ވޯޓު ކަރުދާސް-- ފޮޓޯ/ މިހާރު
ހަބަރު
09 Sep 2023 | 15:57
ވޯޓު ލާފައި ވޯޓު ދެއްކުން ފަދަ ގާނޫނާ ޚިލާފު ޢަމަލުކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ގޮވާލައިފި!

ވޯޓުފޮށިތައް ކައިރީގައި ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ދެއްކުމާއި، ފޮޓޯ ނެގުން ފަދަ ގާނޫނާއި ޚިލާފު ޢަމަލުތައް ކުރާ މީހުންނާމެދު ފިޔަވަޅުއެޅުމަށް އިދިކޮޅުު ޕީޕީއެމް/ ޕީއެންސީން ގޮވާލައިފި އެވެ. 

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު ވޯޓު ފޮށިތައް ކައިރީގައި ގަވައިދާ ޚިލާފަށް ބައެއް ކަންކަން ހިނގަމުންދާ ކަމަށެވެ.

"އެގޮތުން ވޯޓު ކަރުދާހުގައި ފާހަގަ ޖަހާފައި ދެއްކުމާއި އެކިކަހަލަ އާލާތްތައް ބޭނުންކޮށްގެން ފޮޓޯ އާއި ވީޑިއޯ ނެގުންފަދަ ކަންކަން ބައެއް ފަރާތްތަކުން ކުރަމުން އެބަދެއެވެ. މިކަމަކީ މި ކޯލިޝަނުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫނެވެ." އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ. 

އެހެންކަމުން، މިފަދަ ކަންކަން ހުއްޓުވާދެއްވާ މިފަދަ ޢަމަލުތައް ތަކުރާރު ނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް އިދިކޮޅުުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ. 

އަދި ޤާނޫނާއި ޤަވައިދުގެ ތެރެއިން ސުލްޙަވެރިކަމާއި އަމާންކަމާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކޮށްދެއްވާ އެކަން ކަށަވަރުކޮށްދެއްވުމަށްވެސް ވަނީ އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައެވެ.

މިއާއެކު އިދިކޮޅުުން ވަނީ ޤާނޫނާއި ޤަވައިދާ ޚިލާފަށް ޢަމަލުކުރި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުއްވުމަށް ގޮވާލާފައެވެ. 

ވޯޓު ލުމަށްފަހު ވޯޓު ދެއްކުމާއި، ސްޕައި ޕެން ފަދަ އާލާތްތައް ބޭނުންކޮށްގެން ވޯޓުލާންދާ މައްސަލަތައް ފެންމަތިވަމުން އަންނައިރު، އެއީ ކުށެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށް ޕީޖީ އަށް ހުށަހަޅާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުގެ ނައިބުރައީސް ހަބީބު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.
27 Sep 2026
ރަސްމާލެއިން ޕްރޮޕަޓީ ގަންނަ ފަރާތްތަކަށް އޮޓަމެޓިކުން ވާރުތަ ނުވާނެ
ރަސްމާލެއިން ޕްރޮޕަޓީއެއް ގަތުމަކީ އެމީހަކަށް އަދި އާއިލާއަށް އޮޓަމެޓިކުން ވިސާ ލިބޭނެ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވިސާ ދިނުމާއި ކެންސަލްކުރުމަކީ އިމިގްރޭޝަންގެ ޤާނޫނުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަމައެކަނި އެ އިދާރާއިން ކުރާ ކަމެއްކަން ވަޒީރު ސާފުކޮށްދެއްވިއެވެ.
27 Sep 2026
ސައިކަލެއްގެ މަޑިދަށުން ދޮޅު ލައްކަ ރުފިޔާ ވަގަށް ނަގައިފި
މީގެ އިތުރުން ފުލުހުން ބުނީ، އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށާ، އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ. އަނެއް 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
27 Sep 2026
ފަތުރުވެރިކަން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާނަން: ރައީސް
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ހަރުދަނާކޮށް، ފަތުރުވެރިންނަށް ލިބޭ ތަޖުރިބާތައް ފުރިހަމަކުރުމަށްޓަކައި، އާ އީޖާދުތައް ބަލައިގަނެ، ހުނަރުތަކަށް އިންވެސްޓްކޮށް، ޑިޖިޓަލް ޙައްލުތަކުގެ ބޭނުން ހިފުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.