ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު-- ފޮޓޯ/ ޕީޕީއެމް
ހަބަރު
07 Sep 2023 | 18:00
ރިޔާސީ އިންތިޚާބާމެދު ރާއްޖޭގެ 100 ދީނީ ޢިލްމުވެރީންގެ ބަސް: ޑރ. މުޢިއްޒަށް ވޯޓު ދެއްވާ!

ދިވެހި ރާއްޖޭގައި ދީނީ ތަޤުރީރު ކުރުމާއި ވަޢުޟުބުނުމުގެ ހުއްދަ ދޫކުރެވިފައިވާ 100 ޢިލްމުވެރިޔަކު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ރާއްޖޭގައި ތިއްބެވި އެންމެ ފުންނާބު އުސް، އަދި ދިވެހިންގެ ގަދަރު ލިބިފައިވާ 100 ޢިލްމުވެރިން މުޢިއްޒަށް ތާއީދު ކުރައްވާކަން ހާމަކޮށް ނެރުނު ބަޔާނުގައި ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚުޞިއްޔަތު ހަރުދަނާކޮށް، ދިވެހިރާއްޖޭގެ މިނިވަންކަމާއ،ި ސިޔާދަތު ނަގަހައްޓައި، ޢުމްރާނީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން، ޤައުމު ބިނާކުރުމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި، ތަޖުރިބާގެ ގޮތުން އެންމެ ޤާބިލު، ޚުލުޤު ހެޔޮ ކެންޑިޑޭޓަކީ ޑރ. މުޙައްމަދު މުޢިއްޒުކަމަށް އެ ޢިލްމުވެރިން ދެކިލައްވާ ކަމަށް ވިދާޅުވެފައެވެ.

"ވީމާ ކެންޑިޑޭޓް ނަންބަރު 4 ޑރ. މުޙައްމަދު މުޢިއްޒު އާއި އެ މަނިކުފާނުގެ އިންތިޚާބީ ބައިވެރިޔާ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފަށް ވޯޓުދެއްވުމަށް ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެން އިލްތިމާސްކުރަމެވެ. މާތް الله، ރައްޔިތުންނާއި ޤައުމުގެ މަޞްލަޙަތަށް އެންމެ ހެޔޮ ގޮތަށް، ކަންކަން ފަހިކުރައްވާށި! އާމީން!" ޢިލްމުވެރިންގެ ބަޔާނުގައި ވެއެވެ. 

މިއާއެކު އެ ޢިލްމުވެރިން ވަނީ، މި ޙާލަތުގައި މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ މަޞްލަޙަތު އިސްކޮށް، ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި، އަމަންއަމާންކަން ރައްކާތެރިކޮށް ހިފަހައްޓައި، މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، މުސްލިމުންގެ މެދުގައި ބައިބައިވުމާއި ޢަދާވާތްތެރިވުމާއި، ނަފުރަތު އުފެއްދުމުގެ އެއްވެސް އަމަލަކަށް ޖާގަނުދެއްވުމަށް، ދިވެހި ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަސިއްޔަތް ކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ