ޑރ ޝަހީމު ނައިފަރު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ހަބަރު
01 Sep 2023 | 12:46
ސަރުކާރު ބައިކުރަން ޖެހުމަކީ ސަރުކާރު ރަނގަޅަށް ނުހިންގޭ ސަބަބު: ޑރ ޝަހީމު

މަލްޓިޕާޓީ ޑިމޮކްރަސީ ރާއްޖެއަށް ތަޢާރަފުވި ފަހުން އުފެދުނު ސަރުކާރުތައް ރަނގަޅަށް ނުހިންގި، ރާއްޖޭގެ ސިޔާސީ ހަމަޖެހުން ގެއްލުމުގެ އެންމެ ބޮޑު ސަބަބަކީ ސަރުކާރު ބައިކުރަން ޖެހުންކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ. 

ޑރ ޝަހީމު މިފަދައިން ވިދާޅުވެފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުގިސް އެއްބުރުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒު އިންތިޚާބުކުރުމަށް ގޮވާލާ ނައިފަރުގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ޑރ ޝަހީމު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހިނގާފައިވާ ކަންތައްތަކަށް ބަލާއިރު، އަދި ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގެއްލި ސަރުކާރުތަކަށް އެކަށީގެންވާ ގޮތެއްގައި ޚިދުމަތްތައް ފޯރުކޮށްނުދެވި ސަރުކާރު ނުހިންގޭ ސަބަބުތަކަށް ބަލާއިރު، އެކަން އެފަދައިން ވަނީ އަންނަ ކޮށްމެ ސަރުކާރަކަށް ސަރުކާރު ބައިކުރަން ޖެހުމުގެ ސަބަބުން ކަމަށެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވާއިރު 2008 ވަނަ އަހަރުން ފެށިގެން އުފެދުނު ކޮންމެ ސަރުކާރެއް ވެސް އުފެދުނީ ގިނަ ޕާޓީތަކެއް އެކުވެ ކޯލިޝަން ހަދައިގެންނެެވެ. އެހެން ނަމަވެސް ތަފާތު ސަބަބުތަކާއި ހުރެ ވަކި ހިސާބަކުން ކޯލިޝަން ރޫޅާލަން ޖެހެއެވެ. ކޯލިޝަނާއެކު ވެރިކަމަށް އައިސް ކޯލިޝަން ދެމެހެއްޓި ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުކަން ފާހަގަކޮށްލެވެއެވެ. 

އެހެން ނަމަވެސް، ކޯލިޝަން ޕާޓުނަރުންނަށް ވީ ވައުދުތައް ނުފުއްދާ ވާހަކައާއި، ސަރުކާރުގެ ހިންގުން ދޯހަޅިވެފައިވާ ވާހަކަތައް ކޯލިޝަން ޕާޓުނަރުން ދަނީ ދައްކަމުންނެވެ. އަދި ވެރިކަން ބަދަލުކުރަން ޖެހޭކަމަށް ކޯލިޝަންގައި ތިބި ބައެއް ބޮޑެތި ޕާޓީތަކުން ބުނަމުންދާއިރު، މި ރިޔާސީ އިންތިޚާބުގައި އެ ޕާޓީތައް ވަކިން ނިކުމެ ވާދަކުރަމުންދާކަން ވެސް ފާހަގަކޮށްލެވެ އެވެ. 

އެކަންކަމަށް ރިއާޔަތްކޮށް ޑރ ޝަހީމު ވިދާޅުވީ ވެރިކަން ހަވާލުކުރައްވަން ވާނީ ކަމަށް ޤާބިލު، ތައުލީމީ ހުނަރުވެރި ޓީމަކަށް ކަމަށެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބަށް ބަލާލާއިރު ވެރިކަމަށް އެންމެ ޤާބިލު ޓީމު އޮތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައިކަން ޑރ ޝަހީމު ފާހަގަކުރެއްވި އެވެ. އަދި އެމަނިކުފާނުވަނީ ގިނަ ބުރުތަކަށް މި އިންތިޚާބު ދިގު ދެންމުގެ ބަދަލުގައި އެއްބުރުން ޑރ މުއިއްޒު އިންތިޚާބު ކުރުމަށް އެދިވަޑައިގެންފަ އެވެ. 

ޑރ ޝަހީމު ނައިފަރު ޖަލްސާގައި ވާހަކަދައްކަވަނީ

"މީ ކީއްކުރަން ދެވަނަ ބުރަކަށް ދާން ޖެހޭ އިންތިޚާބެއް މީ؟ މީ ދެވަނަ ބުރަކަށް ދާން ޖެހޭ އިންތިޚާބެއް ނޫނޭ. ތިޔަބޭފުޅުން ބައްލަވާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ވިސްނާ ވަޑައިގަންނަވާ، ފިކުރު ހިންގަވާ.. ބައްލަވާ އަޅުގަނޑުމެން 2008 އިން ފެށިގެން މި ކުރި ތަޖުރިބާ.. މި ތަނުގައި މި އޮތް ޕޮލިޓިކަލް ސްޓެބިލިޓީއާއި ދޭތެރޭ ވިސްނާ ވަޑައިގަންނަވާ.. އެއްވެސް ސަރުކާރަކަށް ގައުމު ހިންގާކަށް ފުރުސަތެއް ނުލިބޭ ސަރުކާރު ބަހާލަން ޖެހުމުގެ ސަބަބުން"

ޑރ މުހައްމަދު ޝަހީމު އަލީ ސައީދު 

ޑރ ޝަހީމު އިތުރަށް ވިދާޅުވީ މި ޤައުމުގެ މިސްރާބު ރަނގަޅުކުރެވޭނެ ހަމައެކަނި ބޭފުޅަކު ޑރ މުއިއްޒު ކަމަށެވެ. އެހެންކަމުން މި އިންތިޚާބުގައި ޑރ މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް ޒުވާނުންނާއި، ދޮށީ އުމުރުގެ ބޭފުޅުންނާއި، ކަމުވޮށިގެންވާ ފަރާތްތައް މަސައްކަތްކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށާއި، މި ގައުމު އޮޔާދާން އެ ބޭފުޅުން ދޫކޮށްނުލައްވާނެކަމުގެ ޔަގީންކަން ވެސް އޮތްކަމަށް ޑރ ޝަހީމު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.