ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު--ފޮޓޯ/ އެމްޑީޕީ
ހަބަރު
04 Sep 2023 | 16:18
ވައިކަރަދޫ ސަރަހައްދުގައި ކާގޯ ފެރީގެ ނިޒާމެއް ގާއިމުކުރާނަން: ރައީސް ޞާލިހު

ހދ. ވައިކަރަދޫގެ ދަނޑުވެރިން ހައްދާ ތަކެތި ތާޒާކަމާއެކު ތަންތަނަށް ވިއްކަން ފޮނުވޭގޮތަށް ކާގޯ ފެރީގެ ހިދުމަތް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕޭނަށް ހދ. ވައިކަރަދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ވައިކަރަދޫއަކީ ދަނޑުވެރިކަން ކުރާ ރަށެއް ކަމަށާއި، އެ ރަށު ރައްޔިތުން ބޭނުންވަނޫ ހައްދާ ތަކެތި ތާޒާ ކަންމަތީގައި ވިއްކޭނެ ގޮތް ހެދުން ކަމަށެވެ. އަދި އާރުޓީއެލް އިން އެންމެ އެދެވޭ ގޮތަށް އެކަން ނުވި ނަމަވެސް ކާގޯ ފެރީގެ ހިދުމަތް ފެށުމުން އެކަމަށް ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ. 

"ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް ލިބޭ ނަފާ އިތުރުކުރުމަށް އެކްސްޕޯޓް އޮރިއެންޓެޑް ވެލިއުޗެއިންއެއް ގާއިމުކޮށް ދިވެހި ދަނޑުވެރިންނަށް ދިވެހި މާރުކޭޓާއި ރިސޯޓުތަކަށާއި ބައިނަލްއަގުވާމީ މާކެޓްތަކާ ގުޅުވާލަދީ ރާއްޖެއިން އެތަކެތި ބޭރުކުރެވޭ ގޮތް އިރާދަ ކުރެއްވިއްޔާ އެކްސްޕޯޓް ކުރެވޭ ގޮތް ހަދައިދޭނަން. އެނގި ވަޑައިގަންނަވާނެ ރާއްޖޭގައި ވަރަށް ރަނގަޅަށް އުފައްދާ އެންމެން ރަނގަޅަށް ބޭނުންވާ ބައެއް ޒާތުގެ މޭވާ އެބަ ހުރި. ފަޅޮލާއި ދޮންކޭލާއި ކަރައާއި މިހިރީ އަނބާއި މި އެއްޗިއްސަކީ މިހާރު ރަނގަަޅު ނިސްބަތަކުން އުފެދިއްޖެކަމަށް ވެއްޖިއްޔާ އެކްސްޕޯޓުގައި ބޭރުގެ މާކެޓްތަކުގައި އަޅުގަނޑުމެންނަށް ވިއްކޭނެ ތަކެތި. ބޭނުންވަނީ މި ދެންނެވިގެން ދަނޑުވެރިންނަަށް މި މަސައްކަތް ކުރެވޭނެ ގޮތްތަކާއި މި ތަކެތި ވިއްކޭނެ ފަސޭހަ މާކެޓްތައް ހޯދައިދިނުން. ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެންގެ ސަރުކާރުން އެ މަސައްކަތް ކުރާނަން" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ މައިގަނޑު ސިޔާސަތަކީ އެއްވެސް ރަށެއް ބާކީ ނުކޮށް ފަށާފައިވާ މަސައްކަތްތަކާއެކު ކުރިއަށް ވަޑައިގަތުން ކަމަށެވެ. އިގްތިސާދީ ބޮޑު ބަދަލެއް ގެންނަ އިރުގައި އޭގެ އަމާޒަކީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި ދަނޑުވެރިކަމަށް ބަދަލު ގެނައުން ކަމަށެވެ. އެގޮތުން މައިކްރޯ ސްކީމަށް ފައިނޭންސް ހޯދޭނެ ގޮތް ހަމަޖައްސައި ދެއްވާނެ ކަމަށާއި، އިންޓްރެސްޓް ރޭޓް ކުޑަ ލޯން ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި ލޯކަލް މާރުކޭޓާއި ރިސޯޓްތަކާއި ބޭރަށް އެތަކެތި ބޭރުކުރެވޭނެ ގޮތް ހައްދަވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަން ސަރުކާރުން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވައިކަރަދޫ އަށް އިތުރަށް ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ކަންކަން؛

1) ބޯހިޔާވަހިކަމަށް ރޯހައުސް އަޅައިދިނުން

2) ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ތާރުއެޅުން.

3) ބަނދަރުގެ މައްސަލަ ހައްލު ކުރުމަށް އޮއިދެމޭގޮތަށް ބަދަލު ގެނެސް މޫދަށް އެރޭނެ ތަނެއް ގާއިމްކޮށްދިނުން. 

4) ސްކޭޓް ޕާކެއް ހެދުން

5) ޖާގަ ތަނަވަސް މިސްކިތެއް އެޅުންޕ

6) ފަތުރުވެރިކަމަށް ތަރައްގީކުރާ އެނދުތަކުގެ ތެރެއިން ވައިކަރަދޫގައި ވެސް އޭގެ ބައެއް ގާއިމް ކުރުން 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.
05 Oct 2026
މާލޭގައި ބަނގުރާ ވިޔަފާރިކުރި އިންޑިއާގެ ދެ މީހަކު ހައްޔަރު ކޮށްފި
ފުލުހުން މައުލޫމާތު ދޭ ގޮތުގައި ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ޕްރަވީން ސެންތިލްކުމާރާއި 23 އަހަރުގެ ކަންނަން އިރުލައްޕަންއެވެ.