ފާރިސް މައުމޫން--ފޮޓޯ/ ދެން
ހަބަރު
29 Aug 2023 | 21:27
އެންމެ ކެންޑިޑޭޓެއް ބައިވެރިވިޔަސް ބަހުސް ބާއްވަން ޖެހޭނެ؛ އެއީ ޕީއެސްއެމްގެ ޒިންމާއެއް: ފާރިސް

ދަޢުލަތުގެ މީޑިއާ(ޕީއެސްއެމް) އާއި ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ގުޅިގެން ކޮންމެ ރިޔާސީ ދައުރަކާއި ދިމާކޮށް ކެންޑިޑޭޓުންގެ މެދުގައި ބާއްވަމުން އަންނަ ރިޔާސީ ބަހުސްގައި އެންމެ ކެންޑިޑޭޓެއް ބައިވެރިވެވަޑައިގެންނެވި ނަމަވެސް، އެ ބަހުސް ބޭއްްވުމަކީ ޕީއެސްއެމް ގެ ޒިންމާއެއް ކަމަށް، ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ބައިވެރިވަޑައިގަންނަވާ، ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ. 

އަންނަ ހުކުރު ދުވަހުގެ ރޭ 21:00 އިން 23:00 އަށް ބޭއްވުމަށް ނިންމާފައިވާކަން އިއުލާން ކުރެވުނު ޕީއެސްއެމް ގެ ރިޔާސީ ބަހުސް ކެންސަލް ކުރިކަން އަންގައި ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބާއި ގުޅިގެން ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ތަފާތު ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ އެ ދުވަހުގައި ބާއްވަން ތައްޔާރުވަމުންދިޔަ ޕީއެސްއެމްގެ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތުމުންނާއި، އިންތިހާބަށް ވަގުތު ކުޑަތަންވެފައި ވުމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވާނެކަމެއް ކަމަށް ދެކޭ ކަމަށެވެ. 

އެހެންކަމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ފެންނާތީ، އެ މީޑިއާއިން ގަސްތުކުރަނީ މިހާރު ވެސް ބަހުސެއް ރާވާފައިވާ ފަރާތަކާއި ގުޅިގެން ބަހުސް ކުރިއަށް ގެންދިއުމަށް ކަމަށްވެސް ޕީއެސްއެމްގެ ބަޔާނުގައި ވެއެވެ.

އެގޮތުން ސަންގު ޓިވީން ބައްވާ ބަހުސްގައި ޕީއެސްއެމުން ޕާޓްނަރ ވެގެން ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ވަމުންދާކަމަށް ބެސް ހާމަކޮށްފައި ވެއެވެ. ނަމަވެސް ސަންގު ޓީވީގެ ބަހުސްގައި އަމިއްލަ ކެންޑިޑޭޓުންނަށް ބައިވެރިއެއް ނުވެވެއެވެ. 

މިކަމާއި ގުޅިގެން ފާރިސް ކުރެއްވި ޓްވީޓެއްގައި ވަނީ، ޕީއެސްއެމްގެ އެ ނިންމުން ބަދަލު ކުރުމަށް އެ އެދިލައްވާފައެވެ. 

ފާރިސް ވިދާޅުވީ، ކެންޑިޑޭޓުންގެ މެނިފެސްޓޯ އާއި ސިޔާސަތުތައް ބަހުސެއްގެ ސިފާގައި ފެނިގެން ދިޔުމަކީ، އެ ވޯޓުލާ ރައްޔިތުންގެ ހައްގެއް ކަމަށެވެ. 

އަހަރެންގެ ވައުދުތައް އެހެން ކެންޑިޑޭޓުންގެ ވައުދުތަކާއި، ފޭސް ޓު ފޭސްކޮށް ތިބެގެން އަޅާކިޔާލަން ބޭނުންވޭ. ބަހުސްގައި އެއްވެސް ކެންޑިޑޭޓަކު ބައިވެރިވާން ބޭނުން ނުވުމަކީ އެ ކެންޑިޑޭޓެއްގެ ކަމެއް. ބަހުސް ގައި އެންމެ ކެންޑިޑޭޓެއް ބައިވެރި ވިޔަސް އެ ބަހުސް ބޭއްވުމަކީ ޕީއެސްއެމްގެ ޒިންމާއެއް. 

ފާރިސް މައުމޫން

ޕީއެސްއެމް އިން ބަހުސް ކެންސަލް ކުރަން ނިންމާފައިވަނީ،  އެ ރޭ އެމްޑީޕީގެ “އުފާވެރި މާލެ“ ގެ ނަމުގައި އިވެންޓެއް ބާއްވާތީ، އެ ޕާޓީން ބަހުސް ފަސް ކޮށްދިނުމަށް އެދިފައިވާ ދަނޑިވަޅެއްގައެވެ. 

އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ޕީއެސްއެމަށް އަމާޒުވަމުން އަންނަ އިރު، މީގެ ކުރިންވެސް އިންތިހާބުގެ ކެންޕެއިން ކަންކަން ކުރިއަށް ގެންދަމުން ދިޔަ އިރުވެސް މި ބަހުސް ކެންސަލް ކޮށްފައެއް ނުވެއެވެ. އެގޮތުން، 2018 ވަނަ އަހަރު އެންމެ ކެންޑިޑޭޓަކާއި އެކުވެސް އެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.