ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒު ވޮއިސްއަށް އިންޓަވިއު ދެއްވަނީ
ހަބަރު
05 Sep 2023 | 10:19
ވެރިކަމަށް ވަޑައިގެންނެވިއްޖެނަމަ އެންމެ ފުރަތަމަ ކުރައްވާނެ އެއްކަމަކީ ސިޔާސީ ނުފޫޒުން ޖުޑިޝަރީ މިނިވަންކުރުން

ސެޕްޓެންބަރ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ރާއްޖޭގެ ޖުޑިޝަރީ ސިޔާސީ ނުފޫޒުން މިނިވަންކޮށް ރައްޔިތުންގެ އިތުބާރު އޮތް ބާރަކަށް ހެދުމަށް ވެރިކަމުގެ އެންމެ ފުރަތަމަކޮޅުވެސް މަސައްކަތް ފަށްޓަވާނޭ ކަމުގައި އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑޭޓަކަށް ވެވަޑައިގަތުމަށްފަހު ރާއްޖޭގެ މީޑިއާއަކަށް އެމަނިކުފާނު ދެއްވި ފުރަތަމަ އިންޓަވިއު ވޮއިސްއަށް ދެއްވަމުން ޑޮކްޓަރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އިސްކަންދެއްވާ ކަންކަމުގެތެރޭގައި ޖުޑިޝަރީއަށް މިނިވަންކަމާއި ބާރުތައް ދޫކޮށްލެއްވުން ހިމަނިގެންދާނެ ކަމަށެވެ.

'' ރައްޔިތުންނަށް އެބަޖެހޭ މިގައުމުގައި މިހާރު ހަމަޖެހުމުގެ ނޭވާއެއް ލެވެން. އަބަދު ވެރިކަމުގެ ނިޒާމުގެތެރެއިން ޝަރުއީ ދާއިރާއަށް ނުފޫޒާއި ބާރު ފޯރުވުމުގެ ވާހަކަ އިވެމުންދަނީ. އެހެންވީމާ ޖުޑިޝަރީއަކީ މިހާރު އަޅުގަނޑުމެންގެ ތެރޭގައި އިތުބާރު އުފައްދަންޖެހިފައިވާ އެއްބާރު"

ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ޖުޑިޝަރީއަކީ މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ހިނގާތަނަކަށް ހަދައި ރައްޔިތުންގެ އިތުބާރު ހޯދައިދިނުމަށްޓަކައި ޖޭއެސްސީ އެކުލަވާލެވިފައި އޮތް ގޮތް ބަދަލުކުރައްވައި ޖޭއެސްސީއަށް މިހާރު ނަގާފައިވާ ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ބާރުތައް ޖޭއެސްސީން އަލުން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ބަދަލުކުރައްވާނެ ކަމަށެވެ.

" ހަގީގަތުގައި ޖުޑިސަލް ސާވިސް ކޮމިޝަނަކީ ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ކަންކަން ހިންގަންޖެހޭނެ ފަރާތެއް ނޫން. ޖުޝަލް އެޑްމިނިސްޓްރޭޝަންއަށް ޚާއްސަކުރެވިފައިވާ ޑިޕާޓްމަންޓް އެބައޮތް. އެތަނުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް މިހާރު ނަގާފައި އޮތް އިދާރީ ހިންގުން ބަދަލުވާޖްނެހޭނެ. އެއިދާރާއަށް ( ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ) އިޚްތިޔާރާއި ބާރުދީގެން ޖުޑީޝަރީ ރަނގަޅަށް ހިންގޭނީ" އަދި މިހާރަށްވުރެ ފުރިހަމައަށް ކަފާލަތުގެ ނިޒާމެއް ގާއިމުކުރެއްވުމަށް ގާނޫނީ އޮނިގަނޑަށް ބަދަލުގެންނަވާނެކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރަށް އެމަނިކުފާނުގެ މެނިފެސްޓޯގައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ތެރެއިން ޖުޑިޝަރީގައި މަސައްކަތްކުރާ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވައި އެހެން ފަރާތްތަކަށް ބަރޯސާވާން ނުޖެހޭފަދަ ބަޔަކަށް ހައްދަވާނެކަމަށްވެސް ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ މެނިފެސްޓޯގައި އޮތް އެންމެ މުހިއްމު އެއް ސިޔާސަތަކީ ގެދޮރުވެރިކަން. ޖުޑިޝަރީގައި މަސައްކަތްކުރާ ފަރާތްތަކަކީވެސް މިދެންނެވިހެން އެހެން ފަރާތްތަކަށް ޑިޕެންޑްވާން ނުޖެހޭ ގެދޮރުވެރިކަން ކަށަވަރުވެފައިވާ ބަޔަކަށް އަޅުގަނޑުގެ ސަރުކާރެއްގައި ވާނެ. ޖުޑިޝަރީގައި މަސައްކަތްކުރާ ފަރާތްތަކަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރި އެހެންފަރާތްތަކަށް ސަލާންޖަހަން ނުޖެހޭ ވަކި ބާރަކަށް ވާންޖެހޭނެ. އެގޮތަށް ކަންތައްކުރެވޭނީ ސަރުކާރުން މަގުފަހިކޮށްދީގެން. އެހެންވީމާ ހަގީގީ މާނައިގައި މިނިވަން ބާރަކަށްވާނެ. އެތަނަކީ ސިޔާސީ ނުފޫޒު ފޯރުވަން އުޅުނަސް ނުފޯރުވޭނެ ތަނަކަށް ހެދުމަށް އެއަމާޒަށް ދިއުމަށް ކުރަންޖެހޭ ކަންކަން އަޅުގަނޑު ކުރާނަން"

ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޖަލުގައި ބަންދުކޮށްފައިވާ ޜާއްޖޭގެ އެންމެ ގިނަ ބައެއްގެ ތާއީދު ލިބިވަޑައިގެންފައިވާ ޕީޕީއެމްގެ ލީޑަރ ރައީސް ޔާމީން މިނިވަންކުރެއްވުމަށް މަސައްކަތްޕުޅު ކުރެއްވުމަކީ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ އެންމެ އިސްކަންދެއްވާނެ ވައުދުތަކުގެތެރޭގައި ހިމެނެ ވައުދެކެވެ. އެކަމަކު ވިދާޅުވީ އެމަސައްކަތްޕުޅު ކުރައްވާނީ ގާނޫނީ ހަމަތަކުގެ މަތިންކަމަށެވެ. ފަނޑިޔާރުގޭގެ މިނިވަންކަމާ މުސްތަގިއްލުކަން ކަށަވަރުކޮށްދިނުމާއެކު ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވާނެކަމަށް ޔަގީންކުރައްވާ ކަމަށް މީގެކުރިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ފޯބްސްގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް
ފޯބްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ރޭންކިންގއަކީ ބޭންކުތަކުގެ ހަމައެކަނި ބޮޑުމިނަށް ބަލައިގެން އެކުލަވައިލި ލިސްޓެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ އެ ބޭންކެއްގެ މާލީ ހާލަތު ހުރިގޮތާއި، ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށްފަހު އެކުލަވައިލި ލިސްޓެކެވެ. ބީއެމްއެލް މި ލިސްޓުގައި ހިމެނުމަކީ އެ ބޭންކުގެ މާލީ ދުޅަހެޔޮކަން ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލައިގަނެފައިވާ ކަމުގެ ހެއްކެކެވެ
12 Oct 2026
އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
މި ފައިސާ އަތުލައިގެންފައި ވަނީ މި މަހުގެ ހަތްވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރަންދިޔަ އިންޑިއާ މީހެއްގެ އަތުންނެވެ.
12 Oct 2026
އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން
ޕޮލްކޯއަކީ މީގެ ކުރިންވެސް ފުލުހުންގެ ފްލެޓްތައް އެޅުމުގެ މައްސަލާގައި އުސޫލުން ބޭރުން ބޮޑެތި މުއާމަލާތްތަކެއް ހިންގާފައިވާ މުއައްސަސާއެއްކަން އޮޑިޓް އޮފީހުން ނެރުނު ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅޭ ހާއްސަ އޮޑިޓްގައި ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ފުލުހުންގެ ޓަވަރުތައް އެޅުމަށް އެޑްވާންސް ފައިސާގެ ގޮތުގައި ދޭންޖެހޭ 58.9 މިލިއަން ރުފިޔާގެ ބަދަލުގައި އެކި ނަންނަމުގައި 124 މިލިއަނަށްވުރެ ގިނަ ރުފިޔާ އައިލެންޑް އެކްސްޕާޓް ކިޔާ ކުންފުންޏަކަށް ދިން މުއާމަލާތާ ގުޅޭ މައްސަލައެވެ.
12 Oct 2026
ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
މި ކަންކަމަށް ޙައްލެއް ހޯދުމުގެ ގޮތުން، އިތުރު ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާތައް ބައިވެރިކޮށްގެން ކުރެވެހެން ހުރި މަސައްކަތްތައް، ގުޅިގެން ކުރުމަށް ދެ ފަރާތުން ވަނީ އެއްބަސްވެފަ އެވެ.
12 Oct 2026
އިމާރާތްކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް އަމަލުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
މުއްދަތު ހަމަވުމަށްފަހު، ހުޅުމާލޭގެ އެއްވެސް ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށްގެންދެވޭނީ، ގަވާއިދާ އެއްގޮތަށް ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތައް އަޅައި، ސޭފްޓީ މިންގަނޑުތައް ފުރިހަމަކުރުމަށްފަހު
12 Oct 2026
ޚައިބަރު ޕްރޮވިންސްގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށް، ޢިމްރާން ޚާންގެ ޕާޓީގެ ވެރިކަން ނިމުމަކަށް
މި ނިންމުމާއެކު އެ ޕްރޮވިންސްގައި ޢިމްރާން ޚާންގެ ޕާޓީން ވެރިކަންކުރަމުންދިޔަ ސަރަޙައްދީ ސަރުކާރުގެ ބާރުތައް ކަނޑުވާލައި، އެ ސަރަޙައްދަށް ޕާކިސްތާނުގެ އަސްކަރީ ސިފައިން މިހާރު ވަނީ ފޮނުވާފައެވެ
12 Oct 2026
ދެއްވަދޫ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމުގެ 1.81 މިލިއަން ރުފިޔާގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށް، 120 ދުވަހުން ނިންމުމަށް ވަނީ ކަނޑައަޅައިފައެވެ.
12 Oct 2026
ވެލާނާ އެއާޕޯޓް ދެ ކެޓަގަރީއަކުން ވާދަކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ލީޑިންގ އެއާޕޯޓް އަދި ކަސްޓަމަރ އެކްސްޕީރިއަންސް ކެޓަގަރީއަށް ނޮމިނޭޓްވެ، ދުނިޔޭގެ ބޮޑެތި އެއާޕޯޓްތަކާ ވާދަކުރާނެއެވެ.