މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ ވޮއިސް
ހަބަރު
07 Sep 2023 | 16:36
"އަރަބިއްޔާގެ ކަންކަން ތަރުތީބުވެގެން އަންނަ ގޮތުން އޭގައި ސަރުކާރުގެ އެހެން އެޖެންޑާއެއް އޮތްކަން އެބަ އެނގޭ"

މި ސަރުކާރުން އަރަބިއްޔާ ސުކޫލުގެ މައްސަލާގައި ކަންކަން ކުރަމުން އަންނަ ގޮތުން، އެކަމުގައި ސަރުކާރުގެ އެހެން އެޖެންޑާއެއް އޮތް ކަން އެނގިގެންދާ ކަމަށް އެ ސުކޫލުގެ ބެލެނިވެރިން ބުނެފިއެވެ. 

އަރަބިއްޔާ ބެލެނިވެރިންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ވާހަކަދައްކަވަމުން އެ ސުކޫލުގެ ޕީޓީއޭގެ ނާއިބު ރައީސް ވަނީ އަރަބިއްޔާއަށް އައު އިމާރާތެއް ނުލިބި ގިނަ ދުވަސްތަކެއް ވާކަން ފާހަގަކުރައްވައި އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

އަދި ޢަރަބިއްޔާ އަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުގެ އެކިއެކި އިދާރާ ތަކަށް އެކި ފަހަރު މަތިން ގޮސް ވާހަކަދެކެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ، ސިޔާސީ އެކި ފަރާތްތަކާއި ޕާޓީތަކާއެކު ވެސް އެކަމާއި ގުޅިގެން މަޝްވަރާ ކުރެއްވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ޢަރަބިއްޔާގެ ކުރީގެ ޢިމާރާތް--

މިއާއެކު އޭނާ ވިދާޅުވީ އަރަބިއްޔާގެ ކުރީގެ އިމާރާތް ރެނދުލައި، އެތަނުގައި ކިޔަވައިދިނުން ރަނގަޅު ނުވާ ހިސާބަށް ދިޔުމުން، އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުންނަށް ދިނީ އެންމެ ތިން އިޚްތިޔާރު ކަމަށެ ބޯވެ. އެއީ ވިލިނގިއްޔަށް ބަދަލު ވުން، ނުވަތަ ހުޅުމާލެއަށް ބަދަލުވުން، ނުވަތަ އޮންލައިންކޮށް ކްލާސްތައް ގެންދިޔުމެވެ. 

ޕީޓީއޭގެ ނާއިބު އިތުރަށް ވިދާޅުވީ އެފަދަ އިޚްތިޔާރު ތަކެއް ދިނުމުން އެނގިގެން ދިޔައީ، އެޑިއުކޭޝަން އިން ބޭނުންވަނީ، އަރަބިއްޔާގައި ކިޔަވާ ދަރިވަރުންނަށް އެ ސުކޫލަށް ދިޔުން ތަކުލީފަކަށް، ސުކޫލުން ދަރިވަރުންތައް ކެނޑި، ސުކޫލު އެއްކޮށް ނިމުމަކަށް ގެނައުމަށް ކަމަށެވެ. 

ނީގެ އިތުރުން، އަރަބިއްޔާ، މައްސަލާގައި އެ ސުކޫލުގެ ބެލެނިވެރިން އިހްތިޖާޖް ކުރަން ފެށުމުން ސުކޫލުގެ އައު އިމާރާތެއް ބާ ޖަމާލުއްދީން ހުންނަ ތަނުގައި އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނިންމެވިކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ، އެ އިމާރާތް މި ދައުރުގައި ނިންމާނެ ކަމަށްވެސް ރައީސް ވިދާޅުވި ކަމަށެވެ. 

އެހެން ނަމަވެސް، ދައުރު ނިމިގެން ދާއިރުވެސް އެތަނުގައި އެންމެ "ގައު ފޮއްޗެއްވެސް ބާއްވާލެވިފައި ނުވާ" ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެތަން ނިންމާނެ ކަމަށް 2021ގައި ވައުދުވީފަހުންވެސް، އެތަން ތަޅާ ނުލެވި އެތައް ދުވަހެއް ދިޔަ. އަދި އެތަން ތަޅާލަން ފެށިތާ މާ ގިނަ ދުވަހެއް ނުވަނީސް އަމިން ކޮންސްޓްރަކްޝަނާ އެތަނުގައި އައު އިމާރާތެއް އެޅުމަށް ކޮންޓްރެކްޓް ކުރެވުނުތަންވެސް ފެނިގެން ދިޔަ. އެދަވަހަށް ފަހު އެއް އަހަރު ފާއިތުވެގެން މި ދިޔައީ." އަރަބިއްޔާ ޕީޓީއޭގެ ނާއިބު ރައީސް ވިދާޅުވި އެވެ. 

މިއާއެކު އޭނާ ވިދާޅުވީ އެއް އަހަރު ފަހުން، އަލުން ނޫސް ތަކުގެ ހެޑްލައިން ތަކުން ފެނިގެން ދިޔައީ، އަރަބިއްޔާގެ އައު އިމާރާތް ނޭޅި ލަސްވަނީ ސިޓީ ކައުންސިލުން ހުއްދަ ނުދީގެން ކަމަށެވެ. އެހެންނަމަވެސް، އެ ކުރެހުމެއް ކުރަހަން ހުއްދައަށް އެދި ސިޓީ ކައުންސިލަށް ހުށަހެޅީ މިދިޔަ ހަފްތާގައި ކަން އޭނާ ފާހަގަކުރެއްވިއެވެ. 

"މިދިޔަ އަހަރު އެތަނުގައި އިމާރާތް އަޅަން އެބައޮތް އެގްރީމަންޓް ގައި ސޮއި ކުރެވިފައި. އެހެންވީމާ މިހާ ދުވަސް ވަންދެން މިކަން ލަސްކޮށް، ދިގު ދަންމާފައި ދެން ފަހުން، އޭގެ ހުއްޖަތަކަށް ދެއްކުން އެއީ އެއްގޮތަކަށްވެސް ބަލައި ގަނެވޭނެ ކަމެއް ނޫން." 

އަރަބިއްޔާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ވޮއިސް

"... މީގެ އިތުރުން ވެސް އެ އިމާރާތް އެޅުމަށް އޭރުވެސް ދަތި ތަކެއް ކުރިމަތި ވެގެން ދިޔަ. މިސާލަކަށް ބަޖެޓުގައި ނުހިމެނުން. އެއީ އެއްކަމެއް. އެބޭފުޅުން އޭރު ދެންނެވީ އޮޅިގެންނޭ. ނަމަވެސް މި ހުރިހާ ކަމެއް ތަރުތީބުވެގެން އަންނަ ގޮތުން ހަގީގަތުގައި އެނގޭ މީގައި އެހެން ކަހަލަ އެޖެންޑާއެއް، އެހެން ޕްލޭން އެއްވެސް އެބަ އޮތް ކަން."

އަރަބިއްޔާ ބެލެނިވެރިން 

މީގެ އިތުރުން، އޭނާ ވިދާޅުވީ، މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ހުޅުމާލެއިން ބިމެއް އަރަބިއްޔާ ބެލެނިވެރިންނަށް ދިނުމުންވެސް އެ ބެލެނިވެރިން އެކަމާ ގަޔާ ނުވާ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. 

" މިއީ ހުޅުމާލޭ އެ ބިން، އަރަބިއްޔާ އަތުން ނެގުމަށްޓަކައި ދައްކާ ބަހަނާއެއް ހަގީގަތުގައި. އެއްގޮތަކަށްވެސް އަރަބިއްޔާ އެއްވެސް ބެލެނިވެރިއަކު އެކަމުގައި ދެކޮޅެއް ނުހައްދަވާ. މީގެ ހެއްކަކީ އަޅުގަނޑުމެން 2021 ވަނަ އަހަރު، ހުޅުމާލޭގައި ދެވަނަ އަރަބިއްޔާ ސުކޫލެއް އެޅުމަށްއެދި، 1000 އަށްވުރެ ގިނަ މީހުންގެ ޕެޓިޝަނާ އެކީގައި ހުށަހަޅާފައި. އެހެންވީމާ މިކަމަކުން ބަރީއަ އެއް ނުވެވޭނެ. އަރަބިއްޔާ ބެލެނިވެރިން ބޭނުންވޭ މާލޭގައި އަރަބިއްޔާ އިމާރާތެއް އެޅިފައި، އަދި ހުޅުމާލޭގައި ވެސް އެޅެން."

އަރަބިއްޔާ ބެލެނިވެރިން 

މާލެ އާއި ހުޅުމާލޭގައިވެސް އަރަބިއްޔާ އިމާރާތެއް ހުންނަންޖެހޭ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ، އެ ސުކޫލަށްދާ ކުދިންގެ 80 އިންސައްތަ މާލޭގައި ދިރިއުޅުމެވެ. އަދި އެކުދިންގެ ބެލެނިވެރިން މާލޭގައި ވަޒީފާ އަދާކުރުމެވެ. އެހެންކަމުން ކުއްލިއަކަށް ހުޅުމާލޭ އަށް ބަދަލު ކުރުމުން، އެ ބޭފުޅުންނަށް އުނދަގޫ ތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަދި ހުޅުމާލޭގައި ދިރިއުޅޭ އެތައް ބެލެނިވެރިން ވެސް އެތަނުގައި އިމާރާތެއް ހުންނަން އެދި ޕެޓިޝަނުގައި ސޮއި ކޮށްފައިވާއިރު، ރާއްޖޭގައި ހުރި ހަމައެކަނި އަރަބި އިސްލާމް ކިޔަވައިދޭ ސުކޫލުގެ ދެ އިމާރާތް ދެ ތަނުގައި ހުރުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ ސުކޫލަށް ކިޔަވަން އަންނަ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު ލުއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.