ޤާސިމް ޖޭޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
28 Aug 2023 | 16:47
ނަން ނުވިޔަސް ރައްޔިތުންނަށްޓަކައި އެންމެ ބޮޑު ރިސްކު ނެގީ އަޅުގަނޑު: ޤާސިމް

ނަން ނުވިޔަސް ރައްޔިތުންނަށް ފަހި ދިރިއުޅުމެއް ހޯދައިދިނުމަށް އެންމެ ބޮޑު ގުރުބާނީއެއް ވީ ބޭފުޅަކީ އެމަނިކުފާނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް އިބްރާހިމް އެފަދައިން ވިދާޅުވެފައި ވަނީ އއ އަތޮޅަށް އެމަނިކުފާނު ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި، ބޮޑުފުޅުދޫއަށް ވަޑައިގެން ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ނެވެ. 

ޤާސިމްގެ ވާހަކައިގައި ވަނީ ރާއްޖޭގައި މީގެ އަހަރުތަކެއް ކުރިން ރައްޔިތުން އަސާސީ ޚިދުމަތްތައް ނުލިބިގެން އުޅެމުންދިޔަ ދަތި ހާލަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން ސިއްހީ ޚިދުމަތުގެ ފެންވަރު އޭރު ދަށްވުމާއި، އެކަށީގެންވާ ފަރުވާތައް ލިބެން ނެތުމުގެ ސަބަބުން މާބަނޑު އަންހެނުންނާއި ކުޑަކުދިން ދުނިޔެ ދޫކޮށްފައިވާކަން ގާސިމް ފާހަގަކުރެއްވި އެވެ. އަދި ބޮޑެތި ބަލަތަކަށް ފަރުވާ ހޯދޭނެ ގޮތެއް ނެތުމުގެ ސަބަބުން ވެސް އެތައް ބަޔަކު ނިޔާވެގެން ދިޔަކަން ފާހަގަކުރެއްވި އެވެ. 

"މާބަނޑު އަންހެނުން އެނދަށް އަރާ ނުވިހިގެން މައިމީހާއާއި ދަރިފުޅާއި މަރުވެގެން އެބަދޭ. ތުއްތު ކިތައް ކުދިން ތޯ މަރުވެގެން ދިޔައީ؟ ކޮންމެ މީހަކަށް ބައްޔެއް ޖެހުނީމާ، ކޮންމެ ކަހަލަ ބައްޔެއް ނަމަވެސް.. ވާނުވާއެއް ނޭނގޭ. މަރުވެގެންދާތަން ފެންނަނީ"

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް

އެކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ މިހާރު އެކަންކަން މާޒީވެ ހިނގައްޖެ ކަމަށެވެ. މިއަދު ދިވެހިންގެ ހާލަތު އެތައް ތަނެއް ކުރިއަރާ ގޮސްފައިވާއިރު، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނީ ސަރުކާރުތަކުން ނޫން ކަމަށާއި، އެ ކަމަށްޓަކައި އެންމެ ބޮޑު ރިސްކެއް ނަންގަވައިގެން މަސައްކަތްޕުޅު ކުރެއްވި ބޭފުޅަކީ އެމަނިކުފާނުކަމަށް ޤާސިމް ވިދާޅުވި އެވެ. 

"ކީއްވެގެންތޯ އެކަން އެ ވަނީ؟ އެވަނީ އަޅުގަނޑުމެން ކުރި މަސައްކަތް މިއަދު ވެރިކަމުގައި ތިބި މީހުންނެއް ނޫނޭ އެ މަސައްކަތް ކުރީ އެންމެ ބޮޑު ރިސްކު ނަގައިގެން. އަޅުގަނޑުމެން އެކަން ކުރީ.. މިއިންނެވި ޑރ ވަހީދާއި އަޅުގަނޑާއި ރައީސް ނަޝީދުވެސް އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވާ. އެކަމަކު އެންމެ ބޮޑު ރިސްކެއް ނަގައިގެން އެންމެ ބޮޑު އަނިޔާލިބިގެން އެންމެ ބޮޑަށް އިސްކޮށް ހުރެގެން އެކަން ކުރި މީހަކީ އަޅުގަނޑު. ނަން ނުއްވަކަސް ކަންކުރި މީހަކީ އަޅުގަނޑު"

ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް

އެ ވާހަކައާއި ގުޅުވާ ޤާސިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވާއިރު ރައްޔިތުން އެކަންކަމަށް ވަރަށް ފުންކޮށް ވިސްނާ ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.