ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ހަބަރު
27 Aug 2023 | 16:00
ދިވެހިންގެ ރާއްޖެ ހޯދަން ދަންނަ ހަމައެކަނި މާލިމީ އާއި މިވަނީ ވަކިކޮށްލާފައި: އަބްދުއްރަހީމް

ރާއްޖޭގައި ހުރީ ދިވެހިންގެ ރާއްޖެއެއް ހޯދަން ދަންނަ އެންމެ މާލިމީއެއް ކަމަށާއި އެ މާލިމީ އާއި ދިވެހިންނާ ވަނީ ވަކިކޮށްލައިފައި ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވެއްޖެވެ. 

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި މިއަދު ގދ މަޑަވެއްޔަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

އަބްދުއްރަހީމު ވިދާޅުވީ ދިވެހިންގެ ރާއްޖެ ހޯދަން ދަންނަ ހަމައެކަނި މާލިމީ ގެންގޮސް މިއަދު އޮތީ ޖަލުގެ ކުޑަ ގޮޅީގައި ބާއްވައިފައިކަމުގައެވެ. 

އެހެންކަމުން ދިވެހިންގެ ރާއްޖެ ހޯދަން ފެށި ދަތުރު ފަށަން ޖެހިފައިވަނީ މާލިމީއެއް ނުލައި ކަމުގައި ވިދާޅުވެ އަބްދުއްރަހީމު ވިދާޅުވީ، ކުރަމުން ދަނީ ހަގީގަތުގައި ވަރަށް އުނދަގޫ، ދަތި، އަނދިރި އަދި އެހާމެ ކޮޅިގަނޑުތައް ގިނަ ދަތުރެއް ކަމުގައެެވެ.

އެހެންނަމަވެސް މީގަ އަޅުގަނޑުމެންނަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ އަޅުގަނޑުމެންގެ މި ދިވެހިންގެ ރާއްޖެ ހޯދަން މި ދަތުރު ފެށި ނައުގެ ފަޅުވެރިންނަކީ، ވަރަށް ހިތްވަރުގަދަ ބައެެއް

އަބްދުއްރަހީމް އަބްދުالله 

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ މި އޮޑީގެ ފަޅުވެރިން ތިބީ ގަދަ ވަޔާއި އެއްވަރާއި ވައިގައި ދަތުރުކުރުމަށް ތައްޔާރަށް ކަމުގައެވެ. 

މީގެ އިތުރުން އަބްދުއްރަހީމް ވަނީ އެ ފަޅުވެރިންގެ ދިން ހިތްވަރުން ހިތްވަރު ލިބިގެން މިހާ ހިސާބަށް އައި އިރު ދިވެހިންނަން ދިވެހިންގެ ރާއްޖޭގެ މަލަމަތި ފެންނަން ފަށައިފިކަމުގައެވެ. 

އަބްދުއްރަހީމުގެ ވާހަކަފުޅުގައި ވިދާޅުވީ ދިވެހިންގެ ކުރިއަށް އޮތް 12 ވަރަކަށް ދުވަސްތެރޭގައި އެ ނައު ބަނދަރުކުރާނީ އަމާންކަމާއެކު ދިވެހިންގެ ރާއްޖޭގެ އައްސޭރިއަށް ކަމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ހަފްތާ ބަންދުގައި އީފާހުގެ ހެލްޕް ޑެސްކެއް ހުޅުމާލޭގައި ގާއިމްކޮށް ހިދުމަތްދެނީ
މި ހެލްޕް ޑެސްކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ދެ ދުވަހަކަށް ބަހައިލައިގެންނެވެ.
08 Oct 2026
ޖިނާއީ ކުށެއް ނުފެނުނު, ކުރީގެ ފަނޑިޔާރު މަހާޒުގެ މައްސަލަ ވެސް ފައިލްކޮށްފި
ފުލުހުން ބުނެފައިވަނީ، މަހާޒާ ދެކޮޅަށް ހުށަހެޅުނު މައްސަލައިގައި ލިބިފައިވާ ހެއްކާއި ގަރީނާ ދިރާސާކުރުމުން، ޖިނާއީ ކުށެއް ހިނގި ކަމަށް ބެލެވެން ނެތް ކަމަށެވެ. ޕީޖީ އޮފީހުން ވެސް ދައުވާ ނުކުރަން ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގާފައިވެއެވެ.
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ވިއެޓްޖެޓުން ޑިސެމްބަރުގައި ވިއެޓްނާމުން މާލެއަށް ސީދާ ދަތުރުތައް ފަށަނީ
ޑިސެމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ކޮންމެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެއްގައި މި ދަތުރުތައް ކުރާ ގޮތަށް ރާވައިފައިވާ އިރު، ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ ބޯޓެވެ.
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ސައުދީ އެއާޕޯޓުތަކަށް ހޫތީން ދިން ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
މި މަހުގެ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު އަދި ހޫތީން ވަނީ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް ރިޔާޒުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަމަލާ ދީފައެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.