ކުރެންދޫގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
31 Aug 2023 | 16:43
އަޅުގަނޑުމެން އަނިޔާވެރިކަން ބަދަލުކުރަން ބޭނުންކުރީ ވޯޓު: ރައީސް ޞާލިޙް

މެދު ނުކެނޑި 6 އަހަރު އަނިޔާވެރިކަމާއި ދެކޮޅަށް މަގުމަތީގައި އަޑުއުފުލުމަށް ފަހު 2018 ވަނަ އަހަރު އަނިޔާވެރިކަން ބަދަލުކުރަން ބޭނުންކުރީ ރައްޔިތުންނަށް ލިބިފައިވާ އެންމެ ބޮޑު ހައްޤު ވޯޓު ކަމަށް ރައީސް އިބަރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޅ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުރެންދުއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްގެ ވާހަކަ ފުޅުގައި ވަނީ ރާއްޖެގެ ސިޔާސީ މަސްރަޙަށް ގެނެވުނު ބަދަލުގައި ކުރެންދޫގެ ރައްޔިތުން ބައިވެރިވެފައިވާ ގޮތުގަ ވާހަކަ ދައްކަވައި އެރަށުގެ ރައްޔިތުންނަށް ތަޢުރީފު ކުރައްވައިފައެވެ. އަދި އިސްލަޙީ މަސައްކަތް ތަކުގެ ފެށުން އައިގޮތާއި އެކަންކަން ކުރެވެމުން ދިޔަ ގޮތުގެ ހަނދާންތައް އާކުރައްވައިފައިވެއެވެ.

އެންމެ ފުރަތަމަ ރާއްޖޭގައި އިސްލާޙީ މަސައްކަތްތައް ފެށި 2008 ގެ އިންތިޚާބު ކާމިޔާބު ކުރެވި އަނެއްކާ ވެރިކަން ވެއްޓިގެން ދިޔުމުންވެސް އެމްޑީޕީ ސާބިތު ކަމާއި އެކު އިސްލާޙީ މަސައްކަތުގައި ކުރިއަށް ދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި އެއަށް ފަހު 2013ގެ އިންތިޚާބާއި ކުރިމަތިލީވެސް އަނިޔާވެރިކަން މަތީގައި ތިއްބައި ކަމަށާއި އެ އިންތިޚާބުގައި 3 ފަހަރަށް ވޯޓު ލާން ޖެހި ނާކާމިޔާބުވުމުން އަނިޔާވެރި ކަމާއި ދެކޮޅަށް ގާތްގަނޑަކަށް 6 އަހަރު މަގުމަތީގައި ހޭދަ ކުރެއްވި ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"އެނުކުތް ގޮތައް މެދުނުކެނޑި ހަ އަހަރު މަގުމަތީގައި ތިބެ 2018 ވަނަ އަހަރު އަޅުގަނޑުމެން ވޯޓުން އަނިޔާވެރިކަން ބަދަލު ކުރީ، މިއަދުވެސް އަޅުގަނޑުމެން ކަންކުރާނީ އެހެން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަކީ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް ރައްޔިތުންނަށް ލިބިފައި އޮތް އެންމެ މުހިންމު ހައްޤު ބޭނުން ކުރާ މީހުން" 

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ޞާލިޙް ވިދާޅުވީ މިއަހަރު މިބޭއްވޭ އިންތިޚާބު އެމްޑީޕީ ކޯލިޝަނުން ކާމިޔަބު ކޮށް ދެވަނަ ދައުރަކަށް ދާނީ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްގެން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ކުރެންދޫ ރައްޔިތުން ދަތުރުދާނެ ރަށަކާއި އެކު ރަށުގެ ތަރައްޤީ އާއި ގުޅޭ ވަޢުދުތަކެއް ވެވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ ކުރެންދޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަސް ހައްލެއް ގެނައުމަށް އެޅުމަށް ހަމަޖެހިފައިވާ 50 ހައުސިންގެ ޔުނިޓްގެ އިތުރަށް  ރައްޔިތުން އެދިފައިވާ ގޮތައް އިތުރު 50 ހައުސިންގޔުނިޓް އަޅުއްވައިދެއްވާނެ ކަމަށެވެ.

އަދި އެރަށުގައި ގާއިމް ކުރެވެމުންދާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމުމުން އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހަދައިދީ ފެން ހިންދާ ނިޒާމް ގާއިމް ކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތުގައި އަދި އިތުރަށް ކުރަންޖެހޭ ކަންކަން ހުރުމުން، އެކަންކަންވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސްކޫލަށް ބޭނުންވާ 12 ކްލާސް ރޫމް އަޅައިދިނުމާއި، ޒުވާނުންބޭނުންވާ ގޮތައް ކުޅިވަރުކުޅޭ އިންޑޯ ކޮމްޕްލެކްސްއެއް ފެސިލިޓީ ތަކާއި އެކު އަޅައި ދެއްވާނެ ކަމަށާއި، ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށް ވޭސްޓް މެނޭޖްމަންޓް އަޕްގްރޭޑްކޮށް ދެއްވާނެ ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.