ރޭ، ރައީސް ޞާލިހް، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ -- ފޮޓޯ/ ހަތާވީސް
ހަބަރު
10 Sep 2023 | 07:19
ކޮންމެ ގޮތެއް ވިޔަސް، ބަޔަކާ އެކީގައި ދެން ބައިވެރިވާން ޖެހޭނެ: ރައީސް ޞާލިހު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އިތުރު ބަޔަކާއި ކޯލިޝަން ހަދަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން ދައްކާ ގޮތުން، ރައީސް ސާލިހާއި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާ ދެމެދު 15،000 ވުރެ ގިނަ ވޯޓުގެ ފަރަގު އެބަ އޮތެވެ. އެއީ ހަތް ޕަސެންޓުގެ ފަރަގެކެވެ.

މުއިއްޒަށް ލިބިވަޑައިގެންނެވީ 100,122 ވޯޓެވެ. އެއީ 46.07 ޕަސެންޓެވެ. ރައީސް ސާލިހަށް 84,997 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ 39.11 ޕަސެންޓް ވޯޓެވެ.

މި ނަތީޖާ އާއި އެކު ދެވަނަ ބުރަކަށް އިންތިހާބު ގޮސްފައިވާއިރު، ރޭ މެންދަމު، އެމްޑީޕީގެ ކެމްޕެއިން މައި-އިދާރާ ސޯލްޓް ކެފޭ ހިންގާ އިމާރާތުން ރައީސް ޞާލިހު ނުކުތް ވަގުތު ނޫސްވެރިން ވަނީ އިންތިހާބުގެ ނަތީޖާ އާ، ކުރިއަށް އޮތް ދެވަނަބުރާއި ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ.

އެގޮތުން، ފުރަތަމަ ބުރުން ލިބުނީ އުންމީދު ކުރި ނަތީޖާއެއްތޯ ސުވާލު ކުރުމުން އެއަށް ސީދާ ޖަވާބެއް ނުދެއްވައި ރައީސް ވިދާޅުވީ ވޯޓުގެ ކުރިން ވިސްނިފައި ނެތް، ބައެއް ކަންތައްތައް ގޮސްފައިވާ ކަމަށެވެ.

"އެބަހުރި ވިސްނިފައި ނެތް، ބައެއް ކަންތައްތައް ގޮސްފައި. އެހެންވީމާ އެއާ ދޭތެރޭގައި މީޓުކޮށްގެން މި ތައްޔާރު ވަނީ." ރައީސް ޞާލިހް ވިދާޅުވި އެވެ. 

މިއާއެކު އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއިދު ހޯއްދެވުމަށް މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިއެއް ވަނީ ސުވާލު ކޮށްފައެވެ. އެއަށްވެސް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް އިތުރު ބަޔަކާ ކޯލިޝަން ހަދަންޖެހޭ ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

"އަޅުގަނޑުމެންނަށް ދެން ކޮންމެ ގޮތެއް ވިޔަސް، ބަޔަކާ އެކީގައި ބައިވެރިވާން ޖެހޭނެ. އަޅުގަނޑު ހިތުން ޕީޕީއެމުން ވެސް މަސައްކަތް ކުރާނެ. އަޅުގަނޑުމެން ވެސް ކުރާނެ. އެ ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރަމުންދާނީ،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ދެ ވަނަ ބުރާމެދު ޔަގީންކަން އެބަ އޮތްތޯ ނޫސްވެރިއަކު ސުވާލު ކުރުން ރައީސް ވިދާޅުވީ އެކަމާ ދޭތެރޭގައި ވިސްނާނީ މާދަމާ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް ކުރާނީ. މާދަމާ އެއާމެދު އަޅުގަނޑުމެން ވިސްނާނީ." ރައީސް ޞާލިހް ވިދާޅުވި އެވެ. 

ރިޔާސީ އިންތިހާބު ދެވަނަ ބުރަކަށް ގޮސްފައިވާއިރު، ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހު 30 ވާ ހޮނިހިރު ދުވަހު އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.