އައްޑޫ ސިޓީ މަރަދޫފޭދޫގައި ހިންގި މާރާމާރީގެ މައްސަލައިގެ އަޑުއެހުން-- ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
31 Aug 2023 | 13:07
ރޮމުން، ކޮއްކޮ ކިޔައިދިނީ ބޭބެ މަރާލިގޮތް: "މިއީ ދައްކަން ފަސޭހަ ވާހަކައެއް ނޫން"

އައްޑޫސިޓީ މަރަދޫފޭދޫގައި ހިންގި މާރާމާރީއެއްގައި މަސްތުގެ ޙާލަތުގައި ހުރެގެން އެއްބަނޑު އެއްބަފާ ބޭބެއަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލިކަމަށް ހުސެއިން މަވާޒް އިޢްތިރާފް ވެއްޖެއެވެ.

މިމައްސަލައިގެ ދަޢުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެނގޮސްފައިވަނީ ދައުވާއަށް ޖަވާބުދާރީ ވުމެވެ. މިމައްސަލައިގެ ދައުވާ އިއްވައި މީގެ ކުރިން ވަނީ ދައުވާ ސާފު ކޮށްދީފައެވެ.

މިއަދުގެ އަޑު އެހުމުގައި ދައުވާ ލިބެ މުވާޒް ވާހަކަދައްކަމުން ބުނެފައިވަނީ އޭނާ އެކަމަށް އިޢްތިރާފް ވާ ކަމަށާއި ބޭނުންވަނީ ވީހާވެސް ކުޑައަދަބެއް ކަމަށެވެ. އަދި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ މައްސަލައިގެ ތަހްޤީޤަށް ދީފައިވާ އިޢްތިރާފުގެ ބަޔާނާއި އެއްގޮތައް ކަމަށެވެ.

އިތުރަށް މަވާޒް ބުނެފައިވަނީ އެވާހަކަތަކަކީ ދައްކަން އުނދަގޫ ވާހަކަތަކެއް ކަމަށެވެ.

މަވާޒްގެ މައްޗަށް ކޮށްފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް މުޙައްމަދު ވަނީ މަވާޒްގެ އިޢްތިރަފަކީ ސައްޚަ އިޢްތިރަފެއްތޯ ބެލުމަށްކުރަން ޖެހޭ ސުވާލުތައް ކުރައްވައިފައެވެ.

އެސުވާލުތަކަށް މަވާޒް ޖަވާބު ދާރީ ވެފައިވަނީ ރޮމުންނެވެ.

އެ ކަންތައް ހިނގައިދިޔަ ގޮތް ކިޔައިދެމުން އޭނަ ބުނެފައިވަނީ އެކަން ހިނގައިދިޔައީ 31 މެއި 2023 ގައި ކަމަށެވެ. އަދި އެރޭ އޭނާއާއި އޭނާގެ ބޭބެ ރެސްޓޯރެންޓެއްގެ ތެރެއިން ދިމާވި ކަމަށާއި އެތަނުން ބޭބެގެ ފޯނު ނަގައިގެން ގެންދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.

އަދި އޭގެ ފަހުން މަސްތުވާ ބާވަތެއް ކަމުގައިވަ ބޮގަރު ބަލައި ގެއަށް ދިޔަ ކަމަށާއި ގެއަށް ދިޔަ ވަގުތު ބޭބެ ފޯނާއި މެދު ސުވާލު ކުރިކަމަށެވެ. އަދި ފޯނުގެ ސިމް އާއި އެކު ފޯނު ވިއްކާލި ކަމަށް އޭނާ ބުނުމުން މައްސަލަ ގޯސްވެ ދެމީހުންގެ ދެމެދުގައި މާރާމާރީއެއް ފެށުނު ކަމަށް މަވާޒް ބުނެފައިވެއެވެ. އޭނާ ހުރީ އޭރުވެސް ރާބޮއެ މަސްތުވެގެން ކަމަށް ޝަރީޢަތުގެ މަޖިލީހުގައި އެނާ އިޢްތިރާފް ވެފައި ވެއެވެ.

މަވާޒް ބުނެފައިވަނީ އޭނާ އެނާގެ ބޭބެއަށް ހަމަލާދިނީ ތިން އިންޗި ބައި ދިގު މިންހުރި ކަތުރެއްގެ ތިލައަކުން ކަމަށާއި، ހަމަލާ އަމާޒުވީ ވާއަތު ކަރާއި ދިމާލުން ތިރިއަށް މެއަށްކަމަށެވެ.

މަވާޒް ބުނެފައިވަނީ އެކަންކަން ހަނދާނުގައި އެބަހުރިކަމަށެވެ. އޭނާ ބުނީ އޭނާގެ މަންމަ އައިސް އޭނާގައިގައި ތަޅަންވެސް ތެޅި ކަމަށާއި ކުރެވުނު ކަންތަކާއި މެދުގައި ބިރެއް އިޙްސާސް ކުރެވުނު ކަމަށެވެ.

މަވާޒް ބުނީ އޭނާގެ ބޭބެ ނިޔާވިކަން އެނގުނީ އޭގެ ހާދިސާ ހިނގި ދުވަހުގެ އަނެއް ދުވަހު ކަމަށާއި، ބޭބެގެ ގަޔަށް އަޅަން ލޭ ބޭނުންވެގެން އުޅުނު ވަގުތު ލޭ ހޯދުމުގެ މަސައްކަތްވެސް ކުރި ކަމަށް އޭނާ ބުނެފައިވެއެވެ.

މަވާޒް  ބުނެފައިވަނީ  އޭނާގެ ރައްޓެއްސަކު ބޭބެ ނިޔާވި ވާހަކަ ބުނުމުން ހަތަރު ފަހަރު ސުވާލު ކުރެވުނު ކަމަށެވެ. އެ ޚަބަރު ލިބުމުން އަމިއްލައަށް މަރުވާން ބޭނުންވެ އެވާހަކަ ބުނިކަމަށްވެސް މަވާޒް ބުނެފައިވެއެވެ.

މީގެއިތުރުން މަވާޒް ބުނެފައިވަނީ އޭރު އޭނާގެ ބައްޕަ ގުޅައިފައި އޭނާއަށް މަޢާފްކުރި ކަމަށް ބުނި ކަމަށާއި މަވާޒް ގަސްދުގައި މީހަކު ނުމަރާނެ ކަން އެނގޭ ކަމަށް ބައްޕަ ބުނި ކަމަށް މަވާޒް ބުންޏެވެ.

މައްސަލައިގެ އަޑު އެހުމުގެ ތެރެއިން ދައުލަތުން ވަނީ މި މައްސަލައިގައި އޭނާއާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމެއް ކޯޓަށް ހުށައަޅާފައެވެ.

މަވާޒްގެ މައްޗަށް 2019 ވަނަ އަހަރު ކުރި ރޭޕްކުރިކަމުގެ ކުށުގެ ދައުވާއެއް ސާބިތުވާކަމަށް 13 އޯގަސްޓު 2023ގައި ވަނީ ކްރިމިނަލް ކޯޓުން ޙުކުމެއް އައިސްފައެވެ. އެކަމާ ގުޅިގެން އޭނާގެ އަދަބުގެ ދަރަޖަ މަތިކޮށްފައިވާއިރު، ދައުލަތުން ވަނީ އިއުތިރާފާއި، ކުށް ހިނގާދިޔަ ގޮތަށް ބަލާއިރު، އޭނާގެ މައްޗަށް ކަނޑައަޅަން ދައުލަތުން އެދޭ އަދަބާ ގުޅޭ ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ.

އެގޮތުން މަވާޒްގެ އިޢުތިރާފު އެއްބަސްވުން ބަލައިގަންނަ ޙާލަތުގައި އޭނާގެ މައްޗަށް އަންނާނީ 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މައްސަލައިގައި މަވާޒް ތަމްސީލް ކުރައްވާ ވަކީލް ވިދާޅުވީ އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވުމާއި، ތަހުޤީޤަށް އެއްބާރުލުން ދީފައިވުމާއި، އެކަންކަމަށް ބަލާއިރު، އޭނާއަށް ލުއި އަދަބެއް ދޭން ދިފާއުން އެދޭ ކަމަށެވެ.

 ހެކި ހޯދުމަށްވެސް ފުލުހުންނަށް ފަސޭހަވެގެން ދިޔައީ އޭނާ ދިން އެއްބާރުލުމާއި އެކުގައިކަމަށާއި، ކަތުރު އޮތްތަންވެސް ދެއްކީ އޭނާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ.

އިޢުތިރާފު އެއްބަސްވުން ދަމަހައްޓަން ބޭނުންވޭތޯ މަވާޒާއި ގާޒީ ސުވާލުކުރެއްވަމުން ގާޒީ ވިދާޅުވީ، އިޢުތިރާފު އެއްބަސްވުމާއެކު ކުރިއަށްދާން ބޭނުންވާނަމަ، ކަނޑައެޅޭނީ އެ އެއްބަސްވުމުގައި އޮތް އަދަބެއް ކަމަށެވެ.

އެއަށްފަހު އަވަސްނިޔާގެ އަޑުއެހުމެއް ކުރިއަށް ގެންދަވައި ގާޒީ ވަނީ އޭނާ ވެފައިވާ އިޢުތިރާފަކީ ސައްޙަ އިޢުތިރާފެއްކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ގާޒީ ވިދާޅުވީ، އަދަބު ކަނޑައެޅުމަށްޓަކައި އިޢުތިރާފު އެއްބަސްވުން ދަމަހައްޓަން ބޭނުންވާކަން ނުވަތަ ނޫންކަން ދެން އޮންނަ އަޑުއެހުމެއްގައި އަންގަންވާނެ ކަމަށާއި، އެއަށްފަހު އަދަބާ ގުޅޭގޮތުން ދައްކަން ހުރި ވާހަކައެއް ދެއްކެވުމަށް ފުރުސަތު ދެއްވުމަށްފަހު ޙުކުމް ކުރައްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.