ރައީސް ޞާލިޙް މާކުރަތުގައި ވާހަކަދައްކަވަނީ. ފޮޓޯ:އެމްޑީޕީ
ހަބަރު
05 Sep 2023 | 13:04
މިއިންތިޚާބުގައި އެމްޑީޕީއަށް ވޯޓުލުން ނޫންގޮތެއް ނެތް: ރައީސް ޞާލިޙް

މިއިންތިޚާބުގައި އެމްޑީޕީއަށް ވޯޓުލުން ނޫންގޮތެއް ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރާއްޖެގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށް ތާއީދު ހޯދުމަށް ރ.އަތޮޅަށް އެމްޑީޕީ އާއި ކޯލިޝަނުން ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރ. މާކުރަތަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ތިބީ ދެފަޅިއަކަށް ދެޕާޓީއަކަށް ތާއީދު ކުރާ މީހުން ކަމަށެވެ. އެއީ އެމްޑީޕީއަށް ސަޕޯޓް ކުރާ ފަރާތްތަކާއި ޕީޕީއެމްއަށް ސަޕޯޓު ކުރާ ފަރާތްތައްކަމަށެވެ. މީގެ އިތުރުންވެސް މިއިންތިޚާބަށް ކުރިމަތިލައްވައިގެން އުޅޭ ފަރާތްތައް އެބަ އުޅުއްވާ ކަމަށެވެ.

ހުރިހާ ކެންޑިޑޭޓުންގެ ތެރެއިން ޑރ މުޢިއްޒަކީ އޮތް ޗޮއިސް އެއް ނޫންކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ދެން ތިއްބެވި ކެންޑިޑޭޓުންގެ ތެރޭގައި އެމްޑީޕީ ކޯލިޝަނާއި ކައިރިއަށް އާދެވޭނެ ބޭފުޅަކުވެސް ނެތްކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

"ދެންތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކަށް ވޯޓު ދެއްވައިފިނަމަ އެއީ ތިބޭފުޅުންނަށް ކުރެވޭ އިސްރާފެއް، އެއަކުން ނުކުންނާނެ ނަތީޖާއެއް ނެތް، އެހެންވީމަ ތިޔަބޭފުޅުންގެ ވޯޓު ނަމަނަމަ އިސްރާފް ނުކުރައްވާތި، މިއިންތިޚާބުގައި މިނޫން އެހެންގޮތެއް ނެތް، އެމްޑީޕީއަށް ވޯޓު ދިނުން ނޫން އެހެން އެއްވެސް ގޮތެއް ނެތް"

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް

ރައީސް ވިދާޅުވީ ޤައުމުގެ މުސްތަޤްބަލަށްޓަކައި، ޤާނޫނު އަސާސީން މަތިކޮށްފައި މިއޮތް އަމާނާތުގައި ރަނގަޅަށް ހިފައިގެން ކުރިއަށް ދާން އެބަޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ ކެންޑިޑޭޓުންގެ މެނިފެސްޓޯތައް ބައްލަވައި ކިޔުއްވައި އެހެން ކެންޑިޑޭޓުންގެ މެނިފެސްޓޯއާއި އެމްޑީޕީގެ މެނިފެސްޓޯއާއި އަޅައި ކިޔުއްވުމަށެވެ. ރާއްޖޭގެ ތަރައްޤީއަށާއި ރާއްޖޭގެ މުސްތަޤްބަލާއި މެދު ލިޔެފައިވާ ވާހަކަތައް ކިޔުއްވުމުން ތަފަތު ވަރަށް ބޮޑަށް ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޯލިޝަންގެ އިސްވެރިން ދަނީ ބައިވެރިވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.