ރައީސް ސާލިހާއި މުހައްމަދު ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގެތެރެއިން
ހަބަރު
10 Sep 2023 | 23:06
ނަޝީދު އެޖެއްސެވީ ރައީސް ސާލިހްގެ ތަދުފުޅުވާ ތަނުގައެވެ!

ރިޔާސީ އިންތިޚާބު މިދިޔަ ހޮނިހިރު ދުވަހު ނިމި ނަތީޖާ އިއުލާންކުރުމާއެކު ވަރަށް ފާހަގަ ކުރެވިގެން ދިޔަ ކަމެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނިންމެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމަނިކުފާނު ވަކި ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ތާއީދާއެކު ކުރިން އެޕާޓީއަކަށް އެމަނިކުފާނު ނިސްބަތްވެވަޑައިގެންވި އެމްޑީޕީގެ ލީޑަރ ޝިޕުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ހުށަހެޅުން ކުއްލިގޮތަކަށް އެޖެންޑާ ކުރައްވަން ނިންމެވުމެވެ. ނިމިގެން ދިޔަ ހޮނިހިރު ދުވަހުގެ ވޯޓްލުމާ ހަމައަށް ނަޝީދު ގެންދެވީ އެމައްސަލަ އެކިއެކި ބަހަނާތައް ދައްކަވައި އެޖެންޑާ ނުކުރައްވައި ހިފަހައްޓަވަމުންނެވެ. އެޖެންޑާ ކުރެއްވިނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އެމަނިކުފާނު ވަކިކޮށް އަދި މަޖިލީހުގެ ނާއިބް ރައީސާކަމުން އެމަނިކުފާނުގެ ބޮޑުދައިތަގެ ދަރިކަނބަލުން އީވާ ވެސް ވަކިކުރާނެ ކަމީ ޔަގީންވެފައި އޮތް ކަމެކެވެ. އެމައްސަލަ އެޖެންޑާ ނުކޮށްގެން ސަރުކާރު ފާޅީގައި ތިއްބެވި އެމްޑީޕީގެ މެންބަރުން ވަރަށް ރުޅިގަދަވެ މަޖިލިސްތެރޭގައި ވާހަކަ ދައްކަވަމުން ގެންގޮސްފައި ވެއެވެ.

ހޮނިހިރު ދުވަހު ނިމުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ނުކުތީ ކުރިން ލަފާކުރެވިފައި ނެތް ނަތީޖާއެކެވެ. އިންތިޚާބުގައި އެއްބުރުން ހުރިހައި އަތޮޅެއްގެ ރައްޔިތުންގެ މެޖޯރިޓީ ނަގައި އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވަމުން ގެންދިޔަ ނަމަވެސް އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރި ހޯއްދެވީ ތަފާތު ބޮޑު ނަތީޖާއަކުން އެމްޑީޕީގެ ވާދަވެރި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑޮކްޓަރ މުހައްމަދު މުއިއްޒެވެ. ދެވަނައަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހް އަދި ތިންވަނައަށް ނަޝީދު އިސްވެ ހުންނަވައި އަލަށް އުފައްދަވައިގެން އިންތިޚާބުގައި ވާދަކުރެއްވި ޑިމޮކްރެޓިކް ޕާޓީއެވެ. ޑިމޮކްރެޓުންނަށް ކާމިޔާބު ލިބޭތޯ ނަޝީދު ވަރަށް ބުރަކޮށް މާލޭގައި މަސައްކަތް ކުރައްވާފައި ވެއެވެ. ހަރުގަނޑު ހަރުގަނޑަށް އަރުއްވައި ޕާޓީގެ ދިދަފަތިތައް ދަންމަވަން އުޅުއްވުމާއި އުމަރު ނަސީރު ފަދައިން ޕިކަޕަށް އަރުއްވައި އަޑުގަދަ ކުރާ ހިއްޕަވައިގެން ގިނިކަންޏާ ކަހަލަގޮތަކަށް މާލެތެރޭގައި ޕިކަޕް ބުރު ޖެއްސެވުމާއި އާދައިގެ ސައިހޮޓާތަކަށް އަރުއްވައި ރަށްޓެހި ބޭފުޅުންނާއެކު ކަޅުސަޔާއި ހެދިކާ ކެއިން ބެއްލެވުމާއި މަގު މައްޗަށް ނުކުންނަވައި ޕާޓީގެ ލީފްލެޓްތައް ބައްސަވައި އުޅުއްވުންފަދަ މަސައްކަތްޕުޅު ކުރައްވާފައި ވެއެވެ. އެމަނިކުފާނު އުޅުއްވަމުންގެންދެވި ގޮތުން ހަށިފާރަވެރިންނަށް ތިބޭ ސިފައިންގެ ބޭކަލުންނަށްވެސް ހަދާނެ ގޮތް އޮންނަނީ ހުސްވެފައެވެ. އެމަސައްކަތްޕުޅުގެ ނަތީޖާއަކީ އިންތިޚާބުގައި ހަތްޕަސެންޓް ވޯޓް ލިބިވަޑައިގެން 13 ހާސް ވޯޓާއެކު ތިންވަނަ ޑިމޮކްރެޓުންނަށް ލިބުމެވެ. މިތޭރަ ހާސް ވޯޓަކީ ނަޝީދުގެ ހަޔާތުގައި ސިޔާސީގޮތުން ލިބިވަޑައިގެންނެވި އެންމެ ދެރަ ނަތީޖާއެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދު ރިޔާސީ ރޭހަށް ނުކުންނަވައިގެން ލިބިވަޑައިގެންނެވި 5 ޕަސެންޓުން ސަލާމަތްވީ ކިރިޔާއެވެ. އެކަމަކު މި ތޭރަ ހާސް ވޯޓަކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިންޓެންސިވް ކެއަރއިން ނުކުމެވަޑައިގެންނެވޭނެ ހަމައެކަނި އޮކްސިޖަންކޮޅެވެ. ނަޝީދުގެ ޑިމޮކްރެޓުންގެ ވޯޓް ރައީސް ސާލިހަށް ގެއްލިވަޑައިގެންފިނަމަ ރިޔާސީ އިންތިޚާބުން މޮޅުވެވޭނެ ފޯމިއުލާތައް ގާތްގަޑަކަށް ހުސްވީއެވެ. އިންތިޚާބުން ބަލިވެވަޑައިގެންފިނަމަ އެއީ ސާލިހްގެ ކަޅު ދުވަސްތަކެއްގެ ފެށުންކަމަށް ބެލެވިފައި ވެއެވެ. އެހެންވީމާ އިންތިޚާބުގެ ނަތީޖާ ހަމަ އިއުލާންކުރުމާއެކު ރައީސް ސާލިހްވަނީ ނަޝީދާއެކު ކޯލިޝަން ހަދަން ތައްޔާރަށް ހުންނެވިކަން ދޭހަވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ސާލިހަށް ޖެހިވަޑައިގެންނެވި ހާލުކޮޅު ނަޝީދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީން ލާފައި އޮތް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ ހުށަހެޅުން ކުއްލި ގޮތަކަށް އެޖެންޑާ ކުރެއްވީ އެހެންވެގެންނެވެ. އެއީ ރައީސް ސާލިހްގެ ތަދުފުޅުވާ ތަނުގައި އެތިފަހަރެއް އެޅުއްވުމެވެ. އެމްޑީޕީން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތުމުން ހިތްޕުޅަށް ލިބިވަޑައިގެންފައިވާ ހިތްދަތިކަން ސާލިހަށް ރަނގަޅަށް ދައްކަވާލެއްވުމެވެ. އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރެއްވުމުން ބުނެދެނީ ވާހަކަ އެކެވެ. އެއޮތީ އެޖެންޑާ ކޮށްފައެވެ. މިހާރު ހިތްވަރެއް ހުރިއްޔާ އަދި ކެރިވަޑައިގަންނަވާ ކަމަށް ވަންޏާ މަގާމުން ވަކިކޮށްލަން ނިކަން ވޯޓްދީ ބަލާށެވެ. މަޖިލީހުގައި ނަޝީދާއި ދެކޮޅަށް ވޯޓްދީފިނަމަ ޑިމޮކްރެޓުންގެ ވޯޓްކޮޅު އަބަދަށް ގެއްލުނީއެވެ. ނަޝީދު ޖެއްސެވި އެތިފަހަރުގެ ރިއެކްޝަން ކުޑަ ހިނދުކޮޅެއްގެތެރޭގައި ފެނިގެންދިޔައެވެ. މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖައްސަލާ ބާއްވަން މަޖިލީހުގެ އިދާރާއިން ނިންމުމުން މިރޭ ރައީސުލް ޖުމްހޫރިއްޔާ އެނިންމެވީ މާދަމާއަކީ ސަރުކާރުގެ ބަންދު ދުވަހެއް ކަމަށެވެ. އެހެންވީމާ މާދަމާއަށް އެޖެންޑާކޮށްފައި އޮތަސް ޖަލްސާ ނުބާއްވާނެތީ ވޯޓު ނެގުމެއް ނޯންނާނެއެވެ.

ނަޝީދު އެކުޅުއްވީ ކުޅިއެކެވެ. ރައީސްވެސް އެކުޅުއްވީ ކުޅުއްވެން އޮތް ކުޅިއެކެވެ. ސުވާލަކީ އެމްޑީޕީ ރޫޅާ ލައްވާނެކަމަށް ވައުދުވެވަޑައިގެންފައިވާ ރައީސް މުހައްމަދު ނަޝީދު އިންތިޚާބުގެ ދެވަނަ ބުރަށް ރައީސް ސާލިހުގެ އަތްޕުޅުގައި ހިއްޕަވާނެތޯއެވެ. ހިއްޕަވައިގެން ސާލިހް ވެރިކަމަށް ވަޑައިގެންފިނަމަ ނަޝީދުގެ ސިޔާސީ ހަޔާތް ގާތްގަނޑަކަށް ނިމުމަކަށް ދިޔައީކަން ނަޝީދަށް މެންދުރުގެ އިރުފަދައިން ސާފެވެ. އެހެންވީމާ ނަޝީދު ރުހޭ ފަދަޔަކުން އެއްބަސްވާން ރައީސަށް މަޖްބޫރީ ހާލަތަކަށް މިއޮތީ ގޮސްފައެވެ. ކުރިއަށް މިއޮތް ކުޑަ ދުވަސްކޮޅުގެތެރޭގައި ނަޝީދާއި ސާލިހް ކުޅުއްވާ ސިޔާސީ ކުޅި ފެނިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.