މިރޭގެ ޖަލްސާގައި ރައީސް ޞާލިހު ވާހަކަދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ
ހަބަރު
01 Sep 2023 | 22:36
މިރޭ ވޯޓު ގުނިޔަސް އަޅުގަނޑުމެން މޮޅުވާނެ، މާދަމާ ގުނައިފިއްޔާ އެއަށްވުރެ ބޮޑުތަނުން މޮޅުވާނެ: ރައީސް ޞާލިހު

ރިޔާސީ އިންތިހާބުގެ ވޯޓު މިރޭ ގުނައިފި ނަމަވެސް، އެ އިންތިހާބު ކާމިޔާބު ކުރައްވާނީ އެމަނިކުފާނު ކަަމަށް އެމްޑީޕީީ ގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެގެން މިރޭ ކުރިއަށްދާ އެމްޑީޕީގެ "އުފާވެރި މާލެ" ޖަލްސާގައި ވާހަކަ ދައްކަވަން ފަށްޓަވަމުންވެސް ރައީސް ޞާލިހް ވިދާޅުވީ، ރިޔާސީ އިންތިހާބު މިހާރު ނިމިއްޖެ ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ މިރޭ އިއުލާން ކުރި ނަމަވެސް ކާމިޔާބު ވާނީ އެމަނިކުފާނަށް ކަމަށް ވިދާޅުވި އެވެ. 

އިންތިޚާބު މިހާރު މިއޮތީ ނިމިފައި. ނިމިފައި. ނިމިފައި. މިރޭ ވޯޓު ގުނިޔަސް އިރާދަކުރެއްވިޔާ އަޅުގަނޑުމެން މޮޅުވާނެ. މާދަމާ ވޯޓު ގުނައިފިއްޔާ އެއަށްވުރެ ބޮޑު ތަނުން މޮޅުވާނެ. 9 ސެޕްޓެމްބަރު ގައި ގުނައިފިއްޔާ، މާ ބޮޑުތަނުން އަޅުގަނޑުމެން މޮޅުވާނެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ، އެމަނިކުފާނު ރާއްޖޭގެ 16 އަތޮޅަކަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. އަދި އެތަނުން ތިން އަތޮޅު ފިޔަވައި، ހުރިހާ އަތޮޅެއްގެ ހުރިހާ ރަށަކަށް ވަޑައިގެންނެވި ކަމަށްވެސް ވިދާޅުވި އެވެ. އަދި އެ ހުރިހާ ރަށަކުންވެސް ފެންނަނީ އަނިޔާވެރިކަމަށް އެނބުރިދާން ބޭނުން ނުވާ މަންޒަރު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"ފެންނަނީ ބޮޑު ހެޔޮ ބަދަލުތަކެއް ރަށްތަކަށް އައިސްފައިވާ މަންޒަރު. ސިޔާސީ ހަމަޖެހުމުގެ ފައިދާ، ހުރިހާ ދިމާއަކަށް ފޯރާފައި އޮތްތަން. ކުޑަރަށެއް ބޮޑު ރަށެއް ނުބަލައި، އަޅުގަނޑުމެން ގެނައި ތަރައްގީގެ މަޝްރޫއުތަކާ ދޭތެރޭގައި ރައްޔިތުން ހިތްހަމަޖެހިފައި ތިބޭ މަންޒަރު."

ރައްޔިތުން ތިބީ ވަކިގޮތަކަށް ނިންމައިގެން. އެއީ، މިރޭ ތިޔަބޭފުޅުންވެސް ތިއްބެވިގޮތް. އިރާދަކުރެއްވިޔާ އެމްޑީޕީއާ ގުޅިފައިވާ ޕާޓީތައް ނޫން ބައެއް، އެއްބުރުން ނޫން ބުރެއް މ މިފަހަރަކު ނެތް. މުޅި ރާއްޖޭގެ ރަސްމީ ނަތީޖާ ރަމްޒުވަނީ، ފުރަމާލޭގައި މިރޭ މި ބޭއްވޭ ޖަލްސާގެ މި މަންޒަރަށް. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، އެމަނިކުފާނު ވަޑައިގެންނެވި ހުރިހާ އަތޮޅަކުންވެސް ބުނަމުންދިޔައީ، މި އިންތިހާބު، އެއްބުރުން އެމްޑީޕީ އާއި ގުޅިފައިވާ ކޯލިޝަނުން ކާމިޔާބު ކުރައްވާނެ ކަަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.