ޑރ ވަހީދު ޖުމްހޫރީ ޕާޓީ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޖޭޕީ
ހަބަރު
28 Aug 2023 | 19:03
ޤާސިމަކީ ރައްޔިތުންގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައިދޭނެ މީހެއް: ޑރ ވަހީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަކީ ރައްޔިތުންގެ މުދަލާއި ފައިސާ، އަމާނާތްތެރިކަމާއެކު ބަލަހައްޓައިދެއްވާނެ ފަރާތެއް ކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ އއ ތޮއްޑޫގައި ބޭއްވި ޤާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން ޑރ ވަހީދު ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދީ، ގައުމަށް ހެޔޮ ބަދަލު ގެނެސްދިނުމަށް ޤާސިމް އިބްރާހިމް އިސްލާހީ މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާތާ ގާތްގަނޑަކަށް 50 އަހަރު ވެއްޖެ ކަމަށެވެ. 

އެ މުއްދަތުގެ ތެރޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ އިތުރުން ދައުލަތުގެ ޒިންމާދާރު މަގާމުތައް ވެސް ޤާސިމް ފުރުއްވާފައިވާކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޑރ ވަހީދު ވިދާޅުވީ މިއަދު ގައުމަށް އެންމެ ބޭނުންވަނީ އެންމެ ތައުލީމީ، ނުވަތަ އެންމެ ޒުވާން ރައީސެއް ނޫން ކަމަށެވެ. އަދި ގައުމަށް ބޭނުންވަނީ ރައްޔިތުންގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާދެއްވާނެ ފަދަ ބޭފުޅެއް ކަމަށާއި، ޤާސިމް އިބްރާހިމަކީ އެފަދަ ބޭފުޅެއްކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. 

"މިއަދު އަޅުގަނޑުމެންނަށް ބޭނުންވަނީ އެންމެ މަތީ ތައުލީމު ހާސިލްކޮށްފައި ހުރި މީހާއެއް ނޫން. އެންމެ އާ މީހެއް ވެސް ނޫން. އެންމެ ޒުވާން މީހެއް ވެސް ނޫން. އަޅުގަނޑުމެންނަށް ބޭނުންވަނީ އަޅުގަނޑުމެންގެ އަޅުގަނޑުމެންގެ މުދާ، އަޅުގަނޑުމެންގެ ފައިސާ އަމާނާތްތެރިކަމާއި އެކީގައި ބަލަހައްޓައިދޭނެ މީހަކު ބޭނުނަވަނީ. ބޮޑެތި ދަރަނިތަކުން ސަލާމަތްކޮށްދޭނެ މީހަކު ބޭނުންވަނީ. އެއީ ޤާސިމް ފަދަ ބޭފުޅެއް"

ޑރ މުހައްމަދު ވަހީދު ހަސަން މަނިކު

ޑރ ވަހީދު ވިދާޅުވީ އެމަނިކުފާނަކީ ކުރު މުއްދަތަކަށް ނަމަވެސް ދިވެހިރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅެއް ކަމަށެވެ. އެހެންކަމުން ވެރިކަމަށް ގެންނަން ޖެހޭ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކާއި، އެމީހެއްގެ ކިބައިގަން ހުންނަން ޖެހޭ ގާބިލުކަން އެނގިވަޑައިގަންންވާކަމަށް ވިދާޅުވި އެވެ. 

އެގޮތުން އެހެން ބަލާނަމަ ޤާސިމް އިބްރާހިމަކީ ވެރިކަމަށް ގެނައުމަށް ކުފޫ ހަމަވާ ބޭފުޅެއް ކަމަށާއި، އެމަނިކުފާނަކީ ގައުމު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށް ޖެއްސެވޭނެވަރުގެ ގާބިލުކަން ހުރި ބޭފުޅެއްކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނު ޤާސިމްގެ އަރިހުގައި މަސައްކަތްޕުޅު ކުރައްވަން ނިންމެވީ ވެސް ގައުމު މިހާރު މިއޮތް ހާލަތުން ނަގާ ކޮޅަށް ޖެއްސެވޭނެ ހަމައެކަނި ލީޑަރަކީ ޤާސިމް ކަމަށް ވެފައި ޤާސިމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ވަފާތެރި ބޭފުޅަކަށް ވާނެތީކަމަށް ޑރ ވަހީދު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.