ގާސިމް މަންމާފުޅު ފަސްދާނުލެވިފައިވާ ތަނަށް ޒިޔާރަތްކުރައްވައި ދުޢާ ކުރައްވަނީ-- ފޮޓޯ/ ޖޭޕީ
ހަބަރު
27 Aug 2023 | 15:55
ދިއްދޫ އަށް ވަޑައިގެން ފުރަތަމަވެސް ގާސިމް ޒިޔާރަތްކުރެއްވީ މަންމާފުޅު ފަސްދާނުލެވިފައިވާ ތަނަށް!

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އުފަން އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު އުފަން ރަށް އދ. ދިއްދޫއަށް ވަޑައިގެންފިއެވެ.

އއ ދިއްދުއަކީ ގާސިމް އިބްރާހިމް މަންމާފުޅުގެ ރަށެވެ. އެމަނިކުފާނު އުފަންވެވަޑައިގެންނެވީ އެ ރަށުގައެވެ. އަދި މަންމާފުޅު އަވަހާރަވުމާ ޖެހެންދެންވެސް ގެންގުޅުއްވީ އެރަށުގައެވެ.

ދިއްދުއަށް ވަޑައިގަތުމަށްފަހު ގާސިމް އިބްރާހިމް އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ އެމަނިކުފާނުގެ މަންމާފުޅު ފަސްދާނުލެވިފައިވާ ތަނަށެވެ. މަންމާފުޅުގެ މަހާނައަށް ޒިޔާރަތްކުރައްވާ މަންމާފުޅަށް ހެޔޮ ދުއާކުރެއްވިއެވެ.

ގާސިމް މަންމާފުޅު ފަސްދާނުލެވިފައިވާ ތަނަށް ޒިޔާރަތްކުރައްވަނީ-- ފޮޓޯ/ ޖޭޕީ

މަންމާފުޅުގެ މަހާނަ ކައިރިއަށް ޒިޔާރަތް ކުރެއްވުމަށްފަހު، ދިއްދޫ ރައްޔިތުންގެ އަރިހަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މުހާތަބްކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވަނީ އުފަންވި ރަށަށް އަދި މަންމާފުޅުގެ ރަށަށް އައުމުން އުފާވެރި އިޚުސާސްތަކެއް ކުރެވޭ ކަން ފާހަގަކުރައްވާފައެވެ.

އަދި ތުއްތު އިރާއި ގުޅިގެން ހަނދުމަ ހުންނެވި ވާހަކަތައް ހިއްސާ ކުރައްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނު އުފަންވެ މަންމާފުޅު ނިޔާވުމާއި ހަމައަށް ދިއްދޫގައި ދިރިއުޅުއްވި ކަމަށެވެ. އަދި މަންމާފުޅު ނިޔާވުމުން މާމާފުޅު އައިސް އެމަނިކުފާނު މާމިގިއްޔަށް ގެންދެވީ ކަމަށް ވިދާޅުވި އެވެ. 

"ވިހައިގެން 39 ދުވަސް ވަންދެން މިރަށުގައި ދިރިއުޅެން ދިމާވި. އެއީ އަޅުގަނޑުގެ މަންމަ މަރުވަންދެން. އެއަށްފަހު މާމިގިއްޔަށް އަޅުގަނޑުގެ މާމަ އައިސް އަޅުގަނޑު ގެންދިޔައީ."

ގާސިމް ވިދާއަޅުވީ ކުޑައިރުގެ އެދުވަސްވަރުގެ ވާހަކަ ތައް އެމަނިކުފާނުގެ މާމާފުޅުގެ ފަރާތުންނާއި އެހެންގާތްތިމާގެ ބޭފުޅުންގެ ފަރާތުން އަޑުއިވިލެއްވުމުން އެދަތި ނިކަމެތި ދިރިއުޅުއްވުމުގެ އަސަރާއިއެކު އެމަނިކުފާނަށް ވަރަށް ފުން އަސަރުތަކަކާއި އިހުސާސްތަކެއް ކުރުވާ ކަމަށެވެ.

ގާސިމް މަންމާފުޅު ފަސްދާނުލެވިފައިވާ ތަނަށް ޒިޔާރަތްކުރައްވަނީ-- ފޮޓޯ/ ޖޭޕީ

ގާސިމް ވިދާޅުވީ ދިއްދޫގައި އެމަނިކުފާނާއި އާއިލީގޮތުން ގުޅުން ނޯންނަ މީހެއް މަދުވާނެ ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް އެރަށުން ފުރިހަމަ ތާއީދު ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ އެމަނިކުފާނަށް ވޯޓުދޭންވީ އެނޫންވެސް ގިނަ ސަބަބުތައް ހުރިކަމަށެވެ. 

އެގޮތުން ގާސިމް ވިދާޅުވުމަކީ މިނިވަންކަމާއި ޤައުމުގެ އިސްތިގްލާލް ހިމާޔަތްކުރުމަކީ ހުރިހާ ރައްޔިތުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމަށެވެ. ގާސިމް ވިދާޅުވީ އިންޑިއާ އާއި ގާތްގުޅުން ކެނޑިގެން ދާން އެއްވެސް ރައްޔިތަކު ބޭނުމެއް ނުވާނެކަމަށާއި ނަމަވެސް އިންޑިއާގެ އަޅުވެތިކަމަށް ދިއުމަކީ އެއަށްވުރެ ނުރައްކާތެރި ނިކަމެތި ހާލަތެއްކަމަށްވުމާއެކު އެހާލަތަށް ގައުމު ގެންދިޔައީ ގައުމުގެ ވެރިންގެ ގައްދާރުވުމާއެކު ކަމަށެވެ.

އެހެންކަމުން މިހާލަތުން އަރާގަތުމުން ހުރިހާ ރައްޔިތުން އެކީ މަސައްކަތް ކުރަންޖެހޭ ކަމަށް ގާސިމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.