި ހަ މަސް ދުވަހަށް ޔުނައިޓެޑަށް ސޮއިކުރި ސަންޗޭޒްއަށް އަހަރަކު 14 މިލިއަން ޕައުންޑް މުސާރައިގެ ގޮތުގައި އެ ކްލަބުން ދޭ ކަމުގައި އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.