ޖޭޕީގެ އަރި އަތޮޅު ކެންޕެއިން ދަތުރުގެ ތެރެއިން--ފޮޓޯ/ ޖޭޕީ
ހަބަރު
26 Aug 2023 | 23:06
ގާސިމް ފިޔަވައި އިތުރު ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ގެންނަން ވިސްނަންވީވެސް ކީއްވެތޯ: ޑރ. ވަހީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ފިޔަވައި އެހެން އެއްވެސް ކެންޑިޑޭޓަކު ވެރިކަމަށް ގެނައުމަށް ދިވެހި ރައްޔިތުން ވިސްނަންވީވެސް ކީއްވެތޯ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ސުވާލުކުރައްވައިފި އެވެ.

ރިޔާސީ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީގެ ލީޑަރާއި ޓީމުން އދ. ދިގުރަށަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރުމުގެ ގާބިލްކަން ނެތް މީހަކަށް އެ މަގާމު ދީފި ނަމަ ކަންކަން ވާނެގޮތް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް މިހާރު އެނގޭނެ ކަމަށެވެ. އަދި އެހެން ދެވަނަ ފަހަރަށް ވާން، ދިވެހި ރައްޔިތުން ބޭނުން ނުވާނެ ކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ. 

މިއާއެކު ޑރ. ވަހީދު ވިދާޅުވީ، ގާސިމަކީ ހުރިހާ ގޮތަކުންވެސް ރަނގަޅު، މަސައްކަތްތެރި އަދި ތަޖުރިބާކާރު ބޭފުޅެއް ކަމަށެވެ. 

އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނަން އެބަހުރި، ގާސިމް އަކީ ހުރިހާ ރޮނގަކުން ވެސް، ގައުމަށް ބޭނުންވާ ހުރިހާ ރޮނގަކުން ވެސް، މަސައްކަތް ކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެއް. އެކަން (ވެރިކަން) ކުރުމުގެ ގާބިލުކަން އެބަހުރި އެބޭފުޅާގެ. އެ ދެން ކީއްވެގެންތޯ އަޅުގަނޑުމެން އެހެން ބޭފުޅަކަށް ވިސްނަންވެސް ޖެހެނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ހަގީގަތުގައި މިފަހަރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ގެންނަން ވިސްނަންޖެހޭ އެހެން އެއްވެސް ކެންޑިޑޭޓެއް ނެތް. 

ޑރ. މުހައްމަދު ވަހީދު

ޑރ. ވަހީދު ވިދާޅުވީ، އެމަނިކުފާނު ވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި 2 އަހަރެއްހާ ދުވަހު ހުންނެވި ކަމަށާ، އެއީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި "އެއީ ކޮންމެ ކޮންމެ މީހަކު ކުރަން އުޅޭ ވަރުގެ ކަމެއް ނޫން" ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން ވެރިކަން ކުރުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވިދާނެ ކަމެއް ކަމަށް ހީކޮށްގެން ނުވާނެ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ. 

އަޅުގަނޑަށް ޔަގީން، ގާސިމް އެކަން ( ވެރިކަން ) ކޮށްދެއްވަން ހުރިއްޔާ ގާސިމް ވަރުގެ ބޭފުޅެއް ނެތް ކަން. މިހާރު (ގާސިމް) ވަނީ ކުރިމަތި ލާފައި. އޭގެ މާނަ އަކީ ގާސިމް ހުންނެވީ އެކަން ކޮށްދެއްވާށޭ. އެހެންވީމާ އެކަމާ ކުރިމަތިލާފައި ހުރީމާ، އަޅުގަނޑުމެން ޖެހޭނެ އެކަމަށް ޝުކުރުވެރިވާން. އަޅުގަނޑުމެން ޝުކުރުވެރި ވުމަކީ ގާސިމަށް އަޅުގަނޑުމެން ވޯޓު ދިނުން. 

ޑރ. މުހައްމަދު ވަހީދު

އެހެން މ، ޖުމްހޫރީ ޕާޓީގެ އިތުރުން ހުރިހާ ޕާޓީއެއްގެ ބޭފުޅުންވެސް، އެ އެންމެހައި ކަންކަމާއި މެދު ވިސްނަވާ، ގާބިލު ބޭފުޅަކަށް ވޯޓު ދެއްވުމަށް ޑރ. ވަހީދު ވަނީ އެދިލައްވާފައެވެ. 

ކޮމެންޓް
އހމދ
މީނަ ޕޯޑިއަމް ތަކަށް ނާރުވާށޭ
27 Aug 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.